ނަޑެއްލާ ދަނޑު -- ފޮޓޯ/ ސޯޝަލް މީޑިޔާ
ހަބަރު
17 Mar 2023 | 20:38
މަސައްކަތް ނުފަށާ ލަސްވާތީ ނަޑެއްލާ ޒުވާނުން ނުކުމެ ދަނޑުގައި ރުއް އިންދައިފި

މަސައްކަތް ނުފަށާ ލަސްވާތީ ގދ. ނަޑެއްލާ ޒުވާނުން ނުކުމެ އެރަށު ފުޓްބޯޅަ ދަނޑުގައި ރުއް އިންދައިފިއެވެ.

އެރަށު ޒުވާނަކު ކުރި ޕޯސްޓެއްގައި ބުނީ، މި ސަރުކާރުގެ ވެރިކަން ނިމެން ގާތްވެފައި ވާއިރުވެސް އަދިވެސް އެރަށު ދަނޑުގެ މަސައްކަތް ފަށާފައި ނުވާ ކަމަށެވެ. އެހެންކަމުން ޒުވާނުން ނުކުމެ ދަނޑުގައި ރުއް އިންދީ އެކަމާ ހިތްހަމަނުޖެހުން ފާޅު ކުރުމުގެ ގޮތުން ކަމަށް އެ ޒުވާނާ ބުންޏެވެ.

އެރަށުގައި ފުޓްސަލް ދަނޑެއް އަޅަން މީގެ ތިން އަހަރު ކުރިން އިއުލާނު ކުރިކަން ފާހަގަކޮށް އެރަށު ޒުވާނަކު ބުނީ ދަނޑުގެ ސަބް ބޭސް ހަދަން އިއުލާނު ކުރީވެސް އެމްޑީޕީގެ ޕްރައިމަރީ ފެށެން އެއް ދުވަހަށް ވީފަހުން ކަމަށެވެ.

"ނަޑެއްލާގައި ޓާފް ދަޑެއް އަޅަން ބުނެ ޢިއުލާންކުރިތާ ތިން އަހަރުވެއްޖެ. އަންނަނީ އަންނަނީ ގަ ތިއްބާ މިއޮތްނިމެނީ!" އެރަށު ޒުވާނަކު ބުންޏެވެ.

ނަމަވެސް އަދިވެސް އެރަށުގެ ދަނޑު ހެދުމަށް އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް އެރަށު ޒުވާނުން ބުނެއެވެ.

އެރަށު ކައުންސިލުން ބުނެފައި ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހު، ދަނޑު ބޭނުން ނުކުރެވޭ ހާލަތަށް ދިޔަ ކަމަށާއި މަރާމާތު ނުކުރެވި ގިނަ ދުވަސްވަނީ ކާޕެޓް ލިބުން ދަތިވުމުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް