ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ-- ފޮޓޯ/ ޖޭޕީ
ހަބަރު
09 Mar 2023 | 11:13
އަންހެނުން ކަމަކަށް ކުރިމަތިލާނަމަ ވަރަށް ދުއްތުރާތަކާއި ކުރިމަތިވޭ؛ އެކަމަކުވެސް ގޮތްދޫނުކުރާތި: ނަހުލާ

އަންހެނުން ކަމަކަށް ކުރިމަތިލާނަމަ ވަރަށް ދުއްތުރާތަކާއި ކުރިމަތިވާ ކަމަށާ އެހެން ނަމަވެސް ގޮތްދޫކޮށް ނުލެއްވުމަަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ޖޭޕީގެ ފަރާތުން ރޭ ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ނަހުލާ ވިދާޅުވީ، އޭނާ ސިޔާސީ ހަރަކާތްތަކަށް ނުކުތް އިރު އެތައް ބައިވަރު ގޮންޖެހުންތަކާއި، އުނދަގޫތަކަކާއި ކުރިމަތިވި ކަމަށެވެ. އެގޮތުން ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރުގެ މަގާމަށް އޭނާ ހުރުމުން، އެކަމާއި ގުޅިގެން ބައެއް ފިރިހެނުން ގެންގުޅެމުންދިޔަ ވިސްނުމުގެ ސަބަބުން ވަރަށް އުނދަގޫވި ކަމަށްވެސް ވިދާޅުވި އެވެ. 

"މިނިސްޓްރީއަކަށް ޖޮއިން ކުރި ފަހުން، އެތަނުގައި އަޅުގަނޑަށް، ތެދަށް ދަންނަވަންޏާ ކަންތައްތަކެއް ފަސޭހައެއް ނޫން، ބައެއް ބޭފުޅުންގެ ބައެއް ފިރިހެން ބޭފުޅުންގެ ވިސްނުން ހުންނަ ގޮތުން އަންހެން ބޭފުޅެއް ނޫނީ އަންހެނަކު ތަނެއްގައި އިސްކޮށް ހުރީމަ އުނދަގޫވާ ގޮތްވޭ، އެކަމަކުވެސް އަޅުގަނޑު ދަންނަވާލާނީ ތި ވިސްނުން ބަދަލު ކުރާށޭ".

މިނިސްޓަރު އައިޝަތު ނަހުލާ 

މިއާއެކު ނަހުލާ ވިދާޅުވީ، އަންހެނުން ކަމަކާ ކުރިމަތިލާން ނުކުމެއްޖެ ނަމަ، ވަރަށް އުނދަގޫތަކާއި ދުއްތުރާތަކާއި ކުރިމަތިވާ ކަމަކީ އެންމެންވެސް ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށެވެ. 

ގިނަ ބޭފުޅުންނަށް އަބަދުވެސް ވިސްނިފައި އޮންނަނީ އަންހެނުންނަށް މިފަދަ ހައްފަލާއެއް ނުބޭއްވޭނެއޭ. އެކަކަމު މިއަދު އެކަން ދޮގުކޮށްދީފިން. އަންހެނުން ކަމަކަށް ކުރިމަތިލާނަމަ ވަރަށް ދުއްތުރާތަކާއި ކުރިމަތިވޭ. އެކަމަކުވެސް ދަނަންވަން އޮތީ ގޮތްދޫނުކުރައްޗޭ. ފިސާރި ކެރިގެން، ފޯރިއާއި ޖޯޝިއާއި އެއްކޮށް ނުކުމެ މަސައްކަތް ކުރައްވާށޭ، الله އިރާދަފުޅުން ކާމިޔާބު ވާނެއޭ"،

މިނިސްޓަރު އައިޝަތު ނަހުލާ 

ނަހުލާ އިތުރަށް ވިދާޅުވީ، ބައެއް އަންހެން ކަނބަލުން ކަންކަމާއި ކުރިމަތިލާއިރު، ވަޒީފާއި މާހައުލުގައި، އާއި ގޭގައި އަދި އެނޫން ކަންކަމުގައިވިޔަސް އެހީވާނެ ފަރާތްތައް ވަަރަށް މަދު ކަމަށެވެ. އެހެންކަމުން، އެފަދަ އެންމެހާއި ކަނބަލުންނަށް ވެސް އެހީވުމަށް އަންހެނުން އިސްނަގަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެނީ ރާއްޖޭގެ ނިސްބަތުން ބެލި ނަމަވެސް، ދުނިޔޭގެ ނިސްބަތުން ބެލި ނަމަވެސް އަންހެނުންގެ އަދަދުވެސް ގިނަ ކަން ނަހުލާ ފާހަގަކުރެއްވިއެވެ. ވުމާއެކު އެހެން މީހުން ކުރާ ފުރައްސާރަ އަކަށް ބެލުމެއްނެތި އަންހެނުންގެ ފަހަތުގައި އަންހެނުން ތިބެގެން ކުރިއަށް ދިޔުމަށް ނަހުލާ ވަނީ ކަނބަލުންގެ ކިބައިން އެދިލައްވާފައެވެ. 

މި މޭރުމުން ވާހަކަ ދައްކަވަމުން ނަހުލާ އިތުރަށް ވިދާޅުވީ،  ގޭތެރޭގެ މައްސަލަތަކުގައި އާއި އޮފީސް ތެރޭގައި ދިމާވާ މައްސަލަތަކުގައި އަޑު އުފުލައި އެ ވާހަކަ ދައްކަން ނުކެރޭ އަދި އިތުރުން، އެވާހަކަ އެހެން މީހަކާއި ހިއްސާ ކުރަން ނުކެރޭ ވަގުތުތައް ދާ ކަަމަށެވެ. 

"އަޅުގަނޑުމެން ހަނދާންކޮށްލަން الله ތައާލާ ވިހެއުމުގެ ނިއުމަތް ދެއްވީ އަޅުގަނޑުމެންނަށޭ، ވަރަށް ބުރައެކޭ، ވަރަށް ތަކުލީފޭ، ވަރަށް ތަދުވާ ހިނދުކޮޅެކޭ، އެގަޑިއަށް އަޅުގަނޑުމެންނަށް ކެތްކުރެވެންޏާ ދެން ކޮންކަމަކާހޭ ކުރިމަތި ނުލެވެންވީ".

މިނިސްޓަރު އައިޝަތު ނަހުލާ 

އެހެންކަމުން ނަހުލާ ވަނީ، ކޮންމެ ފިކުރެއްގެ ބަޔަކުވެސް ކޮންމެ އެންޖީއޯއެއްވެސް، ސަރުކާރުގެ ކޮންމެ މުވައްސަސާއެއް ވިޔަސް، އަންހެނަކު ކުރިއަރުވަން ކަމެއް ކުރާނަމަ އެ މީހަކަށް ވެވޭ ވަރަކުން އެހީވުމަށް އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.