ދިވެހި ހައްޖާޖީން/ ފޮޓޯ: ހައްޖު ކޯޕަރޭޝަން
ހަބަރު
18 Mar 2023 | 21:21
މިއަހަރުގެ ހައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަނީ

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން މި އަހަރުގެ ހައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދެއްވާނެ ފަރާތްތައް ހޯދުމަށް އަނެއްކާވެސް އިއުލާން ކޮށްފިއެވެ.

އެގޮތުން ހައްޖު ކޯޕަރޭޝަންއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެކޯޕަރޭޝަންގެ ފަރާތުން މިކަމާއި ގުޅިގެން 07 މާރިޗް 2023 ގައި ކޮށްފައިވާ އިއުލާނަށް ޖަވާބުދީ އެކަށީގެންވާ އަދަދެއްގެ ފަރާތްތަކުން ކުރިމަތިލައިފާ ނުވާކަމަށެވެ.

އެހެންކަމުން އެކޯޕަރޭޝަންގެ ފަރާތުން ހައްޖު ދަތުރަށް ފިރިހެން އެހީތެރިން ހޯދުމަށްޓަކައި އެ ފުރުސަތު އަނެއްކާވެސް ހުޅުވާލާކަމަށެވެ.

އެ ކޯޕަރޭޝަންގެ ކުރީގެ އިޢުލާނަށް އިޖާބަދީ ވަޒީފާއަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުން އަލުން ފޯމް ހުށަހަޅާކަށް ނުޖެހޭނެ ކަމަށް އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން މިކަމަށް ފޯމް ހުށާހަޅާ ފަރާތަކީ އަސާސީ ތަޢުލީމު ޙާޞިލްކޮށްފައިވާ ފާރާތެއްކަމަށާއި ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވާން ޖެހޭނެ ކަމަށް އިއުލާންގައިވެއެވެ.

މިއާއިއެކު މި މަޤާމްތަކަށް މީހުން ހޮވުމުގައި ޢަރަބި ބަސް ނުވަތަ އުރުދޫ ބަހުން މުޢާމަލާތްކުރަން އެނގޭ، ޙައްޖު އަދި ޢުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެކަމަށްވެސް އިއުލާނުގައިވެއެވެ.

އެހީތެރިންގެ މަސްއޫލިއްޔަތު:

-ޙައްޖުވެރިންނަށް ދޭންޖެހޭ އެންމެހައި މަޢުލޫމާތުތައް ދުވަހުން ދުވަހަށް ދެމުން ގެންދިއުން.

-ދަތުރުގައި ޙައްޖުވެރިން އެހީތެރިކަން ބޭނުންވާ އެންމެހައި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

-ޙައްޖުވެރިންނަށް ދިމާވާ އެކިއެކި ކަންކަން، ޙައްޖު ކޯޕަރޭޝަންގެ އިސް މުވައްޒަފުންގެ އިރުޝާދުގެ ދަށުން ޙައްލުކުރުން.

-ކެއުމުގެ އިންތިޒާމް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދިޔުމަށްޓަކައި ކައްކާއިންގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުން.

-ބާޒާރުކުރުމާ، ބާޒާރުން ގަންނަ ތަކެތި ހޮޓަލަށް ގެނައުމާ ގުދަންކުރުން.

-ޙައްޖުގެ މަޝާއިރުތަކުގައި ޙައްޖުވެރިންނަށް އެހީތެރިވުން.

-ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކޯޕަރޭޝަނަށް އެހީތެރިކަން ފޯރުކޮށްދިނުން.

މީގެ އިތުރުން އެހީތެރިންގެ އަދަދު ކަނޑައެޅޭނީ އެކުންފުންޏަށް މިއަހަރު ލިބޭ ޙައްޖު ކޯޓާގެ އަދަދަށް ރިޢާޔަތްކުރުމަށްފަހުގައި ކަމަށް އެކޯޕަރޭޝަންއިން އިއުލާންކޮށްފައިވެއެވެ.

ހައްޖު ކޯޕަރޭޝަންގެ ވެބްސައިޓްގައިވާ ޙައްޖު އަދި ޢުމްރާ ދަތުރުތަކުގައި ހިލޭސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމް ފުރުމަށްފަހު، ބޭނުންވާނެ ކަމަށް އަންގާފައިވާ ލިޔުންތަކާއިއެކު، 22 މާރިޗު 2023 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުއްވުމަށް ވަނީ އެދިފައެވެ.

ސަޢޫދީ ސަރުކާރުން ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށްޓަކައި ރަސްމީ ކޯޓާގެ ގޮތުގައި ދެއްވާ 1000 ކޯޓާ މިއަހަރު ރާއްޖެއަށް ލިބިފައިވެއެވެ.

އެގޮތުން މިއަހަރު ރާއްޖެއިން ހައްޖަށް ގެންދިޔުމަށް ބިޑް ހުށަހެޅި އަމިއްލަ 11 ކުންފުނީގެ ތެރެއިން ހުއްދަދެވޭ 3 ކުންފުނިން ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ދޫކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި މި ކޯޓާގެ ތެރެއިން ބައެއް ހައްޖު ކޯޕަރޭޝަންއަށް ދެވިގެން ދާނެ ކަމަށްވެސް ވަނީ ބުނެފައިވެއެވެ.

ކޮމެންޓް
ޅ
ލާރިކޮޅު އެ މީހުނަށް، މަސައްކަތް ހިލޭ އެހެން މީހުން ކޮށްދޭންވީ ސަޅިއެއްނު. ވާވާވާ!
18 Mar 2023
ގުޅޭ ލިޔުންތައް
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.