ޖޭސީއައި އެގްޒެކެޓިވް ކޮމިޓީ
ހަބަރު
10 Apr 2023 | 15:00
ޖޭސީއައި މޯލްޑިވްސްގެ އައު މެންބަރުންގެ ޓީމާއެކު ޒުވާނުންނަށްޓަކައި ގިނަ މަސައްކަތް ތަކެއް

ޖޫނިއާ ޗެމްބާ އިންޓަނޭޝަނަލް (ޖޭސީއައި) އަކީ ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމުތަކުގައި މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި މަސައްކަތް ކުރަމުން އަންނަ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 200،000 އަށް ވުރެ ގިނަ މެމްބަރުން ހިމެނެ އެވެ.

މި ޖަމިއްޔާގެ ރާއްޖޭގެ ގޮފި، ޖޭސީއައި މޯލްޑިވްސް އުފެދިފައިވަނީ 2007 ވަނަ އަހަރުއެވެ. އެއިރުން ފެށިގެން ޖޭސީއައި މޯލްޑިވްސް އިން ވަނީ އިޖުތިމާއީ މައްސަލަތައް ހައްލު ކުރުމަށާއި ޒުވާނުންނާ ގުޅޭ ގިނަ ފޯރަމްތަކެއް ބާއްވައިފަ އެވެ. އެގޮތުން ތަފާތު ހުނަރުތައް ތަރައްގީކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި މުޖުތަމައުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި ޒުވާނުންގެ ތެރެއިން ހަރުދަނާ ވެރިންތަކެއް ތައާރަފްކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. 

މީގެ އިތުރުން ވެސް، މާލީ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފައިސާ ހޯދައި ދިނުމުގެ ގޮތުން ޖަމިއްޔާ ތަކާއީ ގުޅިގެން ފަންޑް ރެއިޒިން އިވެންޓް ތަކާއި އެނޫންވެސް ހަރަކާތްތައް ބާއްވާފައި ވާއިރު، އަމަން އަމާން ކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި ވެސް އެ ޖަމިއްޔާ އިން ގިނަ މަސައްކަތް ތަކެއް ކޮށްފައިވެއެވެ. 

ޖޭސީއައި މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ މެންބަރުން 

ޖޭ.ސީ.އައިގެ "ވަން އިޔާ ޓު ލީޑް" ފަލްސަފާގެ ދަށުން ކޮންމެ އަހަރަކުވެސް ޖަމިއްޔާގެ ހިންގާ ކޮމިޓީގެ މަގާމުތަކަށް އާ މެންބަރުން އައްޔަން ކުރެވެއެވެ. އެގޮތުން ދާދި ފަހުން ވަނީ އެ ޖަމިއްޔާގެ އައު ހިންގާ ކޮމިޓީގެ މެންބަރުން ތައް މަގާމަށް އިންތިޚާބު ކޮށް ހުވާ ކޮށްފައެވެ. 

ހިންގާ ކޮމިޓީ އަށް އަލަށް އިންތިހާބު ކުރެވުނު މެންބަރުން

• ރައީސް -- އަޙްމަދު ފާރިޙު މުޙައްމަދު

• އެގްޒެކެޓިވް ނައިބު ރައީސް -- ނޫރު ރަޝާދު

• ނައިބު ރައީސް -- އައިޝަތު ނުހާ

•ސެކްރެޓެރީ ޖެނެރަލް -- އައިޝަތު ގާހިރު

• ޕަބްލިކް ރިލޭޝަންސް އޮފިސަރު -- ރާޖާނީ ޝްރެސްތާ (ރިޒް)

• ޗީފް ފައިނޭންޝަލް އޮފިސަރު -- މުހައްމަދު އީމާން

• ޖެނެރަލް ލީގަލް ކައުންސެލް -- ރިފްގާ އިބްރާޙީމް 

• އެގްޒެކެޓިވް ޑިރެކްޓަރ -- މުހައްމަދު އީވާން

• އެގްޒެކެޓިވް ޑިރެކްޓަރ -- މުހައްމަދު އަރުހަމް

• ރައީސްގެ ސްޕެޝަލް އެޑްވައިޒަރ -- މުއީސް މޫސާ

• ޑިރެކްޓަރ -- ޝަފްރާޒް އަޙުމަދު

• ޑިރެކްޓަރ -- ޝަމްޢޫން އަފީފު

• ސިޔާސަތާއި ބައިނަލްއަގުވާމީ ގުޅުންތަކާއި ބެހޭ ޚާއްސަ އެޑްވައިޒަރ -- މުހައްމަދު ހޫދު

