ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގުރައިދޫގައި އޮތް ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
11 Mar 2023 | 12:14
ގުރައިދޫ ދާއިރާގެ ރައްޔިތުން ތިބީ މަރުހޫމް ރިޒާގެ އާއިލާގެ ނިންމުމާ އެއްގޮތަށް ކުރިއަށްދާން: އަބްދުއްރަހީމް

ގުރައިދޫ ދާއިރާގެ ރައްޔިތުން ތިބީ މަރުހޫމު އިބްރާހިމް ރިޒާގެ އާއިލާއިން ނިންމަވާ ކޮންމެ ނިންމެވުމަކާއެކު ކުރިއަށްދާން ތައްޔާރަށްކަމަށް އިދިކޮޅު އިއްތިހާދު ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

މަރުހޫމު ރިޒާގެ ހަނދާނުގައި ގުރައިދޫގައި ބޭއްވި ތައުބީންގެ ޖަލްސާގައި އަބްދުއްރަހީމް ވަނީ ގުރައިދޫ ދާއިރާގެ ރައްޔިތުން ރިޒާގެ ހަނދާން އާކުރާ ގޮތަށް އަލިއަޅުވާލައްވާފަ އެވެ. 

އަބްދުއްރަހީމް ވިދާޅުވީ ވަރަށް ގިނަ ބޭފުޅުން ރައްޔިތުންގެ މަޖިލިސް މެމްބަރުކަން ކުރައްވާކަމަށެވެ. އަދި ވަރަށް ގިނަ އަހަރު މަޖިލީހުގައި ހޭދަކުރެއްވި ބޭފުޅުންވެސް ތިއްބަވާ ކަމަށެވެ.

އެހެން ނަމަވެސް ގުރައިދޫ ދާއިރާގެ ރައްޔިތުންނާއި އެ ދާއިރާ ތަމްސީލު ކުރެއްވި މަރުހޫމު ރިޒާއާއި ދެމެދު އޮތީ ރައްޔިތަކާއި މަޖިލިސް މެމްބަރެއްގެ އޮންނަ ގުޅުމަށްވުރެ މާ ގާތް ގުޅުމެއްކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ގުރައިދޫ ދާއިރާގެ 3 ރަށުގެ ރައްޔިތުން ރިޒާ ދެކެނީ އެއީ އިޚްލާސްތެރި ޚިދުމަތްތެރިއެއްގެ ގޮތުގައި ކަމަށެވެ. އަދި ރައްޔިތުންނާއި ގާތް ގުޅުމެއް ބާއްވާ މިތުރެއްގެ ގޮތުގައި ކަމަށެވެ. 

އެކަންކަން ފާހަގަކުރައްވާ އަބްދުއްރަހީމްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ރިޒާގެ ކުއްލި ވަކިވެ ދިއުމާއި ގުޅިގެން އިދިކޮޅުގެ ލީޑަޝިޕުން ގުރައިދޫ ދާއިރާގެ ވަރަށް ގިނަ ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި އެ ވާހަކަތަކުން އެނގުނީ ރައްޔިތުން ތިބީ މަރުހޫމު ރިޒާގެ އާއިލާއިން ނިންމާ ނިންމުމާއެކު ކުރިއަށް ދިއުމަށްކަން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

"މި ތިންރަށުގެ ބޭފުޅުންގެ ފަރާތުން އަޅުގަނޑުމެންނަށް އިވުނީ އެއް އަޑެއް. އެއީ އިޚްލާސްތެރި ޚިދުމަތްތެރިއެކޭ. ހިތްހެޔޮ ގާތް އެކުވެރިއެކޭ. ތިމަންނަމެންނަށް ހަނދާން ނައްތާނުލެވޭނެ މިތުރެކޭ. އަޅިގަނޑުމެން ސުވާލެއްކޮށްލިން ކޮންމެ ރަށެއްގައި އަޅުގަނޑުމެން ބައްދަލުކުރި ޓީމާ.. ރިޒާ އަޅުގަނޑުމެންނާއި ވަކިވެއްޖެއޭ، އެ ހިތާމަ އަޅުގަނޑުމެންގެ އެބައޮތޭ، އެހެން ނަމަވެސް އަޅުގަނޑުމެން ކުރިމަތިލާން ޖެހޭ ކަމެއްވެސް އެބައޮތޭ، ވަރަށް ސާދާ ޖަވާބެއް ދެއްވީ.. ރިޒާގެ އާއިލާއިން ނިންމާ ކޮންމެ ނިންމުމަކަށް ތިމަންނަމެން މި ތިބީ ތާއީދުކޮށްގެނޭ"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

އެ ވާހަކައިގައި އިތުރު ތަފްސީލެއް އަބްދުއްރަހީމް ނުދެއްވި ނަމަވެސް، އޭނާ އެ އިޝާރާތްކުރެއްވީ ކުރިއަށް އޮތް ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް ކަމަށް ބެލެވެއެވެ. އެ އިންތިޚާބުގައި ޕީޕީއެމް ތަމްސީލު ކުރައްވަނީ މަރުހޫމު ރިޒާގެ ކޮއްކޮ ހަސަން ރިޒާއެވެ. 

އިދިކޮޅު ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި މަޖިލިސް ތަމްސީލުކުރައްވަމުންް ގެންދެވި ރިޒާއަކީ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ އެއް މެމްބަރެވެ. ރިޒާ ވަނީ، ނިމުނު 3 ދައުރުގައިވެސް މެންބަރުކަން ކުރައްވާފައެވެ. ރިޒާ ގެންދެވީ މަޖިލީހުގެ ޖުޑިޝަރީއާއި، މިނިވަން މުވައްސަސާތަކުގެ ކޮމިޓީގެ މެންބަރުކަންވެސް ކުރައްވަމުންނެވެ.

ޤާނޫނީ ވަކީލުކަންވެސް ކުރައްވަމުން ގެންދެވި ރިޒާ ވަނީ ރައްޔިތުން މަޖިލީހުގެ މިދިޔަ ދައުރުގައި އެމަޖިލީހުން ޖޭއެސްސީއަށްް ކަނޑައެޅުއްްވި މެމްބަރުގެ ގޮތުގައި އެ ކޮމިޝަންގައިވެސްް މަސައްކަތް ކުރައްވާފައެވެ. އަދި ޖޭއެސްްސީގެ ނައިބު ރައީސްގެ މަޤާމުވެސް ރިޒާވަނީ ފުރުއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.