އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުގައި/ ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
04 Mar 2023 | 11:30
ނާކާމިޔާބު ވުމަކީ ކޮޅު ބަދަލު ކުރަން ޖެހޭ ސަބަބެއް ނޫން: އިމްރާނު

ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުމަކީ އެމީހާ ހުރި ގޮތެއްގެ މަތީގައި ދެމި ނުހުރެވެންވީ ސަބަބެއް ނޫން ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

އިމްރާނު މިފަދައިން ވިދާޅުވެފައިވަނީ އަނެއްކާވެސް އެމްޑީޕީއާއެކު ކޯލިޝަން ހަދަން އަދާލަތުން ނިންމުމާއި ގުޅިގެން ފާޑުކިޔުންތައް އަމާޒުވަމުންދާ ދަނޑިވަޅެއްގައި ކުރެއްވި ޓްވީޓެއްގަ އެވެ. 

ވަކި މީހެއްގެ ނަން ނުޖައްސަވާ އިމްރާނު ކުރެއްވި އެ ޓްވީޓުގައި ވިދާޅުވީ ސިޔާސީ މަސައްކަތުގައި އިޚްލާސްތެރި ހިތަކައިގެން އެއްގޮތެއްގައި ދިގު މުއްދަތަކަށް މެދިހުރެގެން މެނުވީ ހެޔޮ ނަތީޖާއެއް ނުނެރެވޭނެކަން ވަރަށް ސާފުކޮށް ފެންނަމުންދާ ކަމަށެވެ. 

އަދި ނާކާމިޔާބުވުމަކީ އިރުކޮޅު ކޮޅާ ގޮތް ބަދަލުކުރަން ޖެހޭ ސަބަބެއް ނޫން ކަމަށްވެސް އިމްރާނު ވިދާޅުވެފައިވެ އެވެ. 

"ސިޔާސީ މަސައްކަތުގައި އިޚްލާސްތެރި ހިތަކައިގެން އެއްގޮތެއްގައި ދިގު މުއްދަތަކަށް މެދިހުރެގެން މެނުވީ ހެޔޮ ނަތީޖާއެއް ނުނެރެވޭނެކަން ވަރަށް ސާފުކޮށް މި ދަނީ ފެންނަމުން. ނާކާމިޔާބުވުމަކީ އިރުކޮޅު ކޮޅާ ގޮތް ބަދަލުކުރަން ޖެހޭ ކަމެއްވެސް ނޫން"

އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބްދުﷲ

އިމްރާނުގެ މި ޓްވީޓަކީ ނުސީދާކޮށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރެއްވި ޓްވީޓެއްކަމަށްވެސް ބެލެވެއެވެ. 

އެއީ، އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ އިންތިޚާބުގައި ނާކާމިޔާބު ވުމާއި އެކު ނަޝީދު ވަނީ އެ އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ފަހަތްޕުޅަށް އަރާވަޑައި ނުގަންނަވާނެކަން އިއުލާނުކުރައްވާފަ އެވެ.

އަދި ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ ސަބަބެއް ނެތްކަމަށް ވިދާޅުވެ ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ގެންދަވަނީ ވަކާލާތު ކުރައްވަމުން ނެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ނަޝީދާއި، އޭނާގެ ފެކްޝަންގެ މެމްބަރުންނަށް އެމްޑީޕީގެ އިސް ސަފުގައި މިއަދު ތިއްބެވި ފަރާތްތައް ގޮވާލި ނަމަވެސް، ނަޝީދު އެކަމަށް އަދި މިހާތަނަށް އިޖާބަ ދެއްވާފަ އެއް ނުވެއެވެ.

ބަދަލުގައި ނަޝީދު ގެންދަނަވަނީ ޕާޓީގެ ތެރެއިން "ފިކުރެއްގެ ދިރުން" ނަމުގައި ގޮތްޕެއް އުފެއްދުމަށް މަސައްކަތްޕުޅު ކުރައްވަމުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