ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
16 Mar 2023 | 11:40
މި މަހުގެ ނިޔަލަށް ތިން އެއާޕޯޓަކަށް ރޭގަނޑު ދަތުރު ފެށޭނެ: ރިޒުވީ

މިމަހުގެ ނިޔަލަށް ތިން އެއާޕޯޓަކަށް ރޭގަނޑުގެ ދަތުރުތައް ފެށޭނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ ވިދާޅުވެއްޖެ އެވެ.

ގދ. ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރިޒްވީ ވިދާޅުވީ އެ އެއާޕޯޓަކީ އާރްއޭސީއެލް އުފެދުނު ފަހުން އެ ކުންފުނީގެ އެންމެ ބޮޑު ބައިވެރިވުމެއް ހިމެނިގެން ނިންމާލެވިފައިވާ ފުރަތަަމަ އެއާޕޯޓް ކަމަށެވެ. 

އަދި އެ އެއާޕޯޓް އަށް އާރްއޭސީއެލް ގެ ވަޒީފާއަށް ހުޅުވާލުމުން 45 ވަޒީފާއަށް 157 މުވައްޒަފުން ކުރިމަތިލާފައިވާއިރު، އެ 45 ވަޒީފާއާއި އެކު އެ ސަރަހައްދުގެ އިގްތިސާދަށް ސީދާ ގޮތުން  އަހަރަކު 7 މިލިއަން ރުފިޔާ ވަންނާނެ ކަމަށެވެ. އަދި އެހެން މުވައްސަސާތަކާއި އެކު އެ އަދަދު އެތައް ގުނަ އަކަށް އިތުރު ވެގެންދާނެ ކަމަށްވެސް ރިޒްވީ ވިދާޅުވި އެވެ. 

ރިޒްވީ އިތުރަށް ވިދާޅުވީ، އެއާޕޯޓާއި އެކީ އެ ސަރަހައްދުގައި ގެސްޓްހައުސް ތަރައްގީ ކުރުމަށް ހުޅުވާލެވިގެންދާނެ ކަމަށާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބާވަތްތައް ވެސް ތާޒާކަމާއި އެކީ އެކި ސަރަހައްދު ތަކަށް ފޮނުވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ. 

މިއާއެކު ރިޒްވީ ވިދާޅުވީ، މިހާރު ކުރަމުންދާ މަސައްކަތަކީ ރޭގަނޑު ދަތުރުތައް ކުރެވޭ ގޮތަށް އެއާޕޯޓްތަކުގައި ލައިޓް ހަރުކުުރުމުގެ މަސައްކަތް ކަމަށެވެ. 

އެގޮތުން ކުންފުނީގެ އަމާޒަކީ ހދ. ކުޅުދުއްފުށި ސިޓީގެ އެއާޕޯޓް މި މަހުގެ ނިޔަލަށް ނިންމުން ކަމަށާ އަދި ހއ. ހޯރަފުއްޓާއި މާވަރުލު އެއާޕޯޓްގެ ލައިޓިން މަސައްކަތް އެ މުއްދަތުގައި އެކުއެކީ ނިންމާލުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

"އެއާޕޯޓްތައް ގިނަވެ ރަންވޭތައް ދިގުވެ ޓާމިނަލްތަކުގެ ޑިޒައިން ބަދަލުވާއިރު އަޅުގަނޑުމެން އަރުވަން ބޭނުންވާ ޔަގީން ކަމަކީ ރައްކާތެރި އަމާން ލާމެހިފައިވާ ޖަޒީރާ ރާއްޖެއެއްގެ ޔަގީންކަން،" ރިޒްވީ ވިދާޅުވިއެވެ.

މި މަހުގެ ނިޔަލަށް ލައިޓް ހަރުކުރުމުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ކުޅުދުއްފުށި ސިޓީގެ އެއާޕޯޓަކީ ރައީސް ޔާމީންގެ ސަރުކާރުގައި އެއާޕޯޓް ގެ މަސައްކަތް ފުރިހަމަ ވުމުގެ ކުރިން ދަތުރުތައް ފެށި އެއާޕޯޓެެކެވެ.

އަދި މިސަރުކާރުންވެސް އެ އެއާޕޯޓަށް ކޮށްދޭނެ ކަމަށް ވައުދުވީ ކަންކަން ނުވާތީ އެ ސިޓީގެ ރައްޔިތުންނާއި، އެ ދާއިރާގެ މެންބަރުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަދި ސިޓީ ގެ ލަގަބު ލިބިފައިވާ ރަށެއްގައި އޮންނަ އެއާޕޯޓް ގައި ރޭގަނޑު ދަތުރުތައް ނުކުރެވޭތީ ރޭގަނޑު ބަލި މީހަކު މާލެ ގެންނަން ޖެހިއްޖެނަަމަ އަދިވެސް ޖެހެނީ ހަނިމާދޫއަށް ދާށެވެ. 

