އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު-- ފޮޓޯ/ މަޖިލިސް
ހަބަރު
26 Feb 2023 | 09:39
ޝިފާއު އާޒިމަށް: ރައީސް ޞާލިހާއި ކުޅެން އުޅުމަށްވުރެ ރަނގަޅުވާނީ ބޯވާ ނަގަން ފަރަށް ދިޔައީޔާ!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި "ކުޅެން" އުޅުމަށްވުރެ ރަނގަޅު ވާނީ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ބޯވާ ނަގަން ދިޔައީޔާ ކަމަށް ވިދާޅުވެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުގެ ބަހުގެ ހަމަލާތަކެއް އާޒިމަށް ރައްދު ކުރައްވައިފި އެވެ. 

ރައީސް ޞާލިހްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާނެ ކަމުގެ އިންޒާރު އާޒިމް ދެއްވުމާއި ގުޅިގެން ޝިފާއު އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑީއާރުޕީ މީހުންނާ، އެލްޕީ އެމްޑީޕީގެ ދުވަސް ދުއްވާލަން ކުރަމުންދާ މަސައްކަތަށް ޖާގަ ދެވެން ނެތް ކަމަށެވެ. 

"ރައީސުލްޖުމްހޫރިއްޔާ އާއި "ކުޅެން" އުޅުމަށްވުރެ ރަނގަޅު ވާނީ އާޒިމް ބޯވާ ނަގަން ފަރަށް ދިޔައީޔާ" ޝިފާއު ވިދާޅުވި އެވެ. 

މީގެ އިތުރުން، އެމްޑީޕީގެ ރައީސް، އަދި މަޖިލީހުގެ ރައީސް،  މުހައްމަދު ނަޝީދު ރައީސް ކަމުގެ މަގާމުން ވަކިކުރަން އުޅޭ ކަމަށް އާޒިމް ވިދާޅުވުމާއި ގުޅިގެން އެ ވާހަކައަށް ރައްދު ދެއްވައި ޝިފާއު ވަނީ ރައީސް ނަޝީދު ބާކީކުރަން އެ ޕާޓީން ނޫޅޭ ކަމަށް ވިދާޅުވެފައެވެ. 

އެމްޑީޕީއެ އެތެރޭގެ އިންތިޚާބުގައި އުފެދުނު ކޯޅުންތަކުގައި ޕާޓީ ބައިވެ ދެ ފެކްޝަނަށް ބެހިފައިވާއިރު، ދެ ބައިމީހުންގެ ދެމެދުގައި އޮތް ނުތަނަވަސްކަން ދުވަހެއް ދުވަހަށް ދަނީ އިތުރުވަމުން ނެވެ. 

ދެ ފެކްޝަނުންގެ މެމްބަރުންގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވެމުންދާއިރު، އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ މަޖިލީސް ރައީސްގެ މަގާމުން ނަޝީދު ވަކިކުރާ ވާހަކައެކެވެ. 

އެގޮތުން ނަޝީދު ވަކިކުރުމަށް ބޭނުންވާ ގާނޫނީ އަދަދަށް މެމްބަރުންގެ ތާއީދު ލިބިފައިވާކަމަށް އެމްޑީޕީގައި ތިއްބަވާ ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަނެއްކާވެސް އެ ބަހުސް ހޫނުވެފައިވާ މި ފަނޑިވަޅުގައި އަލީ އާޒިމް ކުރެއްވި ޓްވީޓެއްގައި ވަނީ އެ މަސައްކަތް ހުއްޓާ ނުލާނަމަ ރައީސް ޞާލިހުގެ އިތުބާރު ނެތްކަމުގެ ވޯޓުނަގަން މަޖިލީހަށް ހުށައަޅާނެކަމަށް ވިދާޅުވެ އިންޒާރު ދެއްވާފަ އެވެ. 

އާޒިމްގެ ޓްވީޓުގައި ވަނީ މަޖިލީސް ރައީސްކަމުން ނަޝީދު ވަކިކުރުމަށް މަޖިލީހުގައި އެމްޑީޕީގައި ތިބި ސަރުކާރަށް ތާއީދުކުރާ މެމްބަރުން މަސައްކަތް ކުރާކަަން އިޝާރާތް ކުރައްވާފަ އެވެ. އަދި އެކަން ހުއްޓާނުލައިފި ނަމަ ރައީސް ޞާލިހުގެ މައްސަލަވެސް މަޖިލީހަށް ވައްދާނެކަމަށް ވިދާޅުވެފަ އެވެ. 

"މަޖިލީހުގެ ރައީސް ވަކިކުރަން ވޯޓު ހަމަކުރަން މަސައްކަތް ފަށައިފިނަމަ ރައީސް ޞާލިހުގެ އިތުބާރު ނެތްކަމުގެ ވޯޓު ހަމަކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން" އާޒިމް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
31 Jul 2026
ޕޮއިސްޑް މަޝްރޫޢާއެކު އަހަރަކު 3.13 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ: ފެނަކަ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.
31 Jul 2026
އެސްޓީއޯ ޓަވަރު އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާ ހިނގީ އެގްޒޯސްޓެއްގައި ރޯވެގެން
މިހާދިސާގެ ސަބަބުން ފާޚާނާގެ ސީލިންގަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަދި އިތުރު އެއްްޗަކަށްވެސް ގެއްލުމެއް ލިބިފައެއްނުވާކަމަށް ޑިޒާސްޓާއިން ބުންޏެވެ
31 Jul 2026
މޫސުން ރަނގަޅެއް ނުވޭ؛ ރީނދޫ ސަމާލު ދަންމާލައިފި
މެޓް އޮފީހުން ބުނި ގޮތުގައި، މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށްގަދަވާނެއެވެ.
31 Jul 2026
މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ ފުލުހުންގެ އިލްތިމާސެއް
މޫސުން މިގޮތަށް ހުރުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާތީ، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.