ކ ތިލަފުށި/ ފޮޓޯ: އިންޓަނެޓު
ހަބަރު
16 Mar 2023 | 16:23
ބިމެއް ނުވިއްކާ، ޚިޔާނާތް ތެރިވި މުވައްޒަފު ސަސްޕެންޑުކޮށްފިން: އެޗްޑީސީ

ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީން) އޮޅުވާލައިގެން އެއްވެސް ފަރާތަކަށް ބިމެއް ވިއްކާފައި ނުވާނެ ކަމަށާއި، އާންމު ފަރާތަކަށް އޮޅުވާލައިގެން ކ. ތިލަފުށިން ބިމެއް ވިއްކަން ކަމަށް ބުނެ ރިޝްވަތު ނެގި އެކުންފުނީގެ މުވައްޒަފަކު މިހާރު ސަސްޕެންޑުކޮށްފައި ވާ ކަމަށް އެޗްޑީސީން ބުނެފި އެވެ. 

އެޗްޑީސީގައި މަސައްކަތް ކުރާ އެ މުވައްޒަފު އަމިއްލަ ފަރާތެއްގެ އަތުން ރިޝްވަތު ނަގައި އެ ފައިސާ އަމިއްލަ އެކައުންޓަށް ޓްރާންސްފާ ކޮށްފައިވާ މައްސަލަ އެ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވުމާއެކު އެ މުވައްޒަފާއި ދޭތެރޭގައި ފިޔަވަޅު އަޅާފައިވާކަމަށް އެކަމާއި ގުޅިގެން އެޗްޑީސީން ނެރުނު ބަޔާނުގައި ވަނީ ހާމަކޮށްފައެވެ. 

އޭގެއިތުރުން އެ ކުންފުނިން ވަނީ އެއް މިލިއަން ރުފިޔާއަށް ބިން ވިއްކާލަން އުޅުނު ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރު ދޮގުކޮށްފަ އެވެ.

އެޗްޑީސީން ބުނީ އެއްވެސް ފަރާތަކަށް ބިމެއް ވިއްކާފައި ނުވާނެކަމަށެވެ. އެހެން ނަމަވެސް ބިން ވިއްކުމުގެ ނަމުގައި އެޗްޑީސީގެ މުވައްޒަފަކު ރިޝްވަތުގެ އަމަލެއް ހިންގާފައިވާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. 

އެކަމާއި ގުޅޭގޮތުން އެޗްޑީސީން ބުނީ އެ ކުންފުނިން އެއްވެސް ކަމެއްގައި އަމިއްލަ ފަރާތްތަކުގެ އެކައުންޓު ބޭނުން ނުކުރާނެ ކަމަށެވެ.

އެހެންކަމުން އެފަދަ ކަންކަމަށް އާންމު ރައްޔިތުންވެސް ސަމާލުވުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ. 

އެއާއެކު އެޗްޑީސީން ބުނީ ރިޝްވަތު ނެގި މުވައްޒިފަށް ގާނޫނުގެ ތެރެއިން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށެވެ.

އެ މައްސަލަ ފުލުހުންނާއި ގުޅިގެން މިހާރު ތަރުހީގު ކުރެވެމުންދާކަންވެސް އެޗްޑީސީން ވަނީ ހާމަކޮށްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.