ހިޔާފްލެޓް ތަކުގެ ޓަވަރުތައް
ހަބަރު
08 Mar 2023 | 12:29
ފްލެޓްތަކުގެ ޤަވައިދާއި ޚިލާފަށް ބޭރުގައި ބަހައްޓާފައިވާ ތަކެތި ނުނަގައިފިނަމަ ފިޔަވަޅު އަޅަނީ

ހިޔާ ފްލެޓްތަކާއި، މއ. ވޭސައިޑް އަދި ގ.ގާކޮށީގެ ފްލްޓްތަކުން އިދާރީ ގަވާއިދުތަކާއ އުސޫލުތަކާއި ޚިލާފުވާ ފަރާތްތަކާއި ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

މިކަމާއި ގުޅިގެން އެޗްޑީސީއިން ވަނީ މިއަދު ދެ އިއުލާން ނެރިފައެވެ.

އެގޮތުން މއ. ވޭސައިޑް އަދި ގ.ގާކޮށީގެ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކާއި ގުޅިގެން ނެރިފައިވާ އިއުލާނުގައި ވަނީ އެ އިމާރާތުގެ އާންމު ބައިތަކުގައި ގަސްމުށި، ފަރުނީޗަރު، ކުނި އަދި ބާކީ ތަކެތި، އަދި އެހެނިހެން ހިފާގެންގުޅޭ ތަކެތި ބެހެއްޓުމާއި، އެސީ އައުޓްޑޯ ޔުނިޓްގެ ފެންހޮޅިތަކުން ތިރިއަށް ފެންލީކްވާގޮތަށް ދޫކޮށްލާފައި ހުންނަކަމާއި، އަދި އިމާރާތުގެ އަލިފާން ނިއްވާ ނިޒާމުގެ ފަޔަރ ހޯސް ބޮކްސް ތަކުގެ ކައިރީގަޔާއި މަތީގައި ތަކެތި ބަހައްޓާފައި ހުންނަކަން އެ ކޯޕަރޭޝަނަށް ވަނީ ފާހަގަކުރެވިފައި ކަމަށެވެ.

އަދި މިފަދަ ކަންކަން އިސްލާހު ކުރުމަށް ތަކުރާރުކޮށް ދެންނެވިފައިވާ ކަމަށެވެ.

މަތީގައި ދެންނެވުނު ފަދަ ކަންކަމަކީ އިމާރާތުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިގެންދާ ފަދަ ކަންކަމަށްވުމުން، އިމާރާތުގައި ދިރިއުޅުއްވާ ހުރިހާ ފަރާތެއްގެ ލާބައަށްޓާކައި މި ފަދަ ކަންކަން ނުކުރުމަށް އެޗްޑީސީއިން ވަނީ އިލްތިމާސް ކޮށްފައެވެ.

މިއާއިއެކު ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކާއި ގުޅިގެން ނެރިފައިވާ އިއުލާނުގައި ވަނީ އެ އިމާރާތުން ބޭރަށްވާ ގޮތަށް ގަސްމުށި، ފަރުނީޗަރު އަދި އެހެނިހެން ހިފާގެންގުޅޭ ތަކެތި ބެހެއްޓުމާއި، އިމާރާތުގެ ވައިގޮޅިއަށް ހަރުކުރެވިފައިވާ އޭސީ އައުޓްޑޯ ޔުނިޓްގެ ފެންހޮޅިތަކުން ތިރިއަށް ފެންލީކުވާގޮތަށް ފެންހޮޅި ތިރިއަށް ދޫކޮށްލާފައިވާކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި މިފަދަ ކަންކަން އިސްލާހު ކުރުމަށް ތަކުރާރުކޮށް ދެންނެވިފައިވާ ކަމަށެވެ.

ހިޔާ ސަރަހައްދަކީ ވައިގަދަ ސަރަހައްދަކަށްވެފައި ގަސްމުށިފަދަ ތަކެތި ނުނަގާ ދޫކޮށްލުމަކީ މިސަރަހައްދުގައި އުޅޭ ފަރާތްތަކަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ފަދަ ކަމަކަށްވާތީވެ، ހުރިހާ ބޭފުޅުންވެސް ދެންނެވުނު އުސޫލާއި އެއްގޮތަށް އަމަލު ކުރެއްވުމަށް އެޗްޑިސީއިން ވަނީ އިލްތިމާސް ކޮށްފައެވެ.

މިއާއިއެކު މަތީގައި ދެންނެވުނު ކަންކަމަކީ ތިން ފުލެޓުވެސް ވިއްކުމުގެ އެއްބަސްވުމުގެ ދަށުން ފުލެޓުގެ ވެރިފަރާތުން ޒިންމާވާންޖެހޭ ކަންކަން ކަމުގައި ވަނީ ބުނެފައެވެ.

ވީމާ މަތީގައި ބަޔާންކޮށްފައިވާ ކަންކަމަށް ސަމާލުކަންދީގެން އިމާރާތުގައި ހެދިފައިވާ އުސޫލުތަކާއި ހިލާފަށް ހުރި ކަންކަން، މއ. ވޭސައިޑް އަދި ގ.ގާކޮށީގެ ފްލްޓްތަކުން 20 މާރިޗް 2023 ގެ ކުރިން ރަނގަޅުކުރުމަށް އެޗްޑީސީއިން ވަނީ އަންގާފައެވެ. އަދި ހިޔާ ފްލެޓުތަކުން މަތީގައި ބަޔާންކޮށްފައިވާ ކަންކަމަށް ސަމާލުކަންދީގެން 15 މާރޗް 2023 ގެ ކުރިން ރަނގަޅުކުރުމަށް ވަނީ އަންގާފައެވެ.

އަދި ދެންނެވުނު ތާރީޚުގެ ކުރިން މިކަންކަން ރަނގަޅު ކޮށްފައި ނުވާ ފަރާތްތަކާއިމެދު އެއްބަސްވުުމުގައި ވާ ގޮތުގެ މަތިން އެ ކޯޕަރޭޝަނުން ފިޔަވަޅު އަޅަމުންގެންދާނެ ކަމަށް ހެޗްޑީސީއިން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.