ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު/ ފޮޓޯ: ވޮއިސް
ހަބަރު
02 Mar 2023 | 11:27
އަދާލަތުގެ ވެރިން ފަހަތަށް ނާރަން އާންމުން މިސްކިތްތަކުން ފައިބާ: ޑރ ޖަމީލު

އަދާލަތު ޕާޓީގެ އިސް ލީޑަރުން އިމާމުންނަށް އެރުމުން، އެމީހުންގެ ފަހަތަށް ނާރަން އާންމުން މިސްކިތްތަކުން ވެސް މިހާރު ފައިބަމުންދާކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ. 

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ އަދާލަތަށް އާންމުން ކުރި އިތުބާރު ގެއްލި، އެ ޕާޓީގެ އިސް ލީޑަރުންނަށް ނަފްރަތު ކުރާކަން ސިފަކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ. 

އެގޮތުން ޑރ ޖަމީލު ވިދާޅުވީ އިސްލާމުދީނުގެ ބަލަދުވެރިންކަމަށް އަދާލަތު ޕާޓީ ހެދިގެން އުޅުނު ނަމަވެސް، އެމީހުންނަކީ މާއްދީ އެޖެންޑާއެއް އޮތް ބައެއްކަން ރައްޔިތުންނަށް ސާފުވާކަމަށެވެ.

އިސްލާމްދީނަށް ފުރައްސާރަކޮށް ލާދީނީ ރިޕޯޓު ނެރުނު އެމްޑީއެންގެ އިސް ބޭފުޅުން ސަރުކާރުގެ އިސް ފަޑީގައި ތިބިއިރު، އަދި ދީނާއި ޚިލާފު އެތައް ކަމެއް ފެތުރުމަށް ފުރުސަތު ދީފައި އޮތް އިރު، އަދާލަތުން ސަރުކާރު ދިފާއުކުރަމުން ދާ ދިއުމުންވެސް އަދާލަތުގެ މާއްދީ އެޖެންޑާ ފެނިގެންދާކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ. 

އެވާހަކަތަކާއި ގުޅުވާ ޑރ ޖަމީލު ވިދާޅުވީ، އަދާލަތުގެ އިސް ލީޑަރުން އިމާމުކަމަށް އެރުމުން، އެ މިސްކިތްތަކުގައި ތިބޭ އާންމުން، މިސްކިތްތަކުން ފައިބަމުންދާ ކަމަށެވެ. 

"ދީނުގެ ބަލަދުވެރިންކަމަށް އަދާލަތު ޕާޓީން ހެދެން އުޅުނަސް މި ސަރުކާރު ދިފާޢުކުރުމުން އެކަނިވެސް އެ ޕާޓީގެ މާއްދިއްޔަތުގެ އެޖެންޑާ ހާމަވޭ. އެތައް މިސްކިތުން އާންމުން ފައިބައި އެޕާޓީގެ އިސްވެރިން އިމާމްކަން ކުރަން ފެށުމުން! އެއީ ލައްކަ ވާހަކަ"

ކުރީގެ ނައިބު ރައީސް ޑރ ޖަމީލު 

އެހާވެސް ބޮޑަށް އާންމުންގެ މެދުގައި އަދާލަތަށް އޮތް އިޚްތިރާމާއި އިތުބާރު ކުޑަވެފައިވާކަން ޑރ ޖަމީލު ވަނީ ސިފަކުރައްވާފަ އެވެ. އަދި އާންމުންގެ އެ އަމަލުތަކުން ވަރަށް ގިނަ ވާހަކަ ބުނެދޭކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ.

ކޮމެންޓް
އަބުދުއްލޯ
ބޯހަޖެހޭމީހަކުނުފައިބާނެ މިސްކިތަކުން ޖަމީލުމެންކަހަލަ މީހަކުފައިބަފާނެ
02 Mar 2023
އަލީ ރަޝީދު
ދޮގު ހަދައިގެންނާއި ފިތުނަ އުފައްދައިގެން ލިބޭ އެއްޗެއްވިއްޔާ ދެދުނިޔޭގައިވެސް ކަލެއަށާއި ނައިފަރު މެންބަރު ޝިޔާމަށް ލިބޭނެއެވެ.
02 Mar 2023
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.