މެޗު ފެށުމުގެ ކުރިން އިނގުރައިދޫ އަދި ދުވާފަރު ކުޅުންތެރިން މެޗު އޮފިޝަލުންނާއި އެކު ފޮޓޯއަކަށް ހުއްޓިގެން : ފޮޓޯ ވޮއިސް
ކުޅިވަރު
22 Feb 2023 | 22:40
ދުވާފަރު އަތުން މޮޅުވެ އިނގުރައިދޫ ލީގު ބުރު ނިންމާލީ އެއްވަނައިގައި!

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2023 ގެ،  ރ. އަތޮޅު ލީގު ބުރުގެ ފަހު މެޗުގައި މިރޭ އިނގުރައިދޫއާއި ދުވާފަރު ވާދަކުރި މެޗު 5-1 ގެ ނަތީއްޖާއަކުން އިނގުރައިދޫ ކާމިޔާބުކޮށްފިއެވެ.

މިރޭގެ މެޗަށް ނުކުތުމުގެ ކުރިން ދެޓީމަށް ވެސް އަތޮޅު ބުރު ފައިނަލްގެ ޖާގަ ކަށަވަރުވެފައި އޮތުމުން ދެ ޓީމުން ވެސް ނުކުތީ ބަދަލުތަކަކާއި އެކުގައެވެ. ހާއްސަކޮށް ދުވާފަރު ޓީމުން މި މެޗުގައި ބޭނުންކުރީ އެޓީމުގެ ބެންޗު ޓީމެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އިނގުރައިދޫ ޓީމުންނެވެ. 

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިނގުރައިދޫ ޓީމުގެ ކެޕްޓަން އަލި ހާފިޒް : ފޮޓޯ ވޮއިސް

މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމު މަންދޫހް އެވެ. އޭނާ ވަނީ މި މުބާރާތުގައި އިނގުރައިދޫ ކުޅުނު ހަތަރު މެޗުގައި ވެސް އެޓީމަށް ލަނޑުޖަހައިދީފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ދުވަފަރު ޓީމަށް ނަތީއްޖާ އެއްވަރުކޮށްދިނީ މުހައްމަދު ޖުމާން އެވެ.

މެޗުގެ ދެވަނަ ހާފުގައި އިނގުރައިދޫ ޓީމުން އިތުރު ހަތަރު ލަނޑު ކާމިޔާބުކުރިއެވެ. އެޓީމުގެ ދެވަނަ ލަނޑާއި ތިންވަނަ ލަނޑު އައިހަމް ކާމިޔާބުކޮށްދިން އިރު ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މަސީދު އެވެ. އަދި އެޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ހާފިޒް އެވެ. 

އިނގުރައިދޫ އަދި ދުވާފަރު ވަދަކުރި މެޗުގެ ތެރެއިން : ފޮޓޯ ވޮއިސް

މިރޭގެ މެޗަށް ފަހު ވޮއިސް އަށް މައުލޫމާތް ދެމުން އިނގުރައިދޫ ޓީމުގެ ކޯޗު އަހުމަދު ވިސާލް (އަންދު) ބުނީ މިރޭގެ މެޗަކީ ދެޓީމަށް ވެސް އެހާ މުހިންމު މެޗެއް ނޫންކަމަށާއި، ފައިނަލުގައި ދުވާފަރާއި ދެކޮޅަށް ކުޅޭ މެޗަކީ ވަރަށް އުނދަގޫ މެޗަކަށް ވާނެކަމަށެވެ. މިޓީމުގެ ވަރަށް މުހިންމު ތިން ކުޅުންތެރިއެއް ހޯގާ ހުމުގެ ސަބަބުން ވަރަށް ބަލިކޮށް އުޅެނީ. ފައިނަލް މެޗަށް އެކުޅުންތެރިން ފިޓްވޭތޯ މިބަލަނީ، މިވަގުތު އިނގުރައިދޫ ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެއީ އަންދު ބުންޏެވެ.

އިނގުރައިދޫ އަދި ދުވާފަރު ވަދަކުރި މެޗުގެ ތެރެއިން : ފޮޓޯ ވޮއިސް

ދުވާފަރު ޓީމުގެ މެނޭޖަރ އިބްރާހިމް ޖަލީލް ވޮއިސް އަށް މައުލޫމާތް ދެމުން ބުނީ މިރޭގެ މެޗަކީ ފައިނަލް މެޗަށް ތައްޔާރުވުމުގެ ގޮތުން އެޓީމުގެ ވީހާވެސް ގިނަ ކުޅުންތެރިންނައް ފުރުސަތު ދީގެން ކުޅުނު މެޗެއްކަމަށެވެ. އިތުރަށް ވާހަކަދައްކަމުން ޖަލީލު ބުނީ ފުޓްސަލްގައި މި ދެޓީމަކީ ވަރަށް ވާދަވެރި ދެޓީމު ކަމަށާއި މިރޭގެ މެޗަށް ޓީމަށް ބޮޑެތި ބަދަލުތަކެއްގެނައީ ފައިނަލުގެ ޖާގަ ޔަގީންވެފައި އޮތުމުންކަމަށެވެ. އަދި ދުވަފަރު ޓީމު އަންނަނީ ފައިނަލް މެޗަށް ވަރަށް ރަގަޅަށް ތައްޔާރުވަމުން ކަމަށެވެ.

މި ދެޓީމު ވާދަކުރާ ފައިނަލް މެޗު ކުޅަމަށް ހަމަޖެހިފައިވަނީ ފެބުރުއަރީ 25 ވާ ހޮނިހިރު ދުވަހު ހަވީރު އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.