މިދިޔަ އަހަރުގެ ފަޔާ ޕްރިވެންޝަން ވީކްގެ ތެރެއިން
ހަބަރު
12 Mar 2023 | 13:19
އެމްއެންޑީއެފްގެ ފަޔާ ޕްރިވެންޝަން ވީކް މިއަދު ފަށަނީ

2012 ވަނަ އަހަރުން ފެށިގެން އާންމުން އަލިފާނުގެ ހާދިސާތަކަށް ހޭލުންތެރިކުރުވުމަށް އެމްއެންޑީއެފް އިން ބާއްވަމުންދާ "ފަޔާ ޕްރިވެންޝަން ވީކް" މިއަދު ފެށިގެންދާނެއެވެ.

ޕީއެސްއެމްގެ "ހެނދުނު ހެނދުނާ" ޕްރޮޤްރާމްގައި ވާހަކަދައްކަވަމުން ފަސްޓް ލެފްޓިނަންޓް އިސްމާޢީލް އަޙްމަދު އަދި ވޮރަންޓް އޮފިސަރ 1 ފާރޫޤް އިސްމާޢީލް ވިދާޅުވެފައިވަނީ 2012 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ އާންމުންގެ ލޯތްބާއި ތަރުހީބު ލިބިގެންދާ ޕްރޮގްރާމެއް ކަމަށެވެ.

އެގޮތުން ރަމަޟާން މަހާއިި ގުޅިގެން ހިނގާ އަލިފާނުގެ ހާދިސާތައް ގިނަ ކަމަށް ފާހަގަކޮށް އެބޭފުޅުން ވިދާޅުވެފައިވަނީ މި އަހަރުގެ ޕްރޮގްރާމް ހާއްސަ ކުރެވިފައިވަނީ ބަދިގެ ތެރޭގައި ހިނގާ އަލިފާނުގެ ހާދިސާތަކާއި ގުޅުންހުރި މައުލޫމާތު ދިނުމަށް ކަމަށެވެ.

މީގެ ތެރޭގައި ކައްކާ ގޭހުގެ ނުރައްކަލާއި، ކައްކާ ގޭހުގެ އަލިފާނުގެ ހާދިސާއެއް ހިނގާފިނަމަ އަމަލު ކުރާނެ ރަނގަޅު ގޮތްތަކާއި، ބަދިގެ ތެރޭގައި ހިނގާ އެކި ކަހަލަ އަލިފާނުގެ ހާދިސާތަކުގެ ވާހަކަ ޕްރޮގްރާމްގައި ދެކެވިގެން ދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މިއާއިއެކި ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ އާންމު ދިރިއުޅުމުގައި ހުންނަ ނޭދެވޭ ކަންކަމުގެ ސަބަބުން ދިމާވާ ހާދިސާތަކާއި އިމާރާތްތަކުގައި ގާއިމު ކުރެވިފައި ހުންނަ ޕްރޮޓެކްޝަން ސިސްޓަމްތަކުގެ މުހިންމުކަމާއި އެ ސިސްޓަމްތައް މެއިންޓެއިން ކުރާނެ ގޮތްތަކާއި އިވެކުއޭޝަންގެ މުހިންމުކަންވެސް ކިޔާ ދެވިގެން ދާނެ ކަމަށް އެބޭފުޅުން ވަނީ ވިދާޅުވެފައެވެ.

"ރޯވުމުގެ ކުރިން ސަމާލުވެލައްވާ" މި ޝިއާރުގެ ދަށުން މި އަހަރު ހިންގާ މި ޕްރޮގްރާމް ކުރިއަށް ދާނީ މިއަދުން ފެށިގެން 18 މާރިޗުގެ ނިޔަލަށް މާލެ ސަރަހައްދުގެ އިތުރުން، އުތުރު، މެދު އަދި ދެކުނު އޭރިއާގެ ކޮމާންޑް ސެންޓަރުތަކުން އެކި ރަށްރަށުގައި ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.

ފަޔަރ ސޭފްޓީ ވީކް ފެށުމުގެ ގޮތުން، މާލެ ސަރަހައްދުގައި ފުރަތަމަ ޕްރޮގްރާމް ބާއްވާނީ ރަސްފަންނު ސަރަހައްދުގައި މިއަދު ހަވީރު 4:15 ގައެވެ. އަދި މާދަމާ ހަވީރު 4:15 ގައި އާޓިފިޝިއަލް ބީޗްގައި ބޭއްވުމަށް ހަމަޖެހިފައިވާ އިރު، ވިލިމާލެ ރުއްދަނޑުގައި އަންގާރަ ދުވަހު ހަވީރު 4:15 ގައި ޕްރޮގްރާމް ކުރިއަށްގެންދާނެއެވެ. މިއާއިއެކު ބުދަ ދުވަހު 4:15 ގައި ހުޅުމާލެ ރުއްގަނޑު 2 ގައި ޕްރޮގްރާމް ކުރިއަށް ގެންދާނެއެވެ. އަދި ތިލަފުށީ ފުޓްބޯޅަ ދަނޑުގައި 18 ވަނަ ދުވަހު މި ޕްރޮގްރާމް ކުރިއަށްގެންދާނެއެވެ. 

މިފަހަރުގެ ފަޔަރ ސޭފްޓީ ވީކްގެ ތެރެއިން ބެހެއްޓޭ 3 ސްޓޭންޑުގެ ތެރޭގައި ކިޗަން ސިމިއުލޭޓަރ ސްޓޭންޑާއި، ކައްކާ ގޭސް ސްޓޭންޑް އަދި ބްލެންކެޓް ސްޓޭންޑެއް ވެސް ހިމެނެއެވެ. މި ސްޓޭންޑްތަކަށް ޒިޔާރަތްކޮށްގެން ހާއްސަ އިނާމުތަކެއް ލިބިގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.