އައު ހިންގާ ކޮމިޓީ އާއިއެކު ޒުވާނުންނާއި މުޖުތަމައުގެ ތަރައްޤީއަށް ގިނަ ޕްލޭން ތަކެއް 

ޖޭސީއައި ގެ ހިންގާ ކޮމިޓީގެ ރައީސް ކަމަށް ކުރިއަށް އޮތް އަހަރަށް އިންތިޚާބު ކުރެވުނު ފާރިހް، "ވޮއިސް" އަށް ދެއްވި ބަސްދީގަތުމެއްގައި ވަނީ މިއަހަރުގެ ތެރޭގައި ޒުވާނުންނަށާއި އަދި މުޖުތަމަޢުއަށްޓަކައި އެ ޖަމިއްޔާ އިން ރާވައި ހިންގުމަށް ހަމަޖެހިފައިވާ ބައެއް ކަންކަމަށް އަލިއަޅުވާލައްވާފައެވެ. 

އެގޮތުން މިއަހަރު ތެރޭގައި ވެސް ޒުވާނުން އެކި ދާއިރާއިން ތަމްރީނު ކޮށް، ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާ ހުރި ބަޔަކަށް ހެދުމަށް މަސައްކަތް ތަކެއް ރޭވިފައިވާކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

އަދި ހަމައެހެންމެ، މުޖުތަމަޢުގެ އަފުރާދުންގެ މެދުގައި ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާކުރުމަށްޓަކައި އިޖުތީމާއީ ތަފާތު ހަރަކާތްތައްވެސް ރޭވިފައިވާއިރު، ބައިނަލްއަގުވާމީ ގޮތުން ބޭއްވޭ ތަފާތު ކޮންފަރެންސް ތަކުގައިވެސް ޖޭސީއައި މޯލްޑިވްސްގެ ފަރާތުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް ފާރިހް ވިދާޅުވި އެވެ. 

މީގެ އިތުރުން، އެހެނިހެން އަހަރުތަކެކޭވެސް އެއްފަދައިން، ރާއްޖޭގައި ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާ ތަކާއި އިންސްޓިޓިއުޝަންތަކާއި ގުޅިގެން ޕާޓްނަރޝިޕް އުސޫލުންވެސް ކަންކަން ހިންގުމަށް ހަމަޖެހިފައިވާ ކަން ފާރިހު ފާހަގަ ކުރެއްވިއެވެ. 

މި އަހަރަކީ ރިޔާސީ އިންތިޚާބު ބޭއްްވުމަށް ހަމަޖެހިފައިވާ އަހަރު ކަމުގައި ވާއިރު، އެ އިންތިހާބުގެ ކަންކަން މޮނިޓަރ ކުރުމުގައިވެސް ޖޭސީއައިގެ ފަރާތުން ހަރަކާތްތެރިވަމުންދާނެ ކަމަށް ފާރިހް ވިދާޅުވި އެވެ. 

ޖޭސީއައި މޯލްޑިވްސް އިން ކުރިއަށް ގެންދާ ޕްރޮގްރާމް ތަކާއި ގުޅޭ މައުލޫމާތު ހޯދުމަށް، ނުވަތަ ޖަމިއްޔާ އާއި ގުޅިގެން ޕްރޮގްރާމް ތައް ހިންގުމަށް އަދި އެ ޖަމިއްޔާއާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ޖަމިއްޔާގެ ނަންބަރު 9512010 އަށް ގުޅައިގެން ނުވަތަ [email protected] އަށް މެއިލް ކޮށްގެން ކުރިއަށް ގެންދެވޭނެއެވެ. ޖޭސީއައި މޯލްޑިވްސްގެ ވެބްސައިޓް www.jci.mv 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.