ޝެއިޚް ޝަފީއު އަބްދުﷲ/ ފޮޓޯ: ވަގުތު
ހަބަރު
27 Feb 2023 | 15:25
ރާއްޖޭގެ 80% ދީނީ އިލްމުވެރިން އަދާލަތުގެ ނިންމުމާއި ދެކޮޅު: ޝަފީއު

ރާއްޖޭގެ 80 އިންސައްތަ ދީނީ އިލްމުވެރިން އެމްޑީޕީއާއެކު އަދާލަތު ޕާޓީން ކޯލިޝަން ހަދަން ނިންމި ނިންމުމާއި ދެކޮޅުކަމަށް ޝެއިޚް ޝަފީއު އަބްދުالله ވިދާޅުވެއްޖެ އެވެ. 

ޝަފީއު މިފަދައިން ވިދާޅުވެފައިވަނީ އަދާލަތުގެ ނިންމުމަށް ސަލަފު ޖަމުއިއްޔާގެ އިލްމުވެރިން ފާޑުވިދާޅުވިޔަސް، އެކަމާއި ގުޅިގެން ރައްދު ނުދޭނެކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާނު އަބްދުالله ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ. 

އިމްރާނު ވިދާޅުވީ އަދާލަތުގެ ނިންމުމަށް ސަލަފުން ކިތަންމެ ވަރަށް އެއްޗެހި ކިފާ، ފާޑުކިޔުން އަމާޒުކުރި ނަމަވެސް، ރައްދު ޖަވާބު ނުދިނުމަށް އަލާދަތު ޕާޓީިން ނިންމާފައިވާކަމަ ށެވެ. 

"އަޅުގަނޑުމެން އަދާލަތުގެ އިލްމުވެރިން މިތިބީ ސަލަފު ޖަމުއިއްޔާގެ އިސް ބޭފުޅުން އަޅުގަނޑުމެންނާއި ދިމާލަށް ކިތަންމެ އެއްޗެތި ކިޔަސް، އަޅުގަނޑުމެން އެބޭފުޅުންނާއި ދިމާލަށް އެއްޗިހި ކިޔާ ރައްދު ނުދިނުމަށެވެ. އެ ހަމަ އަޅުގަނޑުމެން ހިފަހައްޓާތާ އަހަރުތަކެއް ވެއްޖެއެވެ"

އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބްދުالله 

އިމްރާނުގެ އެ ވާހަކަތަކާއި ގުޅިގެން ޝަފީއު ވިދާޅުވީ ރާއްޖޭގައި ދީނީ އިލްމުވެރިން ތިބީ ހަމައެކަނި އަދާލަތާއި ސަލަފު ޖަމުއިއްޔާގައި އެކަނި ނޫން ކަމަށެވެ. ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާވެސް އެތައް ދީނީ އިލްމުވެރިން ރާއްޖޭގައި ތިއްބެވިކަމަށް ޝަފީއު ވިދާޅުވިއެވެ. 

އެއާއެކު އެބޭފުޅާ ވިދާޅުވީ ރާއްޖޭގައި ތިބި ދީނީ އިލްމުވެރިންގެ ތެރެއިން 80% އިލްމުވެރިން އަދާލަތުގެ ނިންމުމާއި ދެކޮޅު ކަމަށާއި، އެއީ އެކަމަށްޓަކައި ނެގި ޕޯލްގެ ނަތީޖާއިން ދައްކާފައިވާ ގޮތް ކަމަށެވެ. 

"ރާއްޖޭގައި ތިބީ ހަމައެކަނި ޢަދާލަތު ޕާޓީއާއި ސަލަފް ޖަމްޢިއްޔާގެ ޢިލްމުވެރިންނެއް ނޫނެވެ. އެއީ ނިސްބަތުން މަދު ޢިލްމުވެރީންކޮޅެކެވެ. އެއަށް ވުރެ ގިނަ ޢިލްމުވެރީން ރާއްޖޭގައި އެބަ ތިއްބެވެ. ރާއްޖޭގެ ޢިލްމުވެރީންގެ 80% ބޭފުޅުން ޢަދާލަތުގެ ނިންމުމާ ދެކޮޅެވެ. މިއީ ޕޯލްގެ ނަތީޖާއެވެ"

ޝެއިޚް ޝަފީއު އަބްދުالله 

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ފަހަތްޕުޅަށް އަރާވަޑައިގަންނަވަން ނިންމެވީ، އެ ޕާޓީގެ އާންމު މެމްބަރުންގެ ރުހުން ހޯދައިގެން ނޫންކަމަށް ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރި ބައެއް މެމްބަރުން ވަނީ ބުނެފައެވެ. 

އެހެން ނަމަވެސް، އަދާލަތުން ބުނީ، އެ ޕާޓީން އެ ނިންމުން ނިންމީ ވަރަށް ގިނަ ހިސާބުތައް ޖަހާފައި ކަމަށާއި، ރައީސް ޞާލިހަށް ދެވަނަ ދައުރެއް ހޯދުމަކީ މި ހާލަތުގައި އެންމެ ފައިދާހުރި ގޮތް ކަމަށް އަދާލަތު ޕާޓީން ޤަބޫލުކުރާ ކަމަށެވެ. 

ކޮމެންޓް
އަދީބާ
ޝަފީއު ޕީޕީ އެމާ ޢަދާލަތު ކޯލިޝަން ނަހަދައިގެން ދެއްތޯތިނުރުހެނީ!
27 Feb 2023
ގުޅޭ ލިޔުންތައް
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