އެހެންކަމުން އެ އެއާޕޯޓް ގައި ލައިޓް ހަރުކުރެވިގެން ދިޔުން ވާނީ، ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔަކަށްކަން ފާހަގަކޮށްލަންޖެހެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Jul 2026
އިސްރާއީލުން ހުޅަނގު އައްސޭރީގައި ވަޒަންވެރިވުން ހުއްޓާލަންޖެހޭ
ކެނެޑާއިން ބުނީ މިފަދަ އާބާދީތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ތަންތަން ކަމަށާއި، މީގެ ސަބަބުން ސަރަހައްދުގެ ސުލްހައާއި، ސަލާމަތާއި އަދި ހަމަޖެހުމަށް އޮތް ފުރުސަތުތަކަށް ބުރޫއަރާ ކަމަށެވެ
29 Jul 2026
ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ޚާއްޞަ ލޯނު ސްކީމެއް ތައާރަފުކޮށްފި
ފައިސާ އަނބުރައި ދެއްކުމަށް ހަތް އަހަރުގެ ދިގު މުހުލަތެއް ލިބޭ މި ލޯނުގެ ފައިސާ ދައްކަން ޖެހެނީ ޑޮލަރުންނެވެ. ފާހަގަކޮށްލެވޭ ކަމަކީ ވަކި ތާވަލެއް ކަނޑައެޅުމުގެ ބަދަލުގައި ފަތުރުވެރިކަމުގެ ޕީކް ސީޒަނާއި އޮފް-ޕީކް ސީޒަނަށް ރިޢާޔަތްކޮށް ފައިސާ ދެއްކޭ ގޮތް ހަމަޖައްސައިފައިވާ ކަމެވެ.
29 Jul 2026
ގަމުން ގެއްލުނު ޒުވާނާ ފެނިއްޖެ
29 Jul 2026
30،000 ޑޮލަރު ހަލާކުވި މައްސަލައެއްގައި ފުލުހުންގެ އޮފިސަރަކު ވަކިކުރަނީ
އެއީ 30،000 ޑޮލަރެވެ. އެ ޑޮލަރުތައް އަތުލައިގަނެފައިވަނީ، 2019 ވަނަ އަހަރު ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައެވެ.
29 Jul 2026
މިފްކޯއިން ފަސްމީރު ބްރޭންޑުގެ 12 ދަޅު ހިމެނޭ ހަދިޔާ ޕެކެއް
މިފްކޯއިން ބުނީ ކޮންމެ ރަހައަކުން ތިން ދަޅު ހިމެނޭ މި ޕެކް 221 ރުފިޔާއަށް ލިބޭ އިރު ވަކިވަކީން ދަޅު ގަތުމަށް ވުރެ ހެޔޮ ވާނޭކަމަށެވެ
29 Jul 2026
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފްފައިދާ އިތުރުވެއްޖެ
އެސްޓީއޯގެ ޓްރޭޑިން އެކައުންޓަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ކުރީ ކުއާޓަރުތަކަށްވުރެ އިދާރީ ހަރަދުތައް ކުޑަކޮށްފައި ވުމެވެ
29 Jul 2026
ލ. ގަމުން ޒުވާނަކު ގެއްލިގެން ހޯދަނީ
ގެއްލިގެން ހޯދަމުންދަނީ ލ.ގަން ތުނޑި، ކުރިބޯށި، އަމްޖާޒް އަލީ (20) އެވެ.
29 Jul 2026
ސައުދީން ދިން ހަމަލާއާ ގުޅިގެން އިރާގުން ކުއްލި ބައްދަލުވުމެއް ބާއްވަނީ
އިރާގުގެ 'ޕޮޕިއުލާ މޮބިލައިޒޭޝަން ޔުނިޓްސް' އިން ހާމަކުރި ގޮތުގައި، ރޭގެ ވަގުތެއްގައި ސައުދީ އާއި އެމެރިކާ ގުޅިގެން އިރާގުގެ އެކި ޕްރޮވިންސްތަކުގައި ހުރި އެ ޖަމާއަތުގެ މަރުކަޒުތަކަށް ދިން ވަރުގަދަ ހަމަލާތަކުގައި އެ ޖަމާއަތުގެ 20 މެންބަރަކު ވަނީ މަރުވެފައެވެ. އަދި އިތުރު 32 މީހަކު ޒަހަމްވެފައިވާ ކަމަށްވެސް އެ ޖަމާއަތުން ބުނެފައިވެއެވެ.