މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން--ފޮޓޯ/ ހޯމް މިނިސްޓްރީ
ހަބަރު
27 Feb 2023 | 10:49
އިލްމީ ގާބިލު ޒުވާން ޖީލެއް ބިނާކުރުމަށް ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރަންޖެހޭ: އިމްރާން

ލާމަރުކަޒީ ނިޒާމް ފުރިހަމަކޮށް, ހަރުދަނާކޮށް އުސް ހަރުފަތަކަށް ގެންދިއުމަށް އަޅުގަނޑުމެން ކުރަންޖެހޭ އެންމެ މުހިއްމު އެއްމަސައްކަތަކީ އެކަމަށް އެކަށޭނެ ޢިލްމީ ހުނަރުވެރި ޤާބިލް ޒުވާން ޖީލެއް ބިނާކުރުންކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

އެމަނިކުފާން މިހެން ވިދާޅުވީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް އިފްތިތާހުކުރުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ 2500 އަހަރުގެ ކުރިއަށް ރާއްޖޭގެ ހިންގުމުގެ ނިޒާމް އެކިގޮތްގޮތަށް ބަދަލުވަމުން އައިސް މިއަދު 2010 ން ފެށިގެން އަޅުގަނޑުމެން ހިންގަމުން މިދާ ނިޒާމަކީ އަދި ހަމަ ޅަފަތުގައި އޮތް ނިޒާމެއްކަމަށެވެ. އެނިޒާމް ހަރުދަނާކޮށް ކުރިއަށް ގެންދަން އެންމެ މުހިއްމީ ޢިލްމީ ހުނަރުވެރި ޤާބިލް ޒުވާން ޖީލެއް ބިނާކުރުންކަމަށް ވިދާޅުވިއެވެ.

"މިރޭ އަޅުގަނޑުމެން މިއިފްތިތާކުރާ މިއިލްމީ މުންނާރުގެ ސަބަބުން އެކަމަށް ބިންގާއެޅި މަގުފަހިވެގެންދާނެކަމާމެދު އަޅުގަނޑުގެ ފުރިހަމަ ޔަޤީންކަން އެބައޮތް. " މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ 2010 ން ފެށިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީ އުފެއްދީންސުރެ, ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ހިންގުމަށް ބޭނުންވާނެ މުވައްޒަފުންނާއި, ޤާބިލް ފަރުދުން ތައްޔާރުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުން ގެންދިޔަކަމަށެވެ. ހަމައެކަނި މިވޭތުވެދިޔަ 2022 ވަނަ އަހަރު އެކަނިވެސް 1574 ބައިވެރިން އެލްޖީއޭގެ ޓްރެއިނިންގ ތަކުގައި ބައިވެރިވެ ޓްރެއިންވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ އެހެންނަމަވެސް މިހާރު މިގެންދެވޭ އުޞޫލާ ހަމަތަކުން ބަލާއިރު މިއަށްވުރެ ހަރުދަނާ ނިޒާމެއް ގެންނަން ޖެހޭކަމަށް ފާހަގަކުރެވި ޤަބޫލުކުރެއްވުނު ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 2019 ވަނަ އަހަރު މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް ރަޖިސްޓްރީކުރުމުގެ މަސައްކަތް ފައްޓަވާ, އެއަހަރު ރަޖިސްޓްރީވެސް ކުރެވުނުކަމަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެމަސައްކަތް ފެށިތަނާ ދާދިގާތުގައި ކޮވިޑް19 ގެ އާލަމީ ވަބާއާ ކުރިމަތިލާންޖެހުމުގެ ނަތީޖާއެއްގެ ގޮތުން އަމަލީގޮތުން މަސައްކަތް ފެށުން މިހާހިސާބަށް ލަސްވެގެން ދިޔައީކަމަށް ވިދާޅުވިއެވެ. އެއާގުޅިގެން ލިބުނު މުއްދަތަކީ އިތުރަށް ތައްޔާރުވެ, ހަރުދަނާކޮށް, ފުރިހަމަކުރަން ހުރި ކަންކަން ފުރިހަމަކުރަން ލިބުނު ފުރުޞަތެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެމުއްދަތުގެ ތެރޭގައި އިތުރު ވިސްނުންތައް ގެނެސް, އެކަމަށް އެކަށޭނަ ޤާބިލް މިންގަނޑުތައް ކަނޑައެޅުނުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އޭގެ ސަބަބުން މުއައްސަސާގެ ވިޝަންއާއި މިޝަންއާއި, އެހެނިހެން ގޯލްސްތަކާއި ލަނޑުދަނޑިތައް ޤާއިމްކުރެވި އެކަމަށްބޭނުންވާ ތަފާތު މާއްދާތައް އެކުލެވި, އެކަމަށް އެކަށީގެންވާ ފުރިހަމަ ތައްޔާރީއަކުން މިއަދު މިވަނީ ތައްޔާރުކުރެވިފަ. " މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އޭގެނަތީޖާއެއްގެ ގޮތުން އިންސްޓިޓިއުޓް އިފްތިތާހުކުރެވޭއިރު އެހެން މުއައްސަސާތަކާއެކު ފަހުމުނާމާގައި ސޮއިކުރެވިގެންދާކަމަށެވެ. އެއީ މިދިޔަ މުއްދަތު އަޅުގަނޑުމެންނަށް ލިބުމުގެ ނަތީޖާކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ޢިމްރާން ވިދާޅުވީ މިހާރު މިފެށުނު މަސައްކަތުގެ ސަބަބުން ލިބޭނެ އެންމެ މުހިއްމު އެއް ނަތީޖާއަކީ އުފާވެރި ޒިންމާދާރު މުސްތަޤުބްލަކަށްޓަކައި އިންސްޓިޓިއުޓްގައި ތަމްރީނުވުމުގެ ފުރުޞަތު އެބޭފުޅުންނަށް ފަހިކޮށްދިނުންކަމަށެވެ. ރާއްޖޭގެ ގަވަރނިންގ ސިސްޓަމް ހަރުދަނާކޮށް, ޖަޒީރާ ރަށްތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނާ ގާތުން ފަސޭހަމަކާއެކު އެކަށީގެންވާ ފެންވަރުގެ ޚިދުމަތެއް ތައްޔާރުކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެފުރުޞަތު އިންސްޓިޓިއުޓްގެ ސަބަބުން ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.

