ޖޭޕީގެ އެތެރޭގެ އިންތިޚާބުގައި ނަހުލާ ވޯޓުލަނީ/ ފޮޓޯ: ވޮއިސް
ހަބަރު
26 Feb 2023 | 00:03
ޖޭޕީގެ ނައިބު ލީޑަރުގެ މަޤާމު ނަހުލާ ކަށަވަރު ކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުގެ މަޤާމު ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ކަށަވަރުކުރައްވައިފި އެވެ. 

ޖޭޕީގެ 7 މަޤާމަކަށް ބޭފުޅުން އިންތިޚާބުކުރުމަށް ވޯޓު ނަގާފައިވާއިރު އެންމެ ވާދަވެރި މަގާމަކީ ނައިބު ލީޑަރުކަމުގެ މަގާމެވެ. އެ މަގާމަށް 4 ބޭފުޅުން އިންތިޚާބުކުރާނެއެވެ. 

މިހާތަނައް ގުނި ވޯޓުތަކުން ތަފާތު ބޮޑުކޮށް ކުރި ހޯދައި މިނިސްޓަރު ނަހުލާ ވަނީ ނައިބު ލީޑަރުކަމުގެ މަގާމު ކަށަވަރު ކުރައްވާފަ އެވެ. ދެން ތިއްބެވި ފަރާތްތަކުން ގާތްގަަތުގައި ވޯޓު ލިބިފައިވުމުން އަދި ބާކީ ހުރި ނައިބު ލީޑަރުން ކަށަވަރުނުވެއެވެ.

އެ މަގާމަށް 12 ބޭފުޅުން ކުރިމަތިލައްވާފައި ވާއިރު ނަހުލާގެ އިތުރުން އަދި ތިން ނައިބުން އިންތިޚާބު ކުރައްވާނެ އެވެ. 

ނައިބު ލީޑަރުންގެ އިތުރުން ކައުންސިލް މެމްބަރުންނާއި، ލީގުތަކުގެ މެމްބަރުންނާއި ރައީސުން އަދި ނައިބު ރައީސުންނާއި ސެކެޓްރީން މިހާރު ކުރިއަށްދާ ގައުމީ ކޮންފަރެންސްގެ ތެރެއިން އިންތިޚާބު ކުރާނެއެވެ. 

ޖޭޕީގެ ގައުމީ ކޮންފަރެންސްއަކީ ކުރިއަށް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް، އަދި ޕާޓީ ރިފޯމުކުރުމުގެ މަސައްކަތް ކުރުމަށް މުހިންމު ކަންތައްތަކެއް ނިންމާނެ ކޮނަފަރެންސްއެއްކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. 

އެގޮތުން ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް އިސް ސަފު ރުކުރުވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ޕާޓީން ވަކި ކެންޑިޑޭޓަކު ނެރެގެން އިންތިޚާބުގައި ވާދަކުރުމަށް ގައުމީ ކޮންފަރެންސްގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ. އެއާއެކު އެ ނިންމުން ކައުންސިލަށް ހުށައެޅުމަށް ޕާޓީގެ ލީޑަރު ވަނީ ނިންމަވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.