މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު-- ފޮޓޯ/ މަޖިލިސް
ހަބަރު
08 Mar 2023 | 11:07
ޠާރިގު, ގާޒީ ޝަކީލަށް: ހަމަސް ފަހުން މަގާމު ގެއްލޭނެ؛ ޖިނާއީ ތަހްގީގާ ވެސް ކުރިމަތިލާންޖެހޭނެ

ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އަބްދުالله ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު މައްސަލަ ބެއްލެވި ގާޟީ އަހްމަދު ޝަކީލް, ހައިކޯޓުގެ ފަނޑިޔާރު ކަމަށް ޢައްޔަނުކުރުމަށް ނިންމުމާއި ގުޅިގެން މަޖިލީހުގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް)، ޝަކީލަށް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ. 

ގާޒީ ޝަކީލް މިހާރު ވަނީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ޖޭއެސްސީން ނިންމައި އެކަން އިއުލާން ކޮށްފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އޭނާ ހައިކޯޓުގެ ފަނޑިޔާރު ކަމާއި ހަވާލުވާނީ އަންނަ ހޯމަ ދުވަހު އެވެ.

އެކަމާއި ގުޅިގެން ޠާރިގު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސިޔާސީ ހުކުމް ކުރެއްވި ފަނޑިޔާރުގެ މައްސަލަ ނުބަލާނެ ކަމަށް ހީކުރުމަކީ މޮޔަކަމެއް ކަމަށެވެ.

"ހުވާ ތި ކުރެވެނީ 6 މަސް ދުވަހަށް. މަގާމުވެސް ގެއްލޭނެ އަދި ޖިނާއީ ތަހްގީގާ ވެސް ކުރިމަތިލާންޖެހޭނެ." ޠާރިގު ވިދާޅުވިއެވެ.

ޝަކީލް ހުވާ ކުރުން ހޯމަ ދުވަހަށް ތާވަލް ކޮށްފައިވާއިރު، އޭނާ، ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ޖޭއެސްސީން ނިންމި ނިންމުން މުރާޖާ ކުރުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ. 

ރައީސް ޔާމީންގެ މައްޗަށް ހުކުން ކުރާ ކޮންމެ ފަނޑިޔާރަކަށް ޕްރޮމޯޝަން ލިބިގެން ދިއުމަކީ އިއްތިފާގެއް ކަމަށް އިދިކޮޅުން ނުދެކޭ ކަމަށާ، ވޮޑުމުއްލާ މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް ހުކުމްކުރި ފަނޑިޔާރު އަލީ ރަޝީދަށް ސުޕްރިމް ކޯޓުން ޖާގަ ދީފައިވާއިރު، ޝަކީލަށް ހައިކޯޓުން ޖާގަ ދިނުމަކީ ރައީސް ޔާމިނާއި ދެކޮޅަށް ހުކުން ކުރުމުގެ އިނާމެއްގެ ގޮތުން ދިން ޕްރޮމޯޝަނެއް ކަމަށްވެސް އިދިކޮޅުން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.