ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު ރައީސް ޞާލިހު ސަޕޯޓަރުންނާއި ބައްދަލުކުރައްވަނީ/ ފޮޓޯ: ދި އެޑިޝަން
ހަބަރު
24 Feb 2023 | 21:50
އެމްޑީއޭގެ ނިންމުމަށް ރައީސް ޞާލިހު މަރުހަބާ ދަންނަވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދުކުރުމަށް އެމްޑީއޭއިން ނިންމި ނިންމުމަށް ރައީސް ޞާލިހު މަރުހަބާ ދަންނަވައިފި އެވެ. 

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން މީގެ ކުރިން އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުޙައްމަދު ނިންމެވިއެވެ. އެކަމަކު ފަހުން ވަނީ މިފަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ބަދަލުގައި އެހެން ޕާޓީއަކާއެކު ކޯލިޝަނެއްގެ ގޮތުގައި އިންތިހާބަށް ނިކުތުމަށެވެ.

އެގޮތުން ކޯލިޝަން ހެދުމުގެ ދައުވަތު އިދިކޮޅު ކޯލިޝަނުންނާއި ވެރިކަން ކުރާ އެމްޑީޕީގެ ފަރާތުންވެސް އެމްޑީއޭއަށް ވަނީ ދީފައެވެ. 

އެމްޑީއޭއަށް ކޯލިޝަން ހެދުމަށް ދައުވަތު ދެއްވުމުގެ ކުރިން ރައީސް އޮފީހުގައި ރައީސް ޞާލިހާއި ސިޔާމް ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރައްވާފައިވެއެވެ. އެއަށްފަހު ރައީސް ޞާލިހް ގެ މަންދޫބުން އެމްޑީއޭގެ ވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވެއެވެ.

އަދި ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމާއި ގުޅިގެން އެމްޑީއޭއިން މިއަދު ބުނީ، ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އަދި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަމަޖެހުން ގާއިމް ކުރުމަށްޓަކައި، ރައީސް ޞާލިހަށް ދެވަނަ ދައުރެއް ހޯދައިދެއްވުމަށްޓަކައި އެމަނިކުފާނާއިއެކު ކޯލިޝަން ހަދައިގެން މަސައްކަތް ކުރުމަށް އެ ޕާޓީގެ ކައުންސިލުން މިއަދު ނިންމާފައިވާ ކަމަށެވެ. 

އެމްޑީއޭގެ އެ ނިންމުމަށް މަރުހަބާ ދަންނަވާ ރައީސް ޞާލިހު ކުރެއްވި ޓްވީޓުގައި ވިދާޅޫވީ އަންނަ ރިޔާސީ އިންތިޚާބު އެމަނިކުފާނަށް ކާމިޔާބުކޮށްދިނުމަށް އެމްޑީއޭއިން އެމަނިކުފާނުގެ ފަހަތްޕުޅަށް އެރީތީ ޝުކުރު އަދާކުރާކަމަށެވެ. އަދި އެމްޑީއޭއާއެކު ޤައުމު ތަރައްގީކުރުމަށް އެމަނިކުފާނު ފެއްޓެވި މަސައްކަތްޕުޅު މަޑު ނުޖެހި ކުރިއަށް ގެންދެވޭނެކަމަށް ޔަގީންކުރައްވާކަމަށް ވެސް ރައީސް ޞާލިހު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.