ގާސިމް އިބްރާހިމް، ރައީސް ޞާލިހާއި އެކު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ/ ސަންގު
ހަބަރު
01 Mar 2023 | 14:02
ރައީސް ސާލިހް އާއި އެކު ކޯލިޝަން ހަދަން ވާހަކައެއް ނުދައްކަން: ގާސިމް

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހާއެކު ކުރެވުނު މަޝްވަރާ ރައްޔިތުން ބަލަން ނުޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް ރައީސް އޮފީހަށް ކުރެއްވި ޒިޔާރަތަށް ފަހު މީޑިއާތަކާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހާއި އެކު ކޯލިޝަން ހެދުމާއި ގުޅޭގޮތުން އެ ބައްދަލު ވުމުގައި ވާހަކަ ނުދައްކަވާ ކަމަށެވެ. އަދި ކޯލިޝަން ހެދުމާއި ގުޅޭ ގޮތުން ވާހަކަ ދައްކާނީ ޖުމްހޫރީ ޕާޓީގެ ކައުންސިލުން ވަކިގޮތަކަށް ނިންމުމުން ކަމަށްވެސް ވިދާޅުވި އެވެ. 

މީގެ އިތުރުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރައްވާނެތޯ ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ގާސިމް ވަނީ އެވާހަކަ ދެއްކުމަށް ހިޔާލު ނުކުރައްވާ ކަމަށާ، ވެރިކަމަށް ކުރިމަތިލައްވަންވެސް އަދި ގަސްތުނުކުރައްވާ ކަމަށެވެ.

އަދި ހަމައެހެންމެ ރައީސް ޞާލިހާ ބައްދަލުކުރައްވާ ކުރައްވާފައިވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހާ ބެހޭ މަޝްވަރާތަކެއް ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

މީގެ އިތުރުން ގާސިމްގެ ރަނިންމޭޓަކަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެ ނަން ހުށަހެޅި ވާހަކަ ދޮގު ކުރައްވައި ގާސިމް ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި އެކި ވާހަކަތައް އަޑުއިވޭނެ ކަމަށެވެ. އަދި ނަޝީދު އެމަނިކުފާނުގެ ރަނިންމޭޓަކަށް ވާން ހުށަހެޅިކަން އެމަނިކުފާނަށް އެނގިފައި ނެތް ކަަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑަކަށް އެކަން އިނގިފަކާއެއް ނެތް، އަދިއެއް ނާދެ އެފަދަ (ނަޝީދު ރަނިން މޭޓަކަށް ގެނައުމުގެ) މަޝްވަރާއެއް ވެސް" ގާސިމް ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއި އެކު ކޯލިޝަން ހެދުމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ޖޭޕީއަށް ހުށަހަޅުއްވާފައި ވަނިކޮށް، ޖޭޕީގެ ކޮންގްރެސް ގައި ވަނީ، ޖޭޕީން ކެންޑިޑޭޓެއް ނެރުމަށް، ނުވަތަ ޖޭޕީ އިސްވެ ކޯލިޝަން ސަރުކާރެއް އެކުލަވައި ލުމަށް ގަރާރެއް ފާސްކޮށްފައެވެ. 

