ދަރުމަވަންތަ ސްކޫލް---ފޮޓޯ: އިންޓަނެޓް
ހަބަރު
13 Mar 2023 | 12:56
ދަރުމަވަންތަ ދަރިވަރުން ބަދަލުކުރާނީ ބޭނުންވާ ވަޞީލަތްތައް ފުރިހަމަ ކޮށްފަ: އެޑިޔުކޭޝަން

ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތަށް ދަރިވަރުން ބަދަލު ކުރާނީ ބޭނުންވާ ވަސީލަތްތައް ފުރިހަމަ ކޮށްފައި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.

ވިލާ ކޮލެޖް ކުރިމަތީ ހަދާ އާ އިމާރާތަށް އަންނަ ހަފްތާގައި ދަރުމަވަންތަ ސްކޫލްގެ ދަރިވަރުން ބަދަލު ކުރުމަށް މިނިސްޓްރީއިން ނިންމާ އެކަމުގެ ތައްޔާރީތައް ވުމަށް ވަނީ އަންގާފައެވެ.

ނަމަވެސް އެ އިމާރާތަކީ ވަސީލަތްތައް ފުރިހަމައަށް ނެތް އިމާރާތަކަށް ވެފައި ބަދަލުވަނީ ކުއްލިއަކަށް ދިރާސީ އަހަރުގެ މެދު ތެރޭގައި ކަމަށް ވުމުން ދިމާވާނެ ދަތިތަކާއިމެދު ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިކަމާއި ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީއިން މިއަދު ބުނެފައިވަނީ އާ ދަރުމަވަންތަ ސްކޫލަށް ދަރިވަރުން ބަދަލު ކުރާނީ ދަރިވަރުންނަށް ބޭނުންވާ ވަޞީލަތްތައް ފުރިހަމަ ކޮށްފައި ކަމަށެވެ.

އަދި ސްކޫލު ބަދަލުކުރާނެ ތާރީޚެއް ކަނޑައެޅުމުން ފަހުން އިޢުލާން ކުރާނެ ކަމަށް ވެސް އެޑިޔުކޭޝަނުން ވަނީ ބުނެފައެވެ.

ދަރުމަވަންތަ ސްކޫލްގެ ދަރިވަރުން ވަގުތީ އިމާރާތެއްގައި ކިޔަވާތާ ގާތް ގަނޑަކަށް 7 އަހަރުވެގެން ގޮސްފައިވާއިރުވެސް އާ އިމާރާތުގެ މަސައްކަތް ނިންމާ ދަރިވަރުންނަށް ކިޔަވަން ފެށޭނެ ފަދަ ނިޒާމެއް ޤާއިމު ނުކުރެވި ވަނީ ދިގު ދެމިގެންގޮސްފައެވެ.

ކޮމެންޓް
މަންމަ
އެނގިދާނެތާ، އަނެއްކާވެސް އެބުނި ބަހުގެ ހުރި ތެތްކަމެއް........ ބަލަންމިތިބީ ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށްދޭތޯ
13 Mar 2023
ގުޅޭ ލިޔުންތައް
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް