ރައީސް ޞާލިހްއާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ގަރުމަނު އައިޓީބީ ފެއާރގައި/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
14 Mar 2023 | 23:59
ރައީސް ޞާލިޙް ގެ ކޯލިޝަނުން އިންތިޚާބު ކާމިޔާބު ކުރާނެ: ޢަލީ ޒާހިރު

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ލީޑަރޝިޕް ކޯލިޝަނުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޢަލީ ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ލީޑަރ ޝިޕް ގައި އެމްޑީޕީ އިސްވެ އޮވެ ޢަދާލަތު ޕާޓީ އާއި އެމްޑީއޭ  ހިމެނޭ ކޯލިޝަން އެކުގައި މަސައްކަތް ކޮށްގެން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ފަސޭހަ ކަމާއިއެކު ކާމިޔަބު ކުރެވޭނެކަން ޔަޤީން ކަމަށެވެ.

ރިޔާސީ އިންތިޚާބު ގައި ވާދަކުރެއްވުމުގެ ޝައުޤުވެރިކަމާއި ވާދަވެރިކަން މިހާރު އަންނަނީ ބޮޑު ވަމުންނެވެ.

މިހާރު ވެރިކަމަށް ވާދަކުރައްވާނެ ކަން އިއްލާނު ކުރައްވާފައިވަނީ އެމްޑީޕީ، ޢަދާލަތު އަދި އެމްޑީއޭ ކޯލިޝަނުން މިހާރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު، އެމްއެންޕީ އިން ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް، ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލް ޤައްޔޫމް، ޖޭޕީ އިން މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް، އަމިއްލަ ގޮތުން ކުރީގެ ހޯމް މިނިސްޓަރ ޢުމަރް ނަސީރު އަދި ކުރީގެ ބަންޑާރަ ނައިބު މުހައްމަދު މުނައްވަރެވެ.  

ޖޭޕީ އިން އިންތިޚާބާއި މެދު ގޮތެއް ނިންމައި އިއްލާނު ކުރީ މިއަދުއެވެ. ޖޭޕީ އިން ނިންމާފައިވަނީ އެޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ކެނޑިޑޭޓެއްގެ ގޮތުގައި ނެރުމަށެވެ. ސަރުކާރު ކޯލިޝަންގައި ހިމެނުނު ފަރާތްތަކުގެ ތެރެއިން އިންތިޚާބާއި މެދު މިހާރު ގޮތެއް ނުނިންމަނީ އެމްއާރްއެމް އިންނެވެ. 

އިދިކޮޅު ކޯލިޝަނުން އިންތިޚާބަށް ނެރުމަށް ނިންމާފައިވަނީ ރައީސް ޔާމީނެވެ. ރައީސް ޔާމިން ހުންނެވީ 11 އަަހަރުގެ ޖަލު ހުކުމެއްގައި ބަންދުގައެވެ. ނަމަވެސް އެކޯލިޝަނުން އަދި ކެނޑިޑޭޓު ބަދަލު ކުރުމުގެ ވާހަކައެއް ދައްކައިފައެއް ނުވެއެވެ.  އެކޯލިޝަނުންނާއި ރައީސް ޔާމިންގެ ވަކީލުންގެ ޓީމުން މަސައްކަތް ކުރަމުން އަންނަނީ އިންތިޚާބަށް ޖެހެންވާއިރަށް އެމަނިކުފާނުް މިނިވަން ކުރުމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.