"ރާއްޖޭގައި ލިބިފައިވާ ވަޞީލަތްތަކުގެ ބޭނުންކޮށްގެން ލާމަރުކަޒީ ސިފައެއްގައި އިޤްތިޞާދީ, އިޖުތިމާއީ ހަމަތައް ފުރިހަމައަށް ޤާއިމްކޮށް ރަށްރަށުން ސިއްހަތާއި އިލްމްގެ މަގުތައް ފަހިކޮށްދިނުމަށް މިމުއައްސަސާގެތެރެއިންލާފަ އަޅުގަނޑުމެންނަށް މަގުފަހިކުރެވިގެންދާނެ. އާދެ މިބިންގަލަކީ މިފަދަގޮތަކަށް އެޅިގެންދާ މިފަދަ ޢިލްމީ އެންމެ ފުރަތަމަ ބިންގާ. " މިނިސްޓަރ ވިދާޅުވިއެވެ

މިނިސްޓަރ ވިދާޅުވީ އެހެން އިލްމީ މުއައްސަސާތަކާއެކު އަޅުގަނޑުމެންނަށް މަތިވެރި ރާސްތާތަކަކަށް ދަތުރުކުރެވޭނެކަމަށް ޔަޤީންކުރައްވާކަމަށެވެ. މުޖުތަމައެއް މަތިވެރިވެ ކުރިއަރާދަނީ އިލްމްގެ ނަތީޖާތައް ހާސިލްކުރުމުންކަމަށާއި, އެހެންވެ ދީނުގައި އިލްމް އުގެނުމަށް ބާރުއަޅުއްވާފައިވާކަންވެސް ފާހަގަކުރެއްވިއެވެ. ވިދާޅުވީ އިންސާނާ ކާމިޔާބުކަމާއެކު ކުރިއަށް ދިއުމަށް ބޭނުންވަނީ އީމާންކަމާއި އިލްކް އެކުގައި ކުރިއަށްގެންދިއުންކަމަށެވެ.

ކޮމެންޓް
އަލީ
ތިޔަހެން ކިޔަކިޔާ ތިބެނީ....ކޮންެމެ ސްކޫލަކަށް ރަނގަޅު ޑިސިޕްލިން ބަލަހައްޓާ ސްޕަވައިޒަރަކު ލައްވާ....ނަމޫނާ އަހުމަދިއްޔާ..
27 Feb 2023
ގުޅޭ ލިޔުންތައް
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