ގުރައިދޫ ދާއިރާގެ ކެމްޕޭނުގައި އިދިކޮޅު ލީޑަޝިޕުން ހަރަކާތްތެރި ވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
18 Mar 2023 | 15:55
ރިޒާގެ ކެމްޕޭނަށް އިދިކޮޅު ލީޑަޝިޕް ގުރައިދޫ ދާއިރާއަށް!

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓު ހުސެއިން ރިޒާގެ ކެމްޕޭނު ހަރަކާތްތައް ހިންގުމަށް އިދިކޮޅު އިއްތިހާދުގެ ލީޑަރުން ގުރައިދޫ ދާއިރާއަށް ވަޑައިގެންފި އެވެ. 

އިދިކޮޅު ލީޑަޝިޕްގެ މި ދަތުރުފުޅުފައި ޕީޕީއެމްގެ ނައިބުރައީސް މުޙައްމަދު ޣައްސާން މައުމޫނުގެ އިތުރުން، ޕީޕީއެމްގެ ނައިބުރައީސް އަހުމަދު ޝިޔާމު އަދި ޕީއެންސީގެ ނައިބުރައީސް އިބްރާހިމް ޝުޖާއު ބައިވެރިވެވަޑައިގެންނެވި އެވެ. 

އިދިކޮޅުން މައުލޫމާތު ދިން ގޮތުގައި މި ދަތުރުފުޅުގައި ލީޑަޝިޕް ބޭފުޅުން ދާއިރާގެ ތިން ރަށަށް ދަތުރުކުރައްވާނެ އެވެ. އަދި ޑޯ-ޓު-ޑޯ ހަރަކާތްތަކެއް ކުރިއަށް ގެންދަވާނެއެވެ. 

އިދިކޮޅުން މައުލޫމާތުދެއްވި ގޮތުގައި މި ދަތުރުފުޅުގައި ގުރައިދޫ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކޮށް ލީޑަޝިޕް ބޭފުޅުންވަނީ ދާއިރާއަށް ބޭނުންވާ ކަންކަމާއި ގުޅިގެން މަޝްވަރާކޮށްފަ އެވެ. 

ގުދައިރޫ ދާއިރާގައި ލީޑަޝިޕުން ހަރަކާތްތެރިވަނީ

މި ދަތުރުގެ ތެރެއިން ގުރައިދޫ ދާއިރާގެ ރައްޔިތުންގެ ހިތްތަކުގައި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އޮތް ލޯތްބާއި އެމަނިކުފާނު ޖަލަށް ލުމާއި ގުޅިގެން ރައްޔިތުންގެ އޮތް ނުތަވަސްކަން ހާމަވެގެން ދިޔަކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. 

އޭގެ އިތުރުން ދާއިރާގެ ރައްޔިތުން، އެ ދާއިރާ މީގެ ކުރިން ތަމްސީލު ކުރައްވަމުން ގެންދެވި މަރުޙޫމް އިބްރާހިމް ރިޒާއާއި އޮތް ގާތްކަމާއި، އެމަނިކުފާނަށް ރައްޔިތުންގެ ހިތްތަކުގައި އޮތް އިޚްތިރާމުވެސް ފެނިގެން ދިޔަކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. 

އިދިކޮޅުގެ ލީޑަޝިޕުން ގުރައިދޫއަށް ކުރާ މި ދަތުރަކީ ކާމިޔާބު ދަތުރެއްކަމަށާއި، ދަތުރުގެ ތަޖުރިބާއަށް ބަލާ، ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ޕީޕީއެމްގެ ކެންޑިޑޭޓު ހުސެއިން ރިޒާ ކާމިޔާބު ކުރައްވާނެކަމުގެ އުންމީދު އޮތްކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. 

ރިޒާގެ ކެމްޕޭނުގައި ޑޯ-ޓު-ޑޯ ހަރަކާތުގެ ތެރެއިން 

ކ. ގުރައިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ ބައި އިލެކްޝަނުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓު އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރިޒާގެ ކޮއްކޮ އަށް ދީފިއެވެ.

ޕީޕީއެމް އިން ބުނީ އެޕާޓީގެ ޕްރައިމަރީގައި ވާދަ ކުރުމަށް ހުޅުވާލި ފުރުސަތުގައި މުއްދަތު ހަމަވިއިރު ކުރިމަތިލާފައި ވަނީ އެޕާޓީގެ އާއްމު މެންބަރެއްގެ ގޮތުގައި ހުންނެވި، ހުސައިން ރިޒާ އެކަނި ކަމަށެވެ.

މި އިންތިޚާބުގައި ޕީޕީއެމްގެ އިތުރުން އެމްޑީޕީ އަދި އެމްއެންޕީންވެސް ވާދަކުރުމަށް ވަނީ ނިންމާފަ އެވެ. އެހެންކަމުން މިއީ ފޯރިގަދަ އިންތިޚާބަކަށް ވާނެކަމަށް ފެނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.