ފުރަމާލެ ބޭރު މަގު/ ފޮޓޯ: މިހާރު
ހަބަރު
19 Mar 2023 | 18:35
"ސިމްސް" ޕޯޓަލް މެދުވެރިކޮށް 1374 ލައިސެންސް ދޫކޮށްފި: ޓްރާންސްޕޯޓު މިނިސްޓްރީ

ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންއިން އަލަށް ތައާރުފު ކުރި "ސިމްސް" ޕޯޓަލް މެދުވެރިކޮށް 1374 ލައިސެންސް ދޫކޮށްފައިވާކަން އެ މިނިސްޓްރީން ހާމަކޮށްފި އެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ރައްކާތެރިކަމާއި ފަސޭހަކަމާއެކު ރައްޔިތުންނަށް ހޯދައި ދިނުމުގެ މަގު ފަހިކުރުމަށްޓަކައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންއިން އަލަށް ތައާރުފު ކުރި "ސިމްސް" ޕޯޓަލް އަކީ ކޮންމެ ބޭފުޅަކަށްވެސް އެ ބޭފުޅެއްގެ އީ ފާސް އެކައުންޓް ބޭނުންކޮށްގެން ފަސޭހަކަމާއެކު ޚިދުމަތް ހޯދޭގޮތަށް ފަރުމާކޮށް ފައިވާ ޚިދުމަތެކެވެ.

ސިމްސް ޕޯޓަލް ބޭނުންކޮށްގެން ދިވެހި ރައްޔިތުންނަށާއި އަދި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ވެސް ދުނިޔޭގެ ކޮންމެ ތާކު ތިބެގެންވެސް ޚިދުމަތް ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ. ސިމްސް ޕޯޓަލްގައި ބޭނުންކޮށްފައިވާ އީފާސްއަކީ ކޮންމެ ބޭފުޅަކަށްވެސް އެބޭފުޅެއްގެ އީފާސް އެކައުންޓު ބޭނުންކޮށްގެން ޚިދުމަތް ހޯދޭގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ.

ކުރިން ލައިސަންސް ޚިދުމަތް ދެމުންގެންދިޔައިރު ބައެއް ފަރާތްތަކުން ޑުރައިވިންގ ޓެސްޓުގައި ބައެއް މައްސަލަތައްދިމާވެ، ލައިސަންސް ލިބުމުގައި ދަތިތަކެއް ދިމާވަމުންގޮސްފައި ވުމާއެކު އީފާސް މެދުވެރިކޮށް އޮތެންޓިކޭޓަރގެ އެހީގައި ލައިސަންސްގެ ޚިދުމަތް ލިބިގަތުމުގެ ސަބަބުން އެ ޚިދުމަތަކީ ސައްހަ ހިދުމަތެއްކަން ޔަގީންކުރެވއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އިން ފާހަގަކޮށްފައިވާ ގޮތުން އަލަށް ތާއާރަފު ކުރި ސިމްސް ޕޯޓަލް 05 ފެބްރުވަރީ 2023 ގައި ޚިދުމަތް ފޯރުކޮށްދޭން ފެށިފަހުން މިހާތަނަށް 1374 ލައިސަންސް ވަނީ ދޫކޮށްފައެވެ.

އެގޮތުން 18 މާރިޗް 2023 ގެ ނިޔަލަށް އަމަލީ އިމްތިހާން (ޑްރައިވިންގ) އާއި ގަވާޢިދު އިމްތިހާނު (ތިއަރީ) ހޯދުމަށް ހުށަހަޅާފައިވާ ހުރިހާ ފަރާތްތަކަށް ވަނީ ޚިދުމަތް ފޯރުކޮށްދެވިފައި ކަމަށާއި އަދި 18 މާރިޗު 2023 އާއި ހަމައަށް ލައިސަންސް ހަދައި ދިނުމުގެ މަރުހަލާގައި ޚިދުމަތް ދެމުންދަނީ 54 ލައިސަންސްއަކަށް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ދުނިޔޭގެ ގައުމުތަކުގައި ޑްރައިވިން ސްކޫލްތަކަކީ އުޅަނދުތައް ދުއްވާ ފަރާތްތަކަށް އުޅަނދު ދުއްވުމުގެ ހުނަރާއި ގާބިލުކަން ހޯދައި ދިނުމާއެކު އެ ފަރާތްތަކަކީ މަގުމަތީގެ އަދަބުތަކާއި އުޅަނދު ދުއްވުމުގައި ގެންގުޅޭ ހަމަތައް އެގިގެން އުޅަނދު ދުއްވާ ފަރާތްތަކެއްކަން ޔަގީންކުރުމަށް ތައުލީމާއި ތަމްރީނު ހޯދައިދިނުމުގެ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކެކެވެ.

ޑުރައިވިންގ ސްކޫލްތަކަކީ ފަރުދުންގެ މަޢުލޫމާތުތައް ހޯދައި އެމަޢުލޫމާތުތަކުގެ އެހީގައި މުއައްސަސާތަކުން ހޯދާ ޚިދުމަތަށް ތަމްރީނު ލިބިގަންނަންއަންނަ ފަރާތްތަކުގެ ނަމުގައި ޚިދުމަތަށް އެދޭގޮތަށް ކަންކަން ހަމަޖެހިފައި އޮންނަ ގޮތެއްވެސް ނޫނެވެ.

ޑްރައިވިންގ ސްކޫލްތަކުން ތަމްރީނު ލިބިގަންނަން އަންނަ ފަރާތްތަކުގެ ނަމުގައި ލައިސންސަށް އެދޭގޮތަށް އޮތުމުން މުއައްސަސާތަކުން ނަގާ ފީއަށް ވުރެ ބޮޑު ފީ ނެގުމާއި އިތުރަށް ޚިދުމަތަށް ޗާޖުކުރަމުން ދާކަމުގެ ޝަކުވާތައްވެސް ޚިދުމަތް ހޯދާފަރާތްތަކުން ކުރަމުންދާކަން ފާހަގަކުރެވެއެވެ.

އީފާސް ބޭނުންކުރުމުގެ ސަބަބުން ކުރިން އެޕްލިކޭޝަންއާއެކު ހުށަހަޅުއްވާންޖެހޭ އައި.ޑީ ކާޑުގައި ހިމެނޭ މަޢުލޫމާތުތައް ހުށަހަޅަން ނުޖެހުމާއި އަދި ކޮންމެ ބޭފުޅަކަށްވެސް އެ ބޭފުޅެއްގެ އަމިއްލަ އީފާސްއިން ޚިދުމަތަށް ފަސޭހަކަމާއެކު އެދެވި އެ އެޕްލިކޭޝަންގެ ކަންކަން ކުރިޔަށް ދާގޮތް ވަގުތުން ބަލާލެވުމާއި ހުށަހަޅާ އެޕްލިކޭޝަންއަކީ ސައްހަ ތެދު މަޢުލޫމާތު ހިމެނޭ އެޕްލިކޭޝަނެއްކަން ދެނެގަނެވޭ ގޮތް ސިމްސް ޕޯޓަލްގައި ތަރުތީބުކޮށްފައެވެ.

މި ޚިދުމަތަކީ މިހާރު ރައްޔިތުން ބަލައިގަނެފައިވާ ފަސޭހަ އަދި ރައްކާތެރި ޚިދުމަތަކަށް ވުމާއި މި ޚިދުމަތުގެ ތެރެއިން ކޮންމެ ބޭފުޅަކަށްވެސް ޑިޖިޓަލް ލައިސަންސް ލިބޭނެގޮތަށް ވަނީ ކަންކަން ހަމަޖެހިފައެވެ. އަދި އަމިއްލަ އީފާސް އެކައުންޓުން ސިމްސް ޕޯޓަލްއިން މި ޚިދުމަތް ހޯދުމުން ޑިޖިޓަލް ލައިސަންސް ކޮންމެ އިރެއްގައިވެސް ބަލާލުމުގެ މަގު ފަހިވެގެން ދިޔައީއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.