ނަމަވެސް އެ ގަރާރަށް އަމަލު ކުރުން ލާޒިމް ނޫން ކަމަށާ، އެއާއި މެދު ގޮތެއް ނިންމާނީ ޖޭޕީގެ އައު ކައުންސިލުން ކަމަށް ގާސިމް ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Aug 2026
ޒުވާނުންނަކީ ގައުމުގެ އެންމެ ބޮޑު ބާރު، ފުރުސަތުތައް ފަހިކޮށްދޭނަން
ދިވެހި ޒުވާނުންނަކީ ގައުމުގެ އެންމެ ބޮޑު އެއް ބާރު ކަމަށާ، ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
12 Aug 2026
ފަލަސްތީނުގެ 1,700 މީހުންގެ ހަށިގަނޑު އިސްރާއީލުން ހިފަހައްޓާފައި
އިސްރާއީލުގެ ސަލާމަތީ ބާރުތަކުން، މުސްތަގުބަލުގައި ބަދަލުކުރެވޭ "ބާގޭނިންގ ޗިޕްސް"ގެ ގޮތުގައި ފަލަސްތީނުގެ 1,700 އެއްހާ މީހުންގެ ހަށިގަނޑު ހިފަހައްޓާފައިވާކަން ހާމަވެއްޖެއެވެ.
12 Aug 2026
ކުޑަކުއްޖަކު ސީޓްބެލްޓް އަޅަން ދެކޮޅުހެދުމުން ކެނެޑާގެ ފްލައިޓެއް ކެންސަލްކޮށްފި
މި މަހުގެ 6 ވަނަ ދުވަހު ހިނގި މި ހާދިސާގައި، ފްލައިޓް ނައްޓާލަން ތައްޔާރުވަމުން ދަނިކޮށް އެ ކުއްޖާ ވަނީ ގޮނޑިން ތެދުވެ ސީޓްބެލްޓް އެޅުމަށް އިންކާރުކޮށްފައެވެ. އެއަރލައިނުން ބުނި ގޮތުގައި، ކުއްޖާގެ ބެލެނިވެރިޔާއާއި ފްލައިޓްގެ ކުރޫއިން އެ ކުއްޖާ މައިތިރިކޮށް ސީޓްބެލްޓް އެޅުވުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.
12 Aug 2026
މިސައިލް ނުރައްކަލާ ގުޅިގެން ޓްރަމްޕް ސިއްރުން ބޯޓު ބަދަލުކޮށްފި
މިދިޔަ މަހު ތުރުކީގައި ބޭއްވި ނޭޓޯ ސަމިޓަށް ފަހު އެނބުރި އެމެރިކާއަށް ވަޑައިގެންނެވުމުގެ ދަތުރުގައި އީރާނުގެ މިސައިލް ހަމަލާއެއް އައިސްދާނެ ކަމުގެ ޖާސޫސީ މަޢުލޫމާތާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕް ސިއްރިޔާތުގައި އެހެން މަތިންދާބޯޓަކަށް ބަދަލުކޮށްފައިވާކަން ހާމަވެއްޖެއެވެ.
12 Aug 2026
ސޫރިޔާގެ ކޯޓުން ބައްޝާރުލް އަސަދާއި އާއިލާގެ ދެ މެންބަރަކަށް މަރުގެ ޙުކުމް އިއްވައިފި
ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ހިންގި ޖަރީމާތަކާ ގުޅިގެން ބައްޝާރުލް އަސަދާއި ކޮއްކޮ މާހިރާއި ދެބެންގެދެދަރި އާތިފް ނަޖީބުގެ މައްޗަށް ދިމިޝްގުގެ ކޯޓުން މަރުގެ ޙުކުމް އިއްވައިފިއެވެ.
11 Aug 2026
މުދައްރިސުންގެ ދަތިކަމަށް ހައްލު ހޯދަން ސްރީލަންކާއިން މަސައްކަތް ފަށައިފި
ސައެންސާއި ހިސާބު ފަދަ މާއްދާތަކަށް ބޭނުންވާ މުދައްރިސުންގެ ޢަދަދު މަދުވެފައިވާތީ އައު މުދައްރިސުން ނެގުމުގެ މަރުޙަލާ އަވަސް ކުރުމަށް ބޮޑު އިސްކަމެއް ދިނުމަށް ވަނީ ނިންމާފައި
11 Aug 2026
ސީއެމްޑީއޭގެ ނަމުގައި ފޭކް ފޭސްބުކް ޕޭޖެއް ހިންގާތީ ސަމާލުވާން އެދިއްޖެ
ސީއެމްޑީއޭއިން ވަނީ އިންވެސްޓަރުންނާއި ޢާންމު ރައްޔިތުން އެ ޕޭޖާ އެއްވެސް މުޢާމަލާތެއް ނުކޮށް ޒާތީ މަޢުލޫމާތު ހިއްސާ ނުކޮށް އަދި އެ ޕޭޖުގެ އެއްވެސް ކޮންޓެންޓަކަށް ބިނާކޮށް ޢަމަލު ނުކުރުމަށް އެދިފައެވެ.
11 Aug 2026
ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ގެންނަނީ، އެނޫން އެހެންގޮތެއް ނެތުމުން
މައިންބަފައިންގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީ ކުއްޖާ ވަކިކުރުމުގެ ޞައްޙަ ސަބަބެއް ނޫން ކަމަށާއި ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަކީ އެ ޤާނޫނުގެ ދަށުން އެޅޭނެ އެންމެ ފަހު ފިޔަވަޅު ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