މާލޭގެ މަގުމަތި/ ފޮޓޯ: ދިޔަރެސް
ހަބަރު
16 Mar 2023 | 17:07
ހަތަރު ފުރޮޅުލީ އުޅަނދު އެތެރެކުރަން ކުރިން ހުއްދަނަގަން ނުޖެހޭގޮތް ހަދައިފި

ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު އެތެރެކުރުމުގެ ކުރިން ހުއްދަ ނަގަން ޖެހޭގޮތަށް އޮތް ގަވައިދު ޓްރާންސްޕޯޓު މިނިސްޓްރީން އުވާލައިފި އެވެ. 

އެ އިސްލާހު ގެނައުމާ ހަމައަށް L10 ގެ ގޮތުގައި، ހަތަރު ފުރޮޅު ލީ އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގެ ކުރިން ހުއްދައެއް ޓްރާންސްޕޯޓު މިނިސްޓްރީން ހޯދަންޖެހެ އެވެ.

އަދި އެ ހުއްދަ ހޯދުމަށްޓަކައި އުޅަނދުގެ މައުލޫމާތު ހިމެނޭ ޑީ ރަޖިސްޓްރޭޝަން ފޯމު ނުވަތަ ރަޖިސްޓަރީ ނުކުރާ އުޅަނދެއް ނަމަ އެ އުޅަނދު އުފެއްދި ކުންފުނިން ދޫކުރާ އޮރިޖިނަލް ލިޔުމެއް ހުށަހަޅަންޖެހެ އެވެ.

މިނިސްޓްރީން ބުނީ އެ ލިޔުމުގައި ހުރުމަށް ލާޒިމްކުރާ ގިނަ ކަންތައްތަކަކީ ބައެއް ގައުމުތަކުން ހޯދަން އުނދަގޫ މައުލޫމާތު ކަމަށެވެ. އެ ލިޔުން ހޯދަން ގަރާޖާ ބެހޭ މައުލޫމާތު ނުވަތަ ގަރާޖު ހުއްދަ ހުށަހަޅަން ޖެހެ އެވެ.

އެ ބަދަލު ގެނައުމާ އެކު މި ކޮންޓްރޯލް ދެން ބަލާނީ ގަވާއިދުގައި ބަޔާންކޮށްފައިވާ ލިޔުންތައް ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމުންނެވެ. އެހެންވެ، ދެ ޕްރޮސެސްއެއްގައި ބަލަމުން ދިޔަ ކަންކަން އެއް ޕްރޮސެސްއަށް ބަދަލުވާނެ އެވެ.

ގަވައިދުގައިވާ ގޮތުން، L10 ހުއްދަ ހޯދުމަކާ ނުލައި އުޅަނދު ފަހަރު ރަޖިސްޓަރީ ކުރުމަށް ހުށަހެޅޭނެ އެވެ.

އެގޮތުން، ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ރަޖިސްޓަރީ ކުރުމަށްޓަކައި ފުރިހަމަކޮށްފައިވާ LR1 ގެ ފޯމާ އެކު މުޅިން އާ އުޅަނދެއް ނަމަ މެނުފެކްޗާ ސެޓްފިކެޓް ނުވަތަ އުޅަނދު އުފެއްދި ފަރާތުން ދޫކުރާ ލިޔުން ނުވަތަ އިންވޮއިސް ނުވަތަ ޑީ ރަޖިސްޓްރޭޝަން ނުވަތަ އެކްސްޕޯޓް ސެޓްފިކެޓްގައި އެ އުޅަނދު އުފެއްދި ކުންފުނީގެ ނަން، މޮޑެލް ނަންބަރު، އިންޖީނު ނަންބަރު، ޗެސިސް ނަންބަރު އަދި އުޅަނދު އުފެއްދި އަހަރު ބަޔާންކޮށްފައި އޮންނަން ޖެހެ އެވެ.

އޭގެ އިތުރުން ރޯޑު ވާދިނަސް ރިޕޯޓް އަދި ގަރާޖު ކުރުމަށް ކަމާބެހޭ އިދާރާއިން ދޫކޮށްފައިވާ ލިޔުން ހުށަހަޅަންޖެހެ އެވެ.

ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު އެތެރެކުރުމުގެ ކުރިން ހުއްދަ ނަގަންޖެހޭ ގަވައިދު އެކުލަވާލިތާ 14 އަހަރު ފަހުން ޓްރާންސްޕޯޓު މިނިސްޓްރީން ގަވައިދު އުވާލާފައިވާއިރު، އެ މިނިސްޓްރީން ބުނީ އެ ނިންމުމާއެކު އާއްމުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބި، މަސައްކަތް އަވަސްވެގެންދާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.