ގާސިމް އިބްރާހިމް އާއި އެމަނިކުފާނުގެ އަނބިކަނބަލުން އައިޝަތު ނަހުލާ ރައީސް ނަޝީދާއި އެކު-- ފޮޓޯ/ ޖޭޕީ
ހަބަރު
24 Feb 2023 | 21:25
ގާސިމްގެ ޝުކުރާއި ތައުރީފް ރައީސް ނަޝީދަށް އޮއްސާލައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ހާސް ފަށުން ޝުކުރު އަދާކުރައްވައި ތައުރީފް ކުރައްވައިފި އެވެ. 

ޖުމްހޫރީ ޕާޓީގެ މިއަދު ފެށުނު ގައުމީ ކޮންފަރެންސްގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެ ކޮންފަރެންސް ފަށްޓަވައި ދެއްވަމުން ވާހަކަދައްކަވަމުން ގާސިމް ވަނީ، 2018 ވަނަ އަހަރު ތެރޭގައި ބޮޑެތި ގޮންޖުންތަކެއް އެމަނިކުފާނާއި، އެމަނިކުފާނުގެ ޕާޓީ، ޖުމްހޫރީ ޕާޓީ އާއި، އަދި އެހެން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށްވެސް ކުރިމަތިވެގެން ދިޔަ ކަމަށެވެ. 

"އެދުވަސްވަރު ތަފާތު އެކި ބާވަތްތަކުގެ ހުކުމްތަކާއި ބޮޑެތި އަދަބުތައް ރާއްޖޭގެ އެކި ސިޔާސީ ލީޑަރުންގެ ފަހަތުން ދިޔައީ ފުމެ އަރަމުން. މަނިކުފާނު (ރައީސް ނަޝީދު) އަކީވެސް އޭގެ ވިކްޓިމްއެއް. އިމްރާން އަކީވެސް އޭގެ ވިކްޓިމްއެއް. ފާރިސް މައުމޫން އަކީވެސް އޭގެ ވިކްޓިމްއެއް. އަޅުގަނޑަކީވެސް އޭގެ ވިކްޓިމްއެއް. މިހެންގޮސް ނަން ހުސްކޮށް އަޅުގަނޑުމެން ކިޔަމުން ހިންގަވާ." ގާސިމް ވިދާޅުވިއެވެ. 

ގާސިމް ވިދާޅުވީ، އެމަނިކުފާނުވެސް ދޫނިދޫ ޖަލުގައިވެސް ހުންނަވަން ޖެހުނު ކަމަށާ، އަދި ނުހައްގުން ކުރި ހުކުމެއްގެ ސަބަބުން ސިންގަޕޫރާއި ޖަރުމަނު ގައިވެސް ހުންނަވަން ޖެހިވަޑައިގަތް ކަމަށެވެ. 

އެހެންނަމަވެސް ޕާސް ޕޯޓު އަތުލުން ފަދަ ދަތިތައް ކުރިމަތިވެގެންދިޔަކަމަށާއި އެ ދުވަސްވަރު އުޅުއްވަންޖެހުނީ، "ދުނިޔެ މެދަށް އުފަންވެފައި ހުރި ގައުމެއް ނެތް މީހެއްގެ" ގޮތުގައިކަމަށް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، އެމަނިކުފާނު ސިންގަޕޫރުގައި ހުންނެވީ ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށާ، އެތަނުގައި ހުރުމަށްވެސް އަދި ޖަރުމަނު ވިލާތަށް ފުރާވަޑައިގަތުމަށްވެސް އެހީތެރިވެވަޑައިގެންނެވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުކަމަށެވެ. އަދި ރައީސް  ނަޝީދު ކޮށްދެއްވި ކަންކަމަށް ރައީސް ނަޝީދަށް ޝުކުރުވެރިވެވަޑައިގަންނަވާކަމަށްވެސް ވިދާޅުވި އެވެ. 

