ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް--
ހަބަރު
01 Mar 2023 | 13:11
އެއްޖިންސުން ގުޅުން ހިންގި ފުލުސް އޮފިސަރުގެ ހުކުމް ޕީޖީން އެދިގެން ކުރުކޮށްދީފި

ބަންގްލަދޭޝްގެ އަލަމްގިރްއާ އެކުގައި އެއް ޖިންސުން ގުޅުން ހިންގި ކަމަށް އިއުތުރާފްވެފައިވާ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއު (ދޮންދިގު) އެއް އަހަރާއި ދެ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް، ޕީޖީގެ އެދުމުގެ މަތިން ހައިކޯޓުން ކުރު ކޮށްދީފި އެވެ. 

ބަންގްލަދޭޝްގެ ޒުވާނެއްކަމަށްވާ އެމްޑީ އަލަމްގީރް (އަލަމްގިރި) އާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އަބްދުއްރަޙްމާން ހައްޔަރު ކުރީ، މިދިޔަ އަހަރުގެ ޖުލައި 28 ވަނަ ދުވަހު އެވެ. އެއަށްފަހު އޭނާ ބަންދުގައި ބެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލީ އޭނާގެ މައްޗަށް ދައުވާ ކުރަން ކޯޓަށް ފޮނުވުމަށް ފަހުގައެވެ. 

އެ މައްސަލާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ، އަބްދުއްރަޙްމާނު ރަފީޢުގެ މައްޗަށް ދައުލަތުން ދަޢުވާކުރި އެއްޖިންސުން ޖިންސީގުޅުން ހިންގުމުގެ ކުށުގެ ދަޢުވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާކަމަށެވެ. 

ވުމާއެކު، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1002 ވަނަ މާއްދާގެ (ހ) ގެ ދަށުން ޢަބްދުއްރަޙްމާނު ރަފީޢު 01 (އެކެއް) އަހަރާއި 02 (ދޭއް) މަހާއި 12 (ބާރަ) ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް އެ ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

އެހެންނަމަވެސް އަބްދުއްރަހުމާނު ރާފިއުއަށް ކުރި ހުކުމް ބޮޑުވުމުން, ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ވަނީ ހުކުމް ކުޑަ ކޮށްދިނުމަށް އެދި ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކޮށްފައެވެ. އެގޮތުން ދައުލަތުން އެދުނީ އަސާސީ މިންގަނޑުން އެއް ދަރަޖަ ދަށްކޮށް ހަތް މަހާއި ހަ ދުވަހަށް ޖަލުގައި ރާފިއު ބަންދުކޮށްދިނުމަށެވެ.

ހައިކޯޓުން ކުރި ހުކުމް

ރަފީއުގެ މިމައްސަލައިގައި، މިއަދު ހައިކޯޓުން ކުރި ހުކުމްގައި ބުނީ، އިސްތިއުނާފުކުރާ ފަރާތުގެ އިޢުތިރާފުން ސާބިތުވި އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ، 9 މަހާއި 18 ދުވަސް ކަމަށެވެ. އަދި އެ މިންވަރުގެ ތެރެއިން އިސްތިއުނާފުކުރާ ފަރާތުގެ އިޢުތިރާފުގެ މައްޗަށް ބުރަވެ 1 ދަރަޖަ ދަށް ކުރުމުން، ކަނޑައެޅޭނެ އަދަބުގެ މިންވަރަކީ، 7  މަހާއި 6 ދުވަސް ކަމަށާ މި މިންވަރުގެ ތެރެއަށް ދަށު ކޯޓުގެ ފަނޑިޔާރު އޭނާއަށް ޤާނޫނުން ލިބިދޭ އިޚްތިޔާރުގެ ދަށުން، އިތުރުކޮށްފައިވާ އަދަބު އިތުރުކޮށްފައިވަނީ، 2 ދަރަޖައިގެ ބަދަލުގައި، 2 ގުނަ ކޮށްގެން ކަމަށް ވާތީ އެ ގުނަކުރި ކުރުން ބާޠިލުކޮށް، 2 ދަރަޖަ މަތިކުރަން ޖެހޭ ކަމަށް ހައިކޯޓުން ބުނެފައިވެއެވެ.

އެގޮތަށް މަތިކުރުމުން، އިސްތިއުނާފު ކުރާ ފަރާތުގެ އަދަބަކީ 01 އަހަރު ދުވަހުގެ ޖަލު އަދަބު ކަމަށާ، އެ ހުކުމް ރަފީއު ތަންފީޒު ކުރަންޖެހޭނީ ކުށާއި ގުޅިގެން މިހާތަނަށް ތަޙްޤީޤު މަރުޙަލާގައާއި އަދި ދަށު ކޯޓުގެ ޙުކުމާއި ގުޅިގެން ބަންދުގައި ހުރި މުއްދަތު ޖަލު ޙުކުގެ މިންވަރުން އުނިކޮށްގެން ކަމަށްވެސް ހައިކޯޓުން ނިންމާފައެވެ.

މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާފައި ވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. ފަނޑިޔާރު މުހައްމަދު ނިޔާޒުގެ މި ނިންމެވުމަށް މައްސަލައިގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސައިން މަޒީދާއި، ފަނޑިޔާރު ފާތިމަތު ފަރުހީޒާވެސް ވަނީ ތާއީދު ކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.
14 Sep 2026
ސަފީރު ޝަބީނާ, އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ބެލްގްރޭޑް ގައި ހުންނަ "ޕެލެސް ސާބިއާ" ގައެވެ.
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.