"ފަންނުވެރިޔާ"
ހަބަރު
25 Feb 2023 | 21:42
މާލެ ސިޓީ ކައުންސިލުން އާރޓް އެންޑް ކްރާފްޓް ވޯކްޝޮޕެއް ބާއްވަނީ

ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީނުކުރުމަށް "ފަންނުވެރިޔާ" ޕްރޮޤްރާމްގެ ދަށުން އާޓް އެންޑް ކްރާފްޓް ވޯކްޝޮޕެއް ބެއްވުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފިއެވެ.

ސިޓީ ކައުންސިލްގެ 70 ވަނަ ރަސްމީ އާއްމު ޖަލްސާގައި ޒުވާނުންނަކީ ހުނަރުވެރި ބަޔަކަށް ހެދުމަށްޓަކައި ޔޫތް ޕްރޮޤްރާމެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވެއެވެ. މިކަމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވާ އާޓް އެންޑް ކްރާފްޓް ވޯކްޝޮޕްގައި ބައިވެރިވުމަށް ހުޅުވާލައި ސިޓީ ކައުންސިލުން ވަނީ އިއުލާން ނެރެފައެވެ.

1 މަސްދުވަހަށް ކުރިއަށް ގެންދިޔުމަށް ހަމަ ޖެހިފައިވާ މި ވޯކްޝޮޕްގައި ބައިވެރިވުމަށް 18 އަހަރާއި 25 އަހަރާއި ދެމެދުގެ ދެ ޖިންސްގެ ޒުވާނުންނަށް ވަނީ ހުޅުވާލައިފައެވެ.

މި ވޯކްޝޮޕަކީ ފީއެއް ދެއްކުމެއް ނެތި ހިލޭ ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ. އަދި ވޯކްޝޮޕް ފެށުމަށް އަންނަ މާރޗް މަހު ހަމަ ޖެހިފައިވާއިރު، މާރޗް މަހުގެ 8 ގެ 14:00 ގެ ކުރިން ފޯމް ފުރުމަށްފަހު ހުށަހެޅުމަށް އަންގާފައިވެއެވެ.

އެގޮތުން ގޫގުލް ފޯމް ލިންކު މެދުވެރިކޮށް ފޯމް ފުރުމަށްފަހު  ނުވަތަ ސިޓީ ކައުންސިލްގެ ވެބްސައިޓްގައި އިއުލާނާއި އެއްކަރުދާސް ކުރެވިފައިވާ ފޯމް ފުރުމަށްފަހު [email protected] އަށް އީމެއިލް ކުރެވިދާނެއެވެ.

ވޯކްޝޮޕް ކުރިއަށް ގެންދެވޭނީ ހަފްތާއަކު 4 ދުވަހު 3 ދަންފަޅިއަކަށް ބަހާލައިގެން ކަމަށާއި ބައިވެރިން ބޭނުންވާ ކޮންމެ ދަންފަޅިއެއްގައި ބައިވެރި ވެވޭނެ ކަމަށް އިއުލާނުގައިވެއެވެ.

މީގެ އިތުރުން މިކަމަށް ބެނުންވާ ސާމާނު ސިޓީ ކައިންސިލުން ފޯރުކޮށްދޭނެ ކަމަށާއި ވޯކްޝޮޕް ފުރިހަމަ ކުުރުމުން ހަނދާނީ ލިޔުމެއް ފޯރުކޮށްދެވިގެން ދާނެ ކަމަށް ވެސް އިއުލާން ކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.