ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު-- ފޮޓޯ/ މަޖިލިސް
ހަބަރު
14 Mar 2023 | 20:52
ސަރުކާރުގައި ހުރި ޖޭޕީގެ މަގާމްތައް ހުސްކުރަންޖެހޭ: ޝިފާއު

ސަރުކާރުގެ މަގާމް ތަކުގެ ތެރެއިން، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެންބަރުން ފުރުއްވަމުންދާ މަގާމްތަކުން އެ މެންބަރުން ވަކިކޮށް އެ މަގާމްތައް ހުސްކުރަންޖެހޭ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ މިއަދު އޮތް ކައުންސިލްގެ ބައްދަލުވުމުގައި އެޕާޓީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި، އެ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނެއްގެ ތެރެއިން ވާދަކުރުމަށް ނިންމާފައެވެ. އެގޮތުން، އެޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ކަނޑައަޅައިފަ އެވެ. 

އެކަމާއި ގުޅިގެން، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް ޝިފާއު ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ސަރުކާރުގެ މަގާމްތަކުން ޖުމްހޫރީ ޕާޓީއަށް ދީފައިވާ ޖާގަތައް ހުސްކުރަން ޖެހޭ ކަމަށެވެ. 

"ސަރުކާރުގެ ޖޭޕީގެ ސްލޮޓްތައް ހުސްކުރަން ޖެހޭ. ނޫނީ ޖޭޕީ ކެންޑިޑޭޓަށް ވެރިކަން ހޯދައި ދިނުމަށް އެ ސްލޮޓްތައް ބޭނުން ކުރާނީ." 

މެންބަރު މުހައްމަދު ޝިފާއު 

ޝިފާއު ގެ ވާހަކަތަކަށް ތާއީދު ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވަނީ، ކޯލިޝަނުން ޖޭޕީ ވަކިވީ އަމިއްލަ އަށް ކަމަށާ، އެހެންކަމުން ސްލޮޓްތައް އަމިއްލައަށް ހުސްވާނެ ކަމަށެވެ. 

އެމްޑީޕީގެ ސަރުކާރަށް ތާއީދު ކުރައްވާ އެ ޕާޓީގެ މެންބަރުން އެފަދައިން ވިދާާޅުވި ނަމަވެސް، ޤާސިމް ވަނީ އެގޮތަށް އެކަން ނުވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ގާސިމް މިއަދު ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ނިކުންނަން ނިމުމަކީ މިހާރު އޮތް ސަރުކާރު ކޯލިޝަނުން ވަކިވާން ޖެހޭ ސަބަބެއް ނޫންކަމަށެވެ. އަދި ވަޒީފާތަކުގައި ތިއްބެވި ބޭފުޅުންވެސް މިއަހަރު ނޮވެމްބަރު 11 އާއި ހަމައަށް ތިއްބަވާނެކަމަށެވެ.

"އަޅުގަނޑުމެންނަކީ ސަރުކާރު ކޯލިޝަންގައި އޮތްބައެއް. ފަސް އަހަރު ނިމެންދެން މިއަހަރު ނޮވެމްބަރު 11 ވަނަ ދުވަހާއި ހަމައަށް އަޅުގަނޑުމެން ކުރިއަށްދާނެ. ވަޒީފާތަކުގައި ތިއްބެވި ބޭފުޅުންވެސް ދެން ކުރިއަށްދާނެ އެދުވަހާއި ހަމައަށް. އަޅުގަނޑު ދަންނަވާލަން ބޭނުމީ އެއީ އެއްބަސްވުމުގައި އޮތްގޮތޭ." ޤާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ޤާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން ކެނޑިޑޭޓަކު ނެރުމަކީ ކޯލިޝަން ރޫޅޭނެ ކަމެއް ނޫންކަމަށާ، އެކަން ވަރަށް ސާފުކޮށް އެއްބަސްވުމުގައި އެނގެން އޮތް ކަމަށެވެ. 

"އަޅުގަނޑުމެންގެ އެއްބަސްވުން އޮތް ގޮތުން 2023 އަށް ކެނޑިޑޭޓަކު ނެރުމަކީ އަޅުގަނޑުމެން އޭގައިން ބަރީއަވާ ކަމެއްނޫން. އެއީ ވަރަށް ސާފު ސަރީހަ އިބާރާތުން އޮތްގޮތް." ގާސިމް ވިދާޅުވި އެވެ. 

ކޮމެންޓް
ސިޔާމާ
މީނަ ދިން އެއްޗެބާ ، މި ވެރިކަމުގެ އަހުދުނާމަ ބުރޭކެއް ނުކުރެވޭނެ
14 Mar 2023
ގުޅޭ ލިޔުންތައް
31 Jul 2026
ޕޮއިސްޑް މަޝްރޫޢާއެކު އަހަރަކު 3.13 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ: ފެނަކަ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.
31 Jul 2026
އެސްޓީއޯ ޓަވަރު އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާ ހިނގީ އެގްޒޯސްޓެއްގައި ރޯވެގެން
މިހާދިސާގެ ސަބަބުން ފާޚާނާގެ ސީލިންގަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަދި އިތުރު އެއްްޗަކަށްވެސް ގެއްލުމެއް ލިބިފައެއްނުވާކަމަށް ޑިޒާސްޓާއިން ބުންޏެވެ
31 Jul 2026
މޫސުން ރަނގަޅެއް ނުވޭ؛ ރީނދޫ ސަމާލު ދަންމާލައިފި
މެޓް އޮފީހުން ބުނި ގޮތުގައި، މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށްގަދަވާނެއެވެ.
31 Jul 2026
މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ ފުލުހުންގެ އިލްތިމާސެއް
މޫސުން މިގޮތަށް ހުރުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާތީ، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.