ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
16 Mar 2023 | 12:42
އޭވިއޭޝަން ދާއިރާގައި ބައި ގަރުނުން ނުލިބުނު ތަރައްޤީ 2 އަހަރުން ގެނެސްދެވިއްޖެ: ރިޒްވީ

ދިވެހިރާއްޖޭގައި، އޭވިއޭޝަން ދާއިރާގައި ބައި ގަރުނުން ނުލިބުނު ތަރައްޤީ 2 އަހަރުން ގެނެސްދެވިފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ ވިދާޅުވެއްޖެ އެވެ.

ގދ. ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރިޒްވީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ރައްޔިތުންނަށް ވައުދުވެ ވަޑައިގަތީ ރަށުބަންދުން ވީއްލަައި ދެއްވުމަށް ކަމަށާ، އެމަނިކުފާނު އެ ވައުދު ފުއްދަވަމުން އަންނަ ކަމަށެވެ. 

"ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަކީ ވައުދުވާ އަދި ވައުދު ފުއްދަވާ ރައީސެއް. ރައީސް ވައުދުވީ ރަށު ބަންދުން ވީއްލުމަށް. ރައީސް ވައުދުވީ ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއްނެތި ލާމެހިފައިވާ އިގްތިސާދެއް ބިނާ ކުރުމަށް. ރައީސް ވައުދުވީ 30 މިނެޓްގެ ވައިގެ ދަތުރުފަތުރުގެ ލާމެހިފައިވާ، ލާމަރުކަޒީ ރާއްޖެއެއް އުފެއްދުމަށް." 

މުހައްމަދު ރިޒުވީ 

މިއާއެކު ރިޒްވީ ވިދާޅުވީ، ރައީސް ޞާލިހު، އާރްއޭސީއެލް ކުންފުނި އުފެއްދެވި އެންމެ މުހިންމު މަގުސަދަކީ ރައްކާތެރިކަން ކަށަވަރު ވެފައި އޮތް ވައިގެ ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމަށް ކަމަށެވެ. 

އަދި އެ ކުންފުނި އުފެދުނުތާ މިހާރު ދެ އަހަރު ވެފައިވާއިރު، އެ ވައުދު ފުއްދުމަށް ވަރަށް ގިނަ މަސައްކަތް ތަކެއް ކުރެވިފައިވާ ކަން ރިޒްވީ ފާހަގަކުރެއްވި އެވެ. އެގޮތުން، މިއަދު ރީޖަނަލް އެއާޕޯޓް ތަކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަކީވެސް އެ މުވައްޒަފު މަސައްކަތް ކުރާ ދާއިރާއިން ތަމްރީނު ލިބިފައިވާ މުވައްޒަފުން ކަމަށް އޭނާ ވިދާޅުވި އެވެ. 

"ހުރިހާ އެއާޕޯޓެއްގައި ބޭނުންކުރާ އެކުއިޕްމަންޓްތަކުގެ 80 އިންސައްތަ ހަމަކުރެވިއްޖެ. މުޅިން އައު އެކުއިޕްމަންޓާއި އެކީގައި އެއާޕޯޓް ތައް ސިވިލް އޭވިއޭޝަން ސްޓޭންޑަޑަށް މިދަނީ ފައްތަމުން. މިހާރު ގެންނަ ސްކޭން މެޝިނަކަސް، ފަޔާރ ސޫޓަކަށް، އެކުއިޕްމެންޓަކަސް މި ގެންނަނީ ބްރޭންޑާ ނިޔު ޒަމާނީ އެއްޗެހި. އެ ޔަގީންކަން އަޅުގަނޑު އަރުވަން." 

މުހައްމަދު ރިޒުވީ 

ރިޒްވީ އިތުރަށް ވިދާޅުވީ، އަމިއްލަ ވަސީލަތްތައް ބިނާކުރުމަށް އެ ކުންފުނިން ކޮށްފައިވާ މަސައްކަތްތަކުގެ ފައިދާ މުޅި ސިނާއަތައް ކުރަމުންދާ ކަމަށެވެ.  

އެގޮތުން މީގެ ކުރިން ބޭރު ގައުމުތަކުން ބޮޑު އަގުގައި ހަދަމުންދިޔަ ޓްރެއިނިންގ ތައް މިއަދު ހަދަމުންދަނީ އެ ކުންފުނިން އުފެއްދި ސެޓިފައިޑް ދިވެހި ޓްރެއިނަރުންނާއި އެކީ، އެ ކުންފުނީގެ އޭވިއޭޝަން އެކަޑަމީ ގައި ކަން ރިޒްވީ ފާހަގަކުރެއްވި އެވެ. 

އޭވިއޭޝަން ދާއިރާގައި ބައިގަރުނުން ނުލިބުނު ތަރައްޤީ އަޅުގަނޑުމެން ދެ އަހަރުން ގެނެސްދީފިން. 

މުހައްމަދު ރިޒުވީ 

ރިޒްވީ ވިދާޅުވީ މިހާރު އެ ކުންފުނިން ކުރަމުންދާ މަސައްކަތަކީ، ފައިދާވާ ކުންފުންޏަކަށް ހެދުމުގެ މަސައްކަތް ކަމަށާ، އެކަންވެސް ކުރައްވާނެ ކަމަށެވެ. އަދި ކުންފުނި އުފެއްދުނީއްސުރެވެސް އެ ކުންފުނިން އަންނަނީ ރައީސް ޞާލިހް ވެފައިވާ ވައުދު ރަނުން ރަނަށް ފުއްދަމުން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Jul 2026
އިސްރާއީލުން ހުޅަނގު އައްސޭރީގައި ވަޒަންވެރިވުން ހުއްޓާލަންޖެހޭ
ކެނެޑާއިން ބުނީ މިފަދަ އާބާދީތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ތަންތަން ކަމަށާއި، މީގެ ސަބަބުން ސަރަހައްދުގެ ސުލްހައާއި، ސަލާމަތާއި އަދި ހަމަޖެހުމަށް އޮތް ފުރުސަތުތަކަށް ބުރޫއަރާ ކަމަށެވެ
29 Jul 2026
ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ޚާއްޞަ ލޯނު ސްކީމެއް ތައާރަފުކޮށްފި
ފައިސާ އަނބުރައި ދެއްކުމަށް ހަތް އަހަރުގެ ދިގު މުހުލަތެއް ލިބޭ މި ލޯނުގެ ފައިސާ ދައްކަން ޖެހެނީ ޑޮލަރުންނެވެ. ފާހަގަކޮށްލެވޭ ކަމަކީ ވަކި ތާވަލެއް ކަނޑައެޅުމުގެ ބަދަލުގައި ފަތުރުވެރިކަމުގެ ޕީކް ސީޒަނާއި އޮފް-ޕީކް ސީޒަނަށް ރިޢާޔަތްކޮށް ފައިސާ ދެއްކޭ ގޮތް ހަމަޖައްސައިފައިވާ ކަމެވެ.
29 Jul 2026
ގަމުން ގެއްލުނު ޒުވާނާ ފެނިއްޖެ
29 Jul 2026
30،000 ޑޮލަރު ހަލާކުވި މައްސަލައެއްގައި ފުލުހުންގެ އޮފިސަރަކު ވަކިކުރަނީ
އެއީ 30،000 ޑޮލަރެވެ. އެ ޑޮލަރުތައް އަތުލައިގަނެފައިވަނީ، 2019 ވަނަ އަހަރު ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައެވެ.
29 Jul 2026
މިފްކޯއިން ފަސްމީރު ބްރޭންޑުގެ 12 ދަޅު ހިމެނޭ ހަދިޔާ ޕެކެއް
މިފްކޯއިން ބުނީ ކޮންމެ ރަހައަކުން ތިން ދަޅު ހިމެނޭ މި ޕެކް 221 ރުފިޔާއަށް ލިބޭ އިރު ވަކިވަކީން ދަޅު ގަތުމަށް ވުރެ ހެޔޮ ވާނޭކަމަށެވެ
29 Jul 2026
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފްފައިދާ އިތުރުވެއްޖެ
އެސްޓީއޯގެ ޓްރޭޑިން އެކައުންޓަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ކުރީ ކުއާޓަރުތަކަށްވުރެ އިދާރީ ހަރަދުތައް ކުޑަކޮށްފައި ވުމެވެ
29 Jul 2026
ލ. ގަމުން ޒުވާނަކު ގެއްލިގެން ހޯދަނީ
ގެއްލިގެން ހޯދަމުންދަނީ ލ.ގަން ތުނޑި، ކުރިބޯށި، އަމްޖާޒް އަލީ (20) އެވެ.
29 Jul 2026
ސައުދީން ދިން ހަމަލާއާ ގުޅިގެން އިރާގުން ކުއްލި ބައްދަލުވުމެއް ބާއްވަނީ
އިރާގުގެ 'ޕޮޕިއުލާ މޮބިލައިޒޭޝަން ޔުނިޓްސް' އިން ހާމަކުރި ގޮތުގައި، ރޭގެ ވަގުތެއްގައި ސައުދީ އާއި އެމެރިކާ ގުޅިގެން އިރާގުގެ އެކި ޕްރޮވިންސްތަކުގައި ހުރި އެ ޖަމާއަތުގެ މަރުކަޒުތަކަށް ދިން ވަރުގަދަ ހަމަލާތަކުގައި އެ ޖަމާއަތުގެ 20 މެންބަރަކު ވަނީ މަރުވެފައެވެ. އަދި އިތުރު 32 މީހަކު ޒަހަމްވެފައިވާ ކަމަށްވެސް އެ ޖަމާއަތުން ބުނެފައިވެއެވެ.