ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله--
15 Mar 2023 | 09:40
ވަރަށް ހިސާބު ޖަހައިފިން؛ ރައީސް ޞާލިހަށް %51.2 އިން އިންތިޚާބު ކާމިޔާބު ވާނެ: އިމްރާން

މި އަހަރު ސެޕްޓެމްބަރު މަހު އޮން ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ކޯލިޝަނަށް %51.2 ވޯޓު ލިބޭނެ ކަމަށް ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ. 

ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހާއިއެކު ކޯލިޝަން ހެދުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ދައުވަތު އަރުއްްވާފައި ވަނިކޮށް، އެ ޕާޓީގެ ފަރާތުން ކެންޑިޑޭޓެއްގެ ގޮތުގައި ގާސިމް ނުކުތުމަށް އިއްޔެ ވަނީ ނިންމާފައެވެ. 

އެކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ރައީސް ޞާލިހަށް އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ބުނަމުންނެވެ. 

އެފަރާތްތަކަށް ރައްދު ދެއްވައި އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީ އާއި، ރައީސް ޞާލިހާއި އެކު ކޯލިޝަން ހެދުމަށް އެއްބަސްވެފައިވާ އަދާލަތު ޕާޓީއާއި، އެމްޑީއޭ އިން އެކުގައި، ރައީސް ޞާލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް މަސައްކަތް ކޮށްފި ނަމަ، %51.2 އަށްވުރެ މަތިން ވޯޓު ހޯދައިގެން އިންތިހާބު ކާމިޔާބު ކުރާނީ އެމަނިކުފާނު ކަމަށެވެ. 

އަދި އެފަދައިން އެ ވިދާޅުވަނީ ވަރަށް ހިސާބު ޖެހުމަށް ފަހުގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ޢިމްރާން މިފަދައިން ވިދާޅުވި ނަމަވެސް، ޖުމްހޫރީ ޕާޓީ އާއި ނުލައި ރައީސް ޞާލިހަށް އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ. އެހެނީ، މީގެ ކުރިން ބޭއްވުނު ކޮންމެ އިންތިޚާބެއްގައިވެސް ކާމިޔާބު ވެފައިވަނީ އެ ޕާޓީން ނަގާ ކޮޅަކަށް ވާއިރު, ރައީސް ޞާލިހަށްވެސް 2018 ވަނަ އަހަރު އިންތިހާބު ކާމިޔާބުވީ އެ ޕާޓީއާއިއެކު ކޯލިޝަން ހަދައިގެންނެވެ. އަދި އެ އަހަރު އެމްޑީޕީގެ ހުރިހާ މެންބަރުން ރައީސް ޞާލިހު ގެ ފަހަތްޕުޅުގައި ތިއްބެވި އިރު, މިހާރު އެ ޕާޓީ ދެކަފިވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުގެ މެންބަރުން އަންނަނީ ޖުމްހޫރީ ޕާޓީ އަށް ތާއީދު ކުރުމާއި މެދު މަޝްވަރާ ފަށަން ނިންމާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.