ރައީސް ސޯލިހް އާއި ސިޔާމް ސަލާމް ކުރައްވަނީ--
ހަބަރު
05 Mar 2023 | 10:16
އެމްޑީއޭ ހިމެނޭ ކޯލިޝަން ސަރުކާރު ވާނީ ފުދުންތެރިކަން ގެންނަ ސަރުކާރަކަށް: ސިޔާމް

މި އަހަރުގައި އުފެދިގެން އަންނަ، އެމްޑީއޭ ހިމެނޭ ކޯލިޝަން ސަރުކާރު ވެގެންދާނީ ދިވެހި ރައްޔިތުންނަށް ފުދުންތެރިކަން ގެނެސްދޭނެ ސަރުކާރަކަށް ކަަމަށް އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ވިދާޅުވެއްޖެއެވެ. 

ޝިޔާމް މިފަދައިން ވިދާޅުވެފައި ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބާއި ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ. 

މި ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ، ކެންޑިޑޭޓަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކަމަށް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާއިން ކަށަވަރުވެފައިވާއިރު، އެމަނިކުފާނު އަންނަނީ އެ އިންތިހާބުގައި ވެސް ކޯލިޝަން ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް ކުރައްވަމުންނެވެ. 

އެގޮތުން، އެމްޑީއޭއާއި އަދުގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އާއި، ޖުމްހޫރީ ޕާޓީގެ އިތުރުން އެމްއާރްއެމް އަށްވެސް ވަނީ ކޯލިޝަން ހެދުމަށް ދަޢުވަތު އަރުވާފައެވެ. 

ރައީސް ޞާލިހު ގެ ދައުވަތު ގަބޫލު ކޮށް އަދާލަތު ޕާޓީ އާއި އެމްޑީއޭ އިން ވަނީ ރައީސް ޞާލިހާއި އެކު ކޯލިޝަން ހެދުމަށް ނިންމާފައެވެ. 

އަދި، އެމްޑީއޭއިން އަންނަނީ ރައީސް ޞާލިހަށް އިންތިޚާބު ކާމިޔާބު ކޮށްދެއްވުމަށް އެ ޕާޓީގެ މެންބަރުންނާއި އެކު ގިނަ މަޝްވަރާތަކެއް ކޮށް ކެންޕެއިންގެ ކަންތައް ރާވަމުންނެވެ. 

ކޮމެންޓް
މިއަދު
ފުދުންތެރިކަން އަންނާނީ ސިޔާމުއަށާއި އަރިސްބޭފުޅުންނަށް ޔަގީންވާކަމަކީ ދއުލަތަށް ދައްކަންވެފައޮންނަ 24 މިލިއަންޑޮލަރު ހިނަވަކަފުންކޮށްވަޅުލާނެކަން
05 Mar 2023
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.