ހޯމް މިނިސްޓަރު އިމްރާނު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: އަދާލަތް
ހަބަރު
25 Feb 2023 | 12:17
މިދަނީ ސަރުކާރު ދަމަހައްޓާ ފޯމިއުލާ ކުރަހާ ކުލަޖައްސަމުން: އިމްރާނު

މި ސަރުކާރު ދަމަހައްޓާ ފޯމިއުލާ ކުރަހާ ކުލަޖައްސަމުން ދާކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

އިމްރާނު މިފަދައިން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދުކުރައްވަން ނިންމެވި ނިންމުން ދިފާއުކުރައްވާ ކުރެއްވި ޓްވީޓއެއްގަ އެވެ. 

އެގޮތުން އިމްރާނު ވިދާޅުވީ ގައުމު ވެއްޓިފައި މިއޮތް ހިސާބުން ކުރިއަށް ގެންދެވޭނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމާން ސަރުކާރެއް ޤާއިމްކުރެވިގެން ކަމަށެވެ.

ސަރުކާރަށް ތާއީދުކުރަން ނިންމީ އެ މަސައްކަތް ކާމިޔާބު ކުރުމަށް ކަމަށާއި، ސަރުކާރު ދެމެހެއްޓުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް އިމްރާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެ މަސައްކަތް ކާމިޔާބުވާތަން ރައްޔިތުންނަށްވެސް ދާދި އަވަހަށް ފެނިގެންދާނެ ކަމަށެވެ.  

"ގައުމު ވެއްޓިފައި އޮތް ހިސާބުން ކުރިއަށް ގެންދެވޭނީ މިއަހަރު ސްޓޭބަލް ސަރުކާރެއް ގާއިމްކުރެވިގެން. އެ ފޯމިއުލާގެ މަންޒަރުގައި މިދަނީ ކުރަހާ ކުލަޖައްސަމުން. ﷲ އިރާދަކުރެއްވިއްޔާ އެ މަންޒަރުގެ ކުލަތައް ލަސްތަކެއް ނުވެ ރައްޔިތުންނަށް ސާފުވާނެ"

ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ 

އަދާލަތު ޕާޓީން އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ނިންމި ނިންމުމަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އެގޮތުން އަދާލަތުގެ އެ ނިންމުން ގޯސްކަމަށް 100 އަށްވުރެ ގިނަ ދީނީ އިލްމުވެރިން ވަނީ އިއްތިފާގުވެފައެވެ.

އެކަމަށްޓަކައި ދީނީ އިލްމުވެރިންގެ ޖަމުއިއްޔާއަކުން ހުޅުވާލި އޮންލައިން ޕޯލްއެއްގައި އަދާލަތުގެ ނިންމުން ގޯސްކަން ފާހަގަކޮށް ގިނަ އިލްމުވެރިން ވަނީ ވޯޓުލާފަ އެވެ. 

އެފަހުން އަދާލަތު ޕާޓީގެ ރައީސް އިމްރާނު ވިދާޅުވީ، އަދާލަތުގެ މަޝްވަރާ މަޖިލީހުން ކަންކަން ނިންމަނީ ވަރަށް ބޮޑަށް ވިސްނަވާފައި ކަމަށެވެ. ރައީސް ޞާލިހާއެކު ކޯލިޝަން ހަދަން އަދާލަތުން ނިންމީ ހިސާބުތައް ޖަހައިގެންކަމަށްވެސް އިމްރާނު ވިދާޅުވެފައި ވެއެވެ. 

ކޮމެންޓް
ޔޫގެ ފަހަރި
ފޯމިއުލާ އެއީ ކުލަޖައްސާ އެއްޗެއްތަ
25 Feb 2023
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.