އިނގުރައިދޫ ޓީމުގެ ކުޅުންތެރިން
ކުޅިވަރު
13 Mar 2023 | 14:04
ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ސެމީ ފައިނަލް ދެ މެޗު މާދަމާ ރޭ!

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ސެމީ ފައިނަލް މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، މިފަހަރުގެ މުބާރާތުގެ ސެމީގައި ވާދަކުރަނީ ދ.ކުޑަހުވަދޫ، ލ.ގަން، ރ.އިނގުރައިދޫ އަދި ގދ.ވާދޫގެ އެވެ.

މި ހަތަރު ޓީމަކީ ވެސް މީގެ ކުރިން ގޯލްޑެން ފުޓްސަލް ޗެލެންޖް ކާމިޔާބު ނުކުރާ ހަތަރު ޓީމަށް ވާއިރު، އިނގުރައިދޫ އަދި ވާދޫން ސެމީ ފައިނަލަށް ދަތުރުކުރި މިއީ ވެސް ފުރަތަމަ ފަހަރެވެ. 

ހުޅުމާލޭ ރެހެނދި ފުޓްސަލް ދަނޑުގައި މާދަމާ ރޭ ކުޅޭ ސެމީ ފައިނަލުގެ ފުރަތަަމަ މެޗުގައި 20:15 ގައި އިނގުރައިދޫ ނުކުންނާނީ ގަމާއި ދެކޮޅަށެވެ. އަދި ސެމީ ފައިނަލްގެ ދެވަަނަ މެޗުގައި 22:15 ގައި ވާދޫ ނުކުންނާނީ ކުޑަހުވަދޫ އާއި ދެކޮޅަށެވެ. މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު މާދަމާ ރޭ ކުޅޭ އިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ.

މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި ޖުމްލަ 102 ޓީމު ބައިވެރިވިއިރު، މިހާތަނަށް 239 މެޗު ވަނީ ކުޅެވިފަ އެވެ. މި މުބާރާތަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް ޓީމެއް ނެރިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މިމުބާރާތުގައި މާލެ އާއި ފުވަމައްމުލަކުން ނެރުނީ ކޮންމެ އަވަށަކުން އެއް ޓީމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.