ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު/ ފޮޓޯ: ފެށުން
ހަބަރު
16 Mar 2023 | 17:06
ރައީސް ޔާމިންގެ އިސްތިއުނާފު ފޯމު އިސްލާހުކޮށް އަލުން ހުށައަޅައިފި

ކުރީގެ ރައީސް ޢަބްދުالله ޔާމިން ޢަބްދުލް ޤައްޔޫމްގެ މައްޗަށް ވ. އާރަށުގެ މުއާމަލާތާއި ގުޅިގެން ކޮށްފައިވާ 11 އަހަރުގެ ޖަލު ޙުކުމުގެ އިސްތިއުނާފު ފޯމުގައި އިސްލާހުކުރަން އެންގި ކަންކަން އިސްލާހު ކުރުމަށްފަހު އަލުން އެމައްސަލަ ހައިކޯޓަށް ހުށައަޅައިފި އެވެ. 

ވ. އާރަށުގެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 21 ގައެވެ. 

އިސްތިއުނާފު ބަލައިގަތުމާމެދު ގޮތެއް ނުނިންމާ ދެހަފްތާ ފަހުން ހައިކޯޓުން ވަނީ އެ މައްސަލައިގެ އިސްތިއުނާފު ފޯމުގައި 5 ކަމެއް އިސްލާހު ކުރުމަށް އަންގާ ފޯމު އަނބުރާ ފޮނުވާފައެވެ. 

އެގޮތުން ވ އާރަށުގެ މައްސަލައަކީ އެއް ރިޕޯޓަކުން ޖަވާބު ދީފައިވާ މައްސަލައެއް ނަމަވެސް ދެ ޤަޟިއްޔާގެ އިސްތިއުނާފު ފޯމު ވަކިން ތާއްޔާރުކޮށް އިސްލާހު ހުށައެޅުމަށް ހައި ކޯޓުން އަންގާފައިވެއެވެ. 

އޭގެ އިތުރުން ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓާއި މަޙްޟަރުތަކާއި ޑޮކިއުމެންޓްރީ ހެކިތަކުން ކެޕްޗާކޮށް ހުށަހަޅާފައިވާ ބައިތައް ލިޔެގެން ފޯމުގައި ހިމަނައިދިނުމާއި ، އިނގިރޭސިބަހުން ހުރި ބޭރުޤައުމުތަކުގެ ކޯޓުތަކުގެ ނިންމުން ދިވެހިބަހުން ތަރުޖަމާ ހުށައެޅުމުގެ އިތުރުން، ބޭރު ޤައުމުތަކުގެ މައްސަލަތަކުގެ ރިޕޯރޓުތައް ހުށައެޅުމަށް އަންގާފައިވެއެވެ. 

އަދި ކުރިމިނަލް ކޯޓަށް ހުށަހެޅި އިސްތިއުނާފް ފޯމު ހައިކޯޓަށް ކްރިމިނަލް ކޯޓުން ފޮނުވިއިރު ބައެއް އެޓޭޗްމަންޓް އެ ފޯމުގައި ނެތުމުން އެ އެޓޭޗްމަންޓްތައްވެސް ފޮނުވުމަށް ހައިކޯޓުން ވަނީ އަންގާފައެވެ. 

ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ވަނީ ހައިކޯޓުން އަންގާފައިވާ ކަންކަން ފުރިހަމަ ކުރުމަށްފަހު އަލުން އެ މައްސަލަ ހުށައަޅާފަ އެވެ. 

މި މައްސަލަ ހައިކޯޓަށް އިސްތިއުނާފު ކުރައްވަމުން އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވަނީ، ހައިކޯޓު މަރުހަލާއިން ރައީސް ޔާމީން މިނިވަންވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށައަޅާފައިވާ އިސްތިއުނާފުގައި ދަށު ކޯޓުން ހަދާފައިވާ ބޮޑެތި ގޯސްތައް ފާހަގަކޮށްފައިވާނެ ކަމަށާއި، ހައި ކޯޓުން އެ ގޯސްތައް ދަމަހައްޓާނެ ކަމަށް ގަބޫލު ނުކުރައްވާކަމަށް ޑރ ޖަމީލު ވިދާޅުވެފައި ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.