ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު އަހުމަދު ފައިސަލް--
ހަބަރު
03 Mar 2023 | 15:21
ޑރ.ފައިސަލް ބުނެދިނީ ލިބޭ ދަރިފުޅު އައިބުތަކުން ރައްކާތެރިކުރަން ކުރެވިދާނެ ކަންކަން

އުފަންވާއިރު ލިބޭ ދަރިފުޅުގެ ކިބައިގައި ހުންނަ އައިބުތަކުން ރައްކާތެރިވާން ކުރެވިދާނެ ކަންތައްތަކެއް ކުޑަ ކުދިންގެ ޚާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ފައިސަލް ހާމަކޮށްދެއްވައިފި އެވެ. 

ޑރ. ފައިސަލް ލިޔުއްވާފައި ލިޔުމެއްގައި ބުނީ، އުފަންވާއިރު ހުންނަ ހުރިހާ އައިބަކުން ރައްކާތެރިވާނެގޮތް އަދި ހޯދިފައިނުވިޔަސް، އައިބުތަކުން ރައްކާތެރިވާން ކުރެވިދާނެ ކަންތައްތަކެއް ދިރާސާތަކުން އެނގިފައިވާ ކަމަށެވެ. އަދި މަންމަ ރަނގަޅު ޞިއްހަތެއްގައި ހުރުމަށް ކުރާ މަސައްކަތްތަކަކީ ޞިއްހަތު ރަނގަޅުކުއްޖަކު ހޯދުމަށް ކުރެވޭނެ އެންމެ މުހިއްމު ކަންތައް ކަމަށްވެސް އެ ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. 

އެގޮތުން ފާހަގަކުރެވޭ މައިގަނޑު 5 ކަމެއް ޑޮކްޓަރު ހާމަކޮށްދެއްވާފައިވާއިރު، މާތް الله ގެ އިރާދަފުޅާއެކު ޞިއްހަތު ރަނގަޅު ދަރިފުޅަކުހޯދުމަށް އެކަންތައްތައް ކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

1. 400 މައިކުރޯގުރާމްގެ ފޯލިކް އެސިޑް ކޮންމެ ދުވަހަކުވެސް ބޭނުންކުރުން

ފޯލިކްއެސިޑުގެ ފައިދާ ފުރިހަމަގޮތުގައި ލިބުމަށްޓަކާ ފޯލިކުއެސިޑުގެ ގުޅަ މަދުވެގެން މާބަނޑުވުމުގެ އެއްމަސް ދެމަސް ކުރިން ކާން ފެށުމަށް ޑޮކްޓަރ އިރުޝާދު ދެއްވާފައިވެއެވެ. އަދި ބަނޑަށް 3މަސް ވާންދެން ކާންވާނެ ކަމަށާ، ކޮންމެ ދުވަހަކުވެސް 400 މައިކުރޯގުރާމް ބޭނުން ކުރަންވާނެ ކަމަށްވެސް ވިދާޅުވި އެވެ. 

މީހެ އިތުރުން، މާބަދައިގެ އައިބު ތަކުގެ ތެރެއިން ސުޕައިނާ ބައިފިޑާފަދަ  ނިއުރަލްޓިއުބް ޑިފެކްޓް އެއް ހުރި ކުއްޖަކު ކުރިން ލިބިފައިވާނަމަ މިދެންނެވި ޑޯޒް އަށްވުރެ 10 ގުނަ މަތިވާންޖެހޭނެ ކަމަށާ އެއީ 4 މިލިގުރާމް ކަންވެސް ވިދާޅުވި އެވެ. މިއާއެކު ޑޮކްޓަރ ވަނީ ފޯޓިފައިޑްނުކޮށް ހުންނަ ކާތަކެތިން ފޯލިކުއެސިޑުގެ 400 މައިކުރޯގުރާމް  ލިބުމަކީ ނާދިރުކަމެއްކަން ފާހަގަކުރައްވައި ރާއްޖޭގައި ފޯޓިފައިޑް ގޮވާން ބާޒާރުގައި ނުހުންނަ ކަމަށް ލިޔުއްވާފައި ވެއެވެ. އެހެންކަމުން މިވަގުތު ފޯލިކުއެސިޑުލިބެންއޮތް ގޮތަކީ ގުޅަކެއުން ކަން ފާހަގަކުރެއްވިއެވެ.

2. ޑރ އަށް ދައްކާ ކާންޖެހޭ އަދި ކެވޭނެ ބޭސްތަކާމެދު ލަފާ ހޯދުން

ބައެއްކަހަލަ ބޭސްތަކަކީ ދަރިފުޅު ބަނޑުގައި އުފެދެމުން އަންނައިރު ޚާއްޞަކޮށް ފުރަތަމަ ދުވަސްކޮޅު، އެބޭސްތަކުގެ ސަބަބުން ދަރިފުޅު އައިބުވުމަށް ފުރުސަތުއޮތް ބޭސްތަކެއްކަން ދިރާސާއިން ދައްކައެވެ. އަދި ބައެއްކަހަލަ ބޭސްތަކަކީ މައިމީހާގެ ހުންނަ ބައްޔަކަށް ކޮންމެހެން ކާންޖެހޭ ބޭސްތަކެކެވެ.

ވީމާ މާބަނޑުވުމަށް ވިސްނާއިރު ޑރ އަށް ދައްކާ ލަފާހޯދުން މުހިންމު ކަމަށް ޑރ. ފައިސަލްގެ ލިޔުމުގައި ވެއެވެ. 

3. ބޭނުންވާ ވެކްސިންތައް ޖެހުން (ފާނަބަސަންދު އަދި ރުބެއްލާ ވެކްސިން މާބަނޑުވުމުގެ ކުރިން)

ރުބެއްލާ އަދި ފާނަބަސަންދު ފަދަ ވައިރަސް ތަކުން ބަނޑުގައި އޮންނަ ދަރިފުޅު އައިބުވެއެވެ.

އެހެން ކަމުން ދުވަހަކުވެސް މި ދެބަލި ނުވަތަ ބައްޔަށް ވެކްސިން ޖަހާފާނުވާނަމަ މާބަނޑޫވުމުގެ ކުރިން ވެކްސިން ޖެހުން މުހިއްމުކަން ޑރ. ފާހަގަކުރެއްވިއެވެ.  އެއީ މި ދެވެކްސިންއަކީ މާބަނޑުއިރު ނުޖެހޭނެ ވެކްސިނަަށް ވާތީއެވެ. 

4. ބަރުދަން ރަނގަޅުމިނުގައި ހިފެހެއްޓުން 

ބަރުދަން މާމަތިނަމަ ލިބޭދަރިފުޅު އައިބުވުމުގެ ފުރުސަތު ބޮޑެވެ. ވީމާ ބަރުދަން ރަގަނޅުމިނުގައި ހިފެހެއްޓުމަށް މަސައްކަތްކުރުމަށް ޑރ. ވަނީ އިރުޝާދު ދެއްވާފަ އެވެ. 

5. ދުންފަތާއި މަސްތުވާތަކެތި ބޭނުން ނުކުރުން  

ދުންފަތާއި މަސްތުވާ ތަކެތި ފަދަ ތަކެތިން އަބަދުވެސް ދުރުވެ، ތިމާ އުޅޭ މާހައުލުވެސް މިކަމުން ރައްކާތެރި ކުރުމަށް ޑރ. ފައިސަލް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި މިކަމުގައި ފިރިމީހާވެސް އެހީތެރިވެދިނުމަށް ވަނީ އެދިލައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.