އިނގުރައިދޫ ޓީމުގެ ބައެއް ކުޅުންތެރިން: ފޮޓޯ/ ވޮއިސް
ކުޅިވަރު
02 Mar 2023 | 16:49
ޒޯން ދޭއްގެ ފައިނަލްގެ ދެވަނަ ލެގު ފަސޭހައެއް ނުވާނެ: އިނގުރައިދޫ ޓީމު މެނޭޖަރ

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2023 ގެ ޒޯން ދޭއްގެ ފައިނަލުގެ ދެވަނަ ލެގުގައި މާދަމާރޭ އޭދަފުއްޓާއި ދެކޮޅަށް ކުޅޭ މެޗު ފަސޭހައެއް ނުވާނެކަމަށް އިނގުރައިދޫ ޓީމުން ބުނެފިއެވެ.

ޒޯން ދޭއްގައި މިފަހަރު ބައިވެރިވެފައި ވަނީ ރ. އަތޮޅާއި ބ. އިތޮޅުން އެކަންޏެވެ. މި ޒޯނުގައި ހިމެނޭ ނ.އަތޮޅު މި އަހަރުގެ މުބާރާތުގައި ބައިވެރިއެއް ނުވެއެވެ. ވުމާއިއެކު މިއަހަރުގެ ޒޯން ދޭއްގެ ފައިނަލު ކުޅުމަށް ހަމަޖެހިފައިވަނީ ރ.އަތޮޅާއި ބ.އަތޮޅުގެ ޗެންޕިއަނުންގެ މެދުގައި ދެ ލެގު ( ހޯމް އެންޑް އަވޭގެ އުސޫލުން ) ނެވެ.

ފައިނަލުގެ ފުރަތަމަ ލެގު 3-1 ގެ ނަތީއްޖާއަކުން އިނގުރައިދޫ ކާމިޔާބުކޮށްފައި އޮތުމުން މާދަމާރޭ ކުޅެވޭ ދެވަނަ ލެގު އެއްވަރުކޮށްލައިގެން ވެސް ޒޯން ދޭއްގެ ޗެންޕިއަންކަން ހޯދުމުގެ ފުރުސަތު އިނގުރައިދޫ ޓީމަށް އެބައޮތެވެ.

މާދަމާރޭގެ މެޗާއި ބެހޭގޮތުން ވޮއިސް އެމްވީ އަށް މައުލޫމާތު ދެމުން އިނގުރައިދޫ ޓީމުގެ މެނޭޖަރ ބުނީ ފުރަތަމަ ލެގުން މޮޅުވެފައި އޮތުމުން އެކަމުގެ ހިތްހަމަޖެހުން އެބައޮތް ކަމަށާއި މާދަމާރޭގެ މެޗަކީ މުޅިން ތަފާތު މެޗެއްކަމަށެވެ. 

ޓާމު އޮތީ ދެވަނަ ލެގަށް ވެސް ވަރަށް ރަގަޅަށް ތައްޔާރުވެފައި, އެގޭ މެޗު ވަރަށް އުދަގޫވާނެކަން ވެސް އެކަމަކު އުންމީދަކީ އިރާދަކުރެއްވިއްޔާ މެޗުން މޮޅުވެ ޒޯން ޗެންޕިއަނުންގެ ގޮތުގައި ގަދަ 16 ޓީމުގެ ތެރޭގައި ހިމެނުމެވެ.

މީގެ އިތުރުން މި މުބާރާތުގައި އިނގުރައިދޫ ސަޕޯޓަރުންގެ ފަރާތުން ޓީމަށް ލިބެމުންދާ ތަރުހީބު ފާހަގަކޮށް ހުރިހާ ސަޕޯޓަރުންނަށް ޝުކުރުއަދާކުރަން ބޭނުން އަދި ޓީމުގެ ހުރިހާ ކުޅުންތެރިންގެ ވަރަށް ބޮޑު އެދުމެއް މާލެ، ހުޅުމާލެ އަދި ވިލިގިލީގައި ދިރިއުޅޭ އިނގުރައިދޫގެ ހުރިހާ ރައްޔިތުންވެސް ދަނޑަށް ވަޑައިގެން, ކުޅިވަރުގެ ރޫހާއި އެއްގޮތަށް ޓީމަށް ތަރުހީބުދިނުމަކީ.

މި މުބާރާތުގައި އިގުރައިދޫ ޓީމުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް އެމްވީ ހަމަޖައްސާފައިވާއިރު، އެޓީމުގެ ސްޕޮންސަރުންނަކީ ޒީން، ސުޕާރީ ފިހާރަ އަދި ބޯލްޑް އެވެ. އެޓީމުގެ ކިޓް ސްޕޮންސާރ އަކީ ޖާޒިއާ އެމްވީ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.