ހިގުއައިންއާއެކު ޗެލްސީ ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށްފި

28 Jan 2019 | 09:30

އިނގިރޭސި އެފްއޭ ކަޕްގައި ރޭ ޗެލްސީ އަދި ޝެފީލް ވެންސްޑޭ ބައްދަލުކުރި މެޗް 3-0 ކާމިޔާބުކޮށް ޗެލްސީ މުބާރާތުގެ ފަސްވަނަ ބުރަށް ދަތުރުކޮށްފިއެވެ.

މި މެޗުގައި ޗެލްސީއައި އަލަށް ގުޅުނު އާޖެންޓީނާގެ ތަރި ހިގުއައިންވަނީ ފުރަތަމަ އެގާރައިގަ ހިމެނިގެން ކުޅެފައެވެ. ޗެލްސީގެ ފަރާތުން މެޗުގައި ފެނުނު ލަނޑުތައް އެޓީމަށް ޖަހައިދިނީ ވިލިއަން އަދި އަރަމުން އަންނަ ޒުވާން ތަރި ހަޑްސަންއެވެ.

ވިލިއަންވަނީ މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ދެ ލަނޑުގެ ތެރެއިން އެއްލަނޑަކީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެވެ.

މެޗައި ބެހޭގޮތުން ވާހަކަ ދައްކަމުން ޗެލްސީގެ އެސިސްޓެންޓް ކޯޗް ޒޯލާ ބުނީ ނަތީޖާއައި ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށައި ކުރީ މެޗުގައި ޓޮޓެންހަމްއައި ދެކޮޅަށް ދެއްކި މޮޅު ކުޅުން މި މެޗުގައިވެސް އޭނާގެ ޓީމުގެ ފަރާތުން ތަކުރާރުވި ކަމަށެވެ. ޗެލްސީއައި އަލަށް ގުޅުނު ހިގުއައިންއައި ބޭހޭ ގޮތުން އޭނާ ބުނީ މި މެޗަކީ ހިގުއައިންއަށް ފަސޭހަވެގެން ދިޔަ މެޗެއް ނޫން ކަމަށައި އޭގެ ސަބަބަކީ ހިގުއައިން ވަށާލައިގެން އަބަދުވެސް ކުޅުންތެރިންތަކެއް ތިބުން ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

އެފްއޭ ކަޕްގައި ރޭ ޓޮޓެންހަމް ކުޅުނު މެޗުން އެޓީމްވީ ބައްޔެވެ. ކްރިސްޓަލް ޕެލަސްއައި ދެކޮޅަށް ކުޅުނު މެޗް ނިމުނީ 2-0 ކުން ޕެލަސް ކާމިޔާބުކޮށްގެންނެވެ. މި މެޗުން ބަލިވެ އެފްއޭ ކަޕުން ޓޮޓެންހަމް ކެޓީއިރު ނިމިދިޔަ ހަފްތާގަ އެޓީމްވަނީ ލީގް ކަޕުގެ ސެމީފައިނަލުގައި ކުޅެ ޗެލްސީ އަތުންބަލިވެ އެ މުބާރާތުންވެސް ކަޓާފައެވެ. 

ޕްރިމިއަރ ލީގުގައި އެއްވަނައިގަ އޮތް ލިވަޕޫލްއައި ޓޮޓެންހަމްއައި ދެމެދު 9 ޕޮއިންޓުގެ ފަރަގެއް އޮތްއިރު ޗެންޕިއަންސް ލީގުގައި އެންމެ އަވަހަށް ކުޅެން ޖެހޭ މެޗުތަކަށް ހެރީ ކޭން އަދި ޑެލެ އަލީ އަނިޔާއިން ސަލާމަތްވެ ފިޓްވާނެ ކަމާމެދުވަނީ ސުވާލު އުފެދިފައެވެ.

Advertisement

ކޮމެންޓް