ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ހިރިލަންދޫ އެމްޑީޕީ މެންބަރުންނާއި ބައްދަލު ކުރެއްވުން-- ފޮޓޯ/ އެމްޑީޕީ
03 Mar 2023 | 10:45
އެމްއާރްއެމާ ޖޭޕީންވެސް ކޯލިޝަން ހަދާނެކަމުގެ ޔަޤީންކަން އެބައޮތް: ރައީސް ޞާލިހް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް، މޯލްޑިވްސް ރިފޯމް މޫވްމަން (އެމއާރުއެމް)އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން އެމްޑީޕިއާއެކު ކޯލިޝަން ހަދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްއެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ތ. ހިރިލަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހު ވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް އޮތް ފޯމިއުލާއަކީ ކޯލިޝަން ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ވިދާޅުވެފައެވެ. 

އަދި އެމަނިކުފާނާއެކު މިހާރު ކޯލިޝަންގައި ތިއްބެވި ހުރިހާ ޕާޓީތަކަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށްވެސް ކޯލިޝަން ހެދުމަށް ދައުވަތު ދެއްވާފައިވާ ކަމަށާ، ކޯލިޝަނަކާއި ނުލައި އިންތިހާބެއް އެއް ބުރުން ކާމިޔާބު ނުކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ. 

މިއާއެކު ރައީސް ޞާލިހް ވިދާޅުވީ، ކޯލިޝަންގައި މިހާރު ތިއްބެވި ބޭފުޅުން ގޮތް ނިންމަވާނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ވިސްނަވާފައި ކަމަށެވެ. އަދި އެމްއާރުއެމާއި ޖޭޕީންވެސް އެމްޑީޕީއާއެކު ކޯލިޝަން ހަދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޞާލިހް ވަނީ އެމްޑީޕީ ޕްރައިމަރީގައި އެމަނިކުފާނާ އެކު ވާދަކުރެއްވި އެ ޕާޓީގެ ރައީސް، މުޙައްމަދު ނަޝީދު، ޖުމްހޫރީ ޕާޓީއާއި ކޯލިޝަން ހަދައިގެން އިންތިޚާބަށް ނިކުމެވަޑައިގަންނަވާނެކަމަށް ދެކެވޭ ވާހަކަތަކަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ރައީސް ނަޝީދު ގެ ނަންނުގަންނަވައި ވިދާޅުވީ، ކޯލިޝަނާއި ދެކޮޅު ހެއްދެވި ބޭފުޅުންވެސް މިހާރު ދައްކަމުން އަންނަނީ ކޮންމެވެސް އެއް ޕާޓީއަކާއެކު ކޯލިޝަން ހެދުމުގެ ވާހަކަތައްކަމަށެވެ.

"އަޅުގަނޑު ހިތުން މިކަމާ ދެކޮޅު ހެއްދެވި ބޭފުޅުންވެސް އެ މަސައްކަތް ކުރަނީ ކޮންމެސް ބަޔަކާ އެކީ ކޯލިޝަން ހަދަން. އޭރަކު އެ މަންޒަރެއް ނުފެނޭ. އަޅުގަނޑު އެދުވަހު އެދެންނެވި ގޮތަށް އެ މަސައްކަތް ފަށައިގެން އަޅުގަނޑު ކުރިއަށް މިދަނީ. އަޅުގަނޑުގެ ކޯލިޝަންގައި މިވަގުތު ތިބި ހުރިހާ ޕާޓީތައް، އަދާލަތަށާ، ޖުމްހޫރީ ޕާޓީއަށާއި އަދި އެމްއާރްއެމްއަށް އަޅުގަނޑު ވާނީ ދައުވަތު ދީފަ. އިރާދަ ކުރެއްވިއްޔާ މިކަމުގެ ރަނގަޅު ނަތީޖާއެއް ތިބޭފުޅުންނަށް ވަރަށް އަވަހަށް ފެނިގެންދާނެ.” 

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހް މިފަދައިން ވިދާޅުވެފައި ވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއި އެކު ކޯލިޝަން ހެދުމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ޖޭޕީއަށް ހުށަހަޅުއްވާފައި ވަނިކޮށް، ޖޭޕީގެ ކޮންގްރެސް ގައި ވަނީ، ޖޭޕީން ކެންޑިޑޭޓެއް ނެރުމަށް، ނުވަތަ ޖޭޕީ އިސްވެ ކޯލިޝަން ސަރުކާރެއް އެކުލަވައި ލުމަށް ގަރާރެއް ފާސްކޮށްފައެވެ. 

ނަމަވެސް އެ ގަރާރަށް އަމަލު ކުރުން ލާޒިމް ނޫން ކަމަށާ، އެއާއި މެދު ގޮތެއް ނިންމާނީ ޖޭޕީގެ އައު ކައުންސިލުން ކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ. 

އަދި އޭގެ ފަހުން ކުއްލި ގޮތަކަށް ގާސިމް އާއި ރައީސް ޞާލިހު ބައްދަލު ކުރައްވާފައިވާއިރު، އެ ބައްދަލުވުމުގައި ކޯލިޝަން ހެދުމާއި ގުޅޭގޮތުން ވާހަކަ ނުދައްކަވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އެހެން ނަމަވެސް، އެ ބައްދަލުވުމުގައި ދެކެވުނު އެއްވެސް ވާހަކައެއް ގާސިމް ހާމަ ނުކުރައްވައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