"ސިންގަޕޫރުގެ ހުރި ހަރުދަނާ އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއިން، އަދި މަނިކުފާނުގެ (ރައީސް ނަޝީދުގެ) އެތީތެރިކަމާއި އެކު އެއްވެސް ލިޔެކިޔުމެއްނެތި 3 މަސްދުވަހަށްވުރެ ގިނަ ދުވަހު ހާއްސަ ހުއްދައެއްގެ އަޅުގަނޑު ސިންގަޕޫރުގައި ހުރީ. ހަމައެހެންމެ އަޅުގަނޑު ޖަރުމަނުވިލާތައް ފުރުމަށްޓަކައި އަނެއްކާވެސް މަސައްކަތް ފަށައިގެން، މަނިކުފާނު އާދެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އެހީތެރިކަން އަޅުގަނޑަށް ލިބިފައިވޭ. އެކަމަށްޓަކައި އަޅުގަނޑު ރައީސް ނަޝީދަށް އިހްލާސްތެރި ކަމާއެކު ޝުކުރު ދަންނަވަން." 

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް 

ގާސިމް ވިދާޅުވީ އެއީ ސިއްރު ކުރަންބޭނުންވާ ކަމެއްވެސް ނޫން ކަމަށާ އެވާހަކަ ދައްކަން މުނާސަބަތު ވަގުތުގައި ވާހަކަ ދައްކަން ޖެހޭކަމަށް ގަބޫލު ކުރައްވާކަަމަށެވެ. އަދި އެނާ ވަނީ ނަޝީދަށް ޝުކުރު ދަންނަވާކަން ތަކުރާރުކުރައްވާފައެވެ.

ގާސިމް އިތުރަށް ވިދާޅުވީ އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވާނީ އިސްލާހަށް ކަމަށާ، މީގެ ކުރިންވެސް އިސްލާހަށް މަސައްކަތް ކުރައްވަން ފެށްޓެވިއިރު ރައީސް ނަޝީދާއިއެކު ވެސް މަސައްކަތް ތަކެއްކުރެވި، އެ ދެބޭފުޅުންވެސް ގިނަ ތަކްލީފް ތަކެއް އުފުއްލަވަން ޖެހިވަޑައިގަތް ކަމަށެވެ. 

"ރައީސް ނަޝީދާއި އަޅުގަނޑަކީ ވަރަށް ބުރަ މަސައްކަތް ތަކެއް މިގައުމަށްޓަކައި ކޮށް، ވަރަށް ބޮޑެތި އަނިޔާތަކާއި ވޭން، ވަރަށް ބޮޑެތި ނިކަމެތިކަމާއި، އިހްސާސް ތައް އަޅުގަނޑުމެންނަށް ލިބިފައިވާ ބައެއް. މިވާހަކަ ދައްކާއިރު އަޅުގަނޑުގެ ލޮލުން ކަރުނަ ފޭދިގެން ދިޔަސް ތި ބޭފުޅުން އެއްޗެއް ހީ ނުކުރައްވާތި އެއްގޮތަކަށްވެސް. އެއީކީ އަޅުގަނޑު ހަދައިގެން އުޅޭ ފިލްމެއް ނޫން އިނގޭ މިއިކީ." ލޮލުން ކަރުނަ ފޮހެލައްވަމުން ގާސިމް ވިދާޅުވި އެވެ. 

ގާސިމް ވިދާޅުވީ އިސްލާހުގެ މަސައްކަތް ކުރާއިރު އެފަދަ ގޮށްރާޅުތަކާއި ކުރިމަތި ވާނެކަން އެނގިވަޑައިގަތް ކަމަށާ، އެކަމާއި މެދު ހިތުގައި އެއްވެސް ބުރަ ކަމެއް އެއްވެސް މީހަކާއި ދޭތެރޭގައޮ ނެތް ކަމަށެވެ. 

ކޮމެންޓް
ޢަޙުމަދު.
ސޭޓަކީވެސް ނަޝީދަކީވެސް ވެރިކަން ބޭނުން ދެމީހުން. ޢެކަމަކު ނަޝީދުގެ ގޮތްދޫނުކުރުމެއްގެ ސަބަބުން ސޭޓަށް ނަޝީދުއާއެކު ކެއްވާނެބާ. ނަޝީދު އަށް ކަމުދާނީ އޭނަގެ އަމިއްލަ ޑިމޮކުރަސީ ކަމުދާނީ.
24 Feb 2023
ޙަސަނުގެ ދަރި
ޢަންނިއާ ބެހޭގޮތުންވެސް ދެއްކި ވާހަކަތަކުގެ ވީޑިއޯ ރެކޯޑިންވެސް އެބަހުރި ގާސިމޫ
24 Feb 2023
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް