މާލެ ސިޓީ: ފޮޓޯ/ ރާއްޖެ އެމްވީ
ހަބަރު
12 Mar 2023 | 14:26
އެލްމިނިއަމް ދަގަނޑު އަދި ލޮއި ގުދަން ކުރުމުގެ ހުއްދަ ނަގަން މަސްދުވަސް

މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުއްދަނެތި އެލްމިނިއަމާއި ދަގަނޑާއި ލޮއި ފަދަ މައުދަންތައް ގުދަން ކުރާ ފަރާތްތަކުން އެކަމަށް ހުއްދަ ހޯދަން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން 30 ދުވަހުގެ މުއްދަތު ދީފިއެވެ.

އީޕީއޭއިން މިއަދު އިއުލާނެއްގައި ބުނީ، މާލެ ސިޓީގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އެލްމިނިއަމާއި ދަގަނޑާއި ލޮއި ފަދަ މައުދަންތައް ގުދަންކުރުމާއި ސާފުކުރުމާއި ރީސައިކަލްކުރުން ފަދަ މަސައްކަތްތައް ކުރުމުގެ ސަބަބުން އެސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ތަފާތު އެކި އުދަނގޫ ވަމުންދާކަމާއި، ސިއްޙީގޮތުން އެ ފަރާތްތައް ނުރައްކަލަކަށް ހުށަހެޅުފައިވާކަމުގެ ޝަކުވާތައް އެ އެޖެންސީއަށް ގިނަ އަދަދަކަށް ލިބެމުންދާކަމަށެވެ.

ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު ގެ 16 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި ކުނި ގުދަންކުރުން ނުވަތަ ޓްރީޓްކުރުން ނުވަތަ ރީސައިކަލް ކުރުމުގެ މަސައްކަތްތައް ކުރަންވާނީ ތަންފީޒީ އިދާރާއިން ހުއްދަ ހޯދުމަށް ފަހުގައެވެ.

އެހެންކަމުން އެގޮތަށް ހުއްދަ ނެތި އެފަދަ މަސައްކަތްތަކެއް ކުރުމަކީ އަދަބު ކަނޑައެޅިފައިވާ ކުށެއްކަން އީޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އީޕީއޭ އިން ބުނީ، އެއްވެސް ރައްކާތެރިކަމެއް ނެތި މައުދަންތައް ގުދަންކުރުމާއި ސާފުކުރުމާއި ރީސައިކަލް ކުރުމުގެ މަސައްކަތްތަކުގެ ސަބަބުން އެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނާއި، އެ ސަރަޙައްދުގައި ހިނގާބިގާވެ އުޅޭ މީހުންގެ ސިއްޙަތަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށާ އެފަދަ މަސައްކަތްތަކީ ކުނީގެ މިންވަރު މަދުކުރުމަށް ކުރެވޭ ކަމަކަށް ވީނަމަވެސް އެމަސައްކަތްތައް ކުރަންވާނީ އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުމާއެކު، ނަގަންޖެހޭ އެންމެހާ ހުއްދަތައް ނެގުމަށް ފަހުގައި ކަމަށެވެ.

އެހެންކަމުން، އެލްމިނިއަމާއި ދަގަނޑާއި ލޮއި ފަދަ މައުދަންތައް ގުދަންކުރުމާއި ސާފުކުރުމާއި ރީސައިކަލްކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުން މިއަދުން ފެށިގެން 30 (ތިރީސް) ދުވަސްތެރޭ އެފަދަ މަސައްކަތް ކުރުމުގެ ހުއްދައަކަށް އެދި ކުނި މެނޭޖުކުރުމުގެ ގަވާއިދު ގެ ޖަދުވަލު (ޅ) ގެ ފޯމު އެ އެޖެންސީއަށް ހުށަހެޅުމަށް އީޕީއޭއިން ވަނީ އަންގާފައެވެ.

އަދި އެކަންކަމަަށް މަސައްކަތްތައް ކުރުމަށް އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް މިހާރުވެސް އެޅުމަށް ވަނީ އެދިފައެވެ.

މިއާއެކު އީޕީއޭއިން ވަނީ، މީހުންގެ ސިއްޙަތާއި، ދިރިއުޅޭ ވެށި އެންމެ އެކަށީގެންވާ ގޮތުގައި ރައްކާތެރިކުރެވޭނީ އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ލިބިގެން ކަމަށް ވުމާއެކު އެފަދަ މަސައްކަތްކުރާ އެންމެހާ ފަރާތްތަކުގެ އެއްބާރުލުން އެ ޖެންސީއަށް ދިނުމަށް އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.