ސަމީޙާއަށް ކައުންސިލުން ހޫނު މަރުހަބާއެއް ދެންނެވުން/ ފޮޓޯ: އިނގުރައިދޫ ކައުންސިލް އިދާރާ
ހަބަރު
22 Feb 2023 | 07:15
ޤައުމީ އިނާމު ހޯއްދެވި އިނގުރައިދޫ ސީނިއާ ކައުންސިލް އޮފިސަރ ސަމީޙާއަށް ހޫނު މަރުހަބާއެއް!

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިމާނު ހާސިލްކުރެއްވި ރ. އިނގުރައިދޫ ކައުންސިލް އިދާރާގެ ސީނިއާ ކައުންސިލް އޮފިސަރ އަލްފާޟިލާ ސަމީޙާ އިސްމާޢީލްއަށް ކައުންސިލުން ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ. 

ގައުމީ އިނާމާއެކު ސަމީޙާ އަނބުރާ ރަށަށް ވަޑައިގަތުމުން ކައުންސިލުން ވަނީ ރަތް ދޫލައިގައި މަރުހަބާ ދަންނަވާފައެވެ. 

ދިވެހި ދައުލަތަށް މެދުކެނޑުމެއްނެތި 35 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ ސަމީހާ އިސްމާއިލްގެ ޝަރަފުގައި ކައުންސިލުން ވަނީ ޚާއްސަ ހަފްލާއެއްވެސް ބާއްވާފަ އެވެ. 

ސަމީޙާއަށް ރަތްދޫލައިން މަރުހަބާ ދެންނެވުން

ސަމީޙާ އިސްމާޢީލް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 11 މޭ 1985 ގައެވެ. ފުރަތަމަ އަދާކުރެއްވީ، އިނގުރައިދޫ އޮފީހުގެ ކާތިބާއެއްގެ ވަޒީފާއެވެ. މިވޭތުވެދިޔަ ދިގު މުއްދަތުގައި، އިނގުރައިދޫ އޮފީހުގެ ވޯކީޓޯކީ އޮޕަރޭޓަރު ކަމާއި، އެސިސްޓެންޓް ސެކްރެޓަރީކަން ކުރައްވައިފައި ވެއެވެ.

އަދި އިނގުރައިދޫ ކުޑަކަތީބު ކަމާއި، އިނގުރައިދޫ ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ. މިހާރު ހުންނެވީ، އިނގުރައިދޫ ކައުންސިލް އިދާރާގެ ސީނިއަރ ކައުންސިލް އޮފިސަރު ކަމުގެ މަގާމުގައެވެ.

ސަމީޙާ އިސްމާޢީލް އަދާކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި، އިނގުރައިދޫ ކައުންސިލްގެ ތިޖޫރީ ބެލެހެއްޓެވުމާއި، ކައުންސިލަރުންނާއި މުވައްޒަފުންގެ ހާޒިރީ ރިޕޯޓް ބެލެހެއްޓެވުމާއި، އިންވެންޓްރީ ބެލެހެއްޓެވުމާއި، މުވައްޒަފުންގެ އެޕްރައިޒަލް ފޯމުތައް ފޮނުއްވުމާއި، ދުވަހު ޔައުމިއްޔާއާއި، ކައުންސިލްގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުއްވުން ހިމެނެއެވެ.

މީގެއިތުރުން، ރަށަށް ޒިޔާރަތް ކުރައްވާ ޝަރުޢީ ވަފްދުތަކާއި، އަތޮޅުވެރިޔާ ރަށްރަށަށް ވަޑައިގަތުމުން، ރަށުގައި ހުރި މައްސަލަތަކާއި، ގޯތި ދިނުމުގެ މައްސަލަތަކާ ގުޅިގެން ކުރައްވަންޖެހޭ ކަންކަންވެސް ސަމީޙާ ވަނީ ކުރައްވައިފައެވެ.

ސަމީޙާ އިސްމާޢީލަށް ލިބިވަޑައިގެންފައިވާ ހުނަރާއި ތަޖުރިބާގެ އަލީގައި، އަލަށް އޮފީހާ ގުޅޭ މުވައްޒަފުންނަށާއި، އަލަށް އިންތިޚާބުވެގެން ވަޑައިގަންނަވާ ކައުންސިލަރުންނަށް އެހީތެރިވެދެއްވައި، ހަމަޖެހިފައިވާ ގަވާއިދުތަކާއި އުޞޫލުތައް އޮޅުންފިލުއްވައި ދެއްވަމުންވެސް ގެންދަވައެވެ.

ސަމީޙާ އިސްމާއިލް ކައުންސިލްގެ މުވައްޒަފުންނާއެކު

ސަމީޙާ އިސްމާއިލްގެ މަސައްކަތާއި ގުޅޭގޮތުން އިނގުރައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލު "ވޮއިސް" އަށް ވިދާޅުވީ އޭނާއަކީ ދުވަހުން ދުވަހަށް މަސައްކަތްތައް ނިންމާ ކަމަށް ކަމޭހިތައިގެން މަސައްކަތްކުރައްވާ ބޭފުޅެއްކަމަށެވެ. 

ޝަމީހާގެ އެންމެ ފާހަގަކޮށްލެވޭކަމަކީ މީހުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ރީތި ސިފަކަމަށް ޖަލީލު ވިދާޅުވިއެވެ. އެގޮތުން އޭނާ އަކީ ވަރަށް ސަކަ މިޒާޖެއްގެ ބޭކަނބަލެއްކަމަށާއި، އެކުގައި މަސައްކަތްކުރަން ވަރަށް ފަސޭހަ ބޭފުޅެއްކަމަށް ޖަލީލު ވިދާޅުވިއެވެ. 

ސަމީޙާ އިސްމާޢީލް، ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 36 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ސަމީޙާގެ ނަން ހުށައަޅާފައިވަނީ ކައުންސިލްގެ އިސްނެގުމުގެ މަތިން ކަމަށެވެ. އެގޮތުން އެކަމަށްޓަކައި ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއްވެސް ތައްޔާރުކޮށް ހުށައެޅީ ކައުންސިލްގެ ފަރާތުންކަމަށް އޭނާ ވިދާޅުވިއެވެ. 

ޖަލީލު ވިދާޅުވީ ދިގު މުއްދަތެއް ވަންދެން ސަމީޙާ ކައުންސިލާއި އިނގުރައިދޫއަށް، އަދި ދިވެހި ދައުލަތަށް ކޮށްދެއްވި ޚިދުމަތަކީ ތައުރީފު ހައްގު މަސައްކަތެއްކަމަށެވެ. އަދި އެކަމަށްޓަކައި ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ފަށްފަށުން ޝުކުރުއަދާކުރާކަމަށާއި، ސަމީޙާއަށް އަދަށްވުރެ ފަހި މާދަމާއެއް ދެއްކުން އެދޭކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.