ޑެޕިއުޓީ ލީޑަރުންނަށް ހޮވުނި ބައެއް ބޭފުޅުން- ފޮޓޯ/ވޮއިސް
ހަބަރު
26 Feb 2023 | 12:29
ޖޭޕީގެ ނައިބު ލީޑަރުންނަށް ގާސިމްގެ އަރިސް ބޭފުޅުން

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުންގެ މަގާމު، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގެ އަރިސް ބޭފުޅުން ކާމިޔާބު ކުރައްވައިފިއެވެ.

ޖޭޕީގެ 7 މަޤާމަކަށް ބޭފުޅުން އިންތިޚާބުކުރުމަށް އިއްޔެ ވޯޓު ނަގާފައިވާއިރު އެންމެ ވާދަވެރި މަގާމަކަށް ވެގެން ދިޔައީ ނައިބު ލީޑަރުކަމުގެ މަގާމެވެ.

އެ މަގާމަށް 12 ބޭފުޅުން ކުރިމަތިލައްވާފައި ވާއިރު މަގާމަށް އިންތިހާބު ކޮށްފައިވަނީ އެތަނުން އެންމެ ގިނަ ވޯޓު ލިބުނު 5 ބޭފުޅުންނެވެ. 

އެގޮތުން، މަގާމަށް ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބިފައިވަނީ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއެވެ. ނަހުލާ އާއި ޖެހިގެން ދެން ނައިބު ލީޑަރުންނަށް ހޮވިވަޑައިގަތީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖޭޕީގެ ކުރީގެ ނައިބު ރައީސް އަމީން އިބްރާހިމް، ޖޭޕީގެ ކައުންސިލްގައި މިހާރު ވެސް ހިމެނިވަޑައިގަންނަވާ އިގްބާލް އާދަމް، ޖޭޕީގެ ކުރީގެ ނައިބު ރައީސް އަހުމަދު ސައުދު އަދި ފުވަމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަލީ ޝާހް އެވެ.

ނައިބު ލީޑަރުންނަށް ހޮވިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އަމީން އަކީ އެންމެ ގިނަ ދުވަހު ގާސިމް އާއިއެކު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވި އެއްބޭފުޅާއެވެ. އިގްބާލް އަކީ ގާސިމްގެ ޕާސަނަލް ސެކްރެޓަރީ އެވެ. ސައުދު އަކީ ގާސިމް އާއި އާއިލީ ގުޅުން އޮންނަ ބޭފުޅެކެވެ.

ޖޭޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް އިންތިހާބުވި އަމީން: ފޮޓޯ/ ވޮއިސް

ނާއިބު ލީޑަރުންގެ މަގާމަށް ވާދަކުރެއްވި އެހެން ބޭފުޅުންގެ ތެރޭގައި، ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީ، އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހްމަދު ހުސައިން (ހަނަފީ)، ފިޝަރީޒް މިނިސްޓަރު ޙުސައިން ރަޝީދު ޙަސަން، ކުރީގެ ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރު އިބްރާހިމް އަދި ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުالله އަހުމަދު ހިމެނެއެވެ.

ޑެޕިއުޓީ ލީޑަރުގެ އިންތިހާބުގައި ވޯޓުލުމަށް 741 މީހުން ރަޖިސްޓަރީ ކުރި އެވެ. އޭގެ ތެރެއިން ވޯޓު ލާފައި ވަނީ 680 މީހުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.