ރޯދަ ސްކޮޑް ޕޯސްޓަރ އެއް--
ހަބަރު
19 Mar 2023 | 21:45
ޕީސް ފައުންޑޭޝަންގެ "ރޯދަ ސްކޮޑް"؛ ރޯދަމަހުގެ ލަނޑުދަނޑިއާ ހަމައަށް ވާޞިލުވުމުގެ އާރުކާޓީއެއް

ޕީސް ފައުންޑޭޝަނުން މުޅިން އަލަށް ތަޢާރަފް ކުރާ ޕްރޮގްރާމް، "ރޯދަ ސްކޮޑް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޕީސް ފައުންޑޭޝަން އިން ބުނީ، ރޯދަ ސްކޮޑަކީ ރަމަޟާން މަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށްޓަކައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ހުޅުވާލެވިފައިވާ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ރަމަޟާން މަސް ފެށިގެން ނިމެންދެން އެއް ވާނެއްގައި އަޅުކަމުގައި ހީވާގިވެ އުޅެން ބޭނުންވާ ބޭފުޅުންނަށް އެ ލަނޑުދަނޑިއާ ހަމައަށް ވާޞިލުވުމުގެ އާރުކާޓީއަކަށް ވުން ކަމަށްވެސް އެ ޖަމިއްޔާ އިން ބުނެއެވެ. 

ޕްރޮގްރާމުގައި ހިމެނޭ ބައިތައް

މި ޕްރޮގްރާމުގައި މުޅި ރޯދަމަހަށް ބަހާލައިގެން ބައިވެރިން ފުރިހަމަ ކުރަންޖެހޭ ޓާސްކުތަކާއި، ކޮންމެ ހަފްތާއަކު ފުރިހަމަ ކުރަންޖެހޭ ޓާސްކުތައް ހިމެނޭނެ ކަމަށް ޕީސް ފައުންޑޭޝަން އިން ބުނެއެވެ. މި ޓާސްކުތަކުގެ ތެރޭގައި، "ރޯދަ ސްކޮޑް" ގެ ހިންގާ ޓީމުން ކަނޑައަޅާ ޓާސްކުގެ ތަކުގެ އިތުރުން ބައިވެރިން ބޭނުންވާ ޓާސްކުތައްވެސް ހިމެނޭނެކަން އެ ޖަމިއްޔާ އިން ފާހަގަ ކުރެއެވެ. 

މީގެ އިތުރުން، ކޮންމެ ހަފްތާއަކު ދެ ދުވަހު ޢިލްމުވެރިއަކާއެކު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ބައްދަލުވުންތައް ކުރިޔަށް ދާނީ ޢަޤީދާ އަދި ޤުރުއާނުގައި އައިސްފައިވާ ވާހަކަތައްފަދަ މަޢުޟޫތަކަށް އަލިއަޅުވާލެވިގެން ކަމަށްވެސް ޕީސް ފައުންޑޭޝަން އިން މައުލޫމާތު ދެއެވެ. 

އަދި ހަމައެހެންމެ، ކޮންމެ ހަފްތާއަކު އެއް ދުވަހު ބައިވެރިންނަށް ބާއްވާ ރޯދަ ވީއްލުމަކާއި، ތަރާވީޙް ނަމާދު ފަހުން ކޮފީ އަކުން ބައްދަލުކުރުން ވެސް އޮންނާނެ ކަމަށާ މި ބައްދަލުވުމަކީ ބައިވެރިންގެ ވާހަކަތައް އަޑު އަހާ، ސުވާލުތަކަށް ޖަވާބު ދިނުމަށް ޚާއްޞަ ބައްދަލުވުމެއް ކަންވެސް އެ ޖަމިއްޔާ އިން ފާހަގަ ކުރެއެވެ.

ރޯދަ ސްކޮޑުގައި މި އަހަރު ބައިވެރިވުމަށް ހުޅުވާލާފައިވަނީ 18 އަހަރާއި 26 އަހަރާދެމެދު ފިރިހެނުންނަށެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފީ އަކީ 900 ރުފިޔާ އެވެ. އަދި ޕްރޮގްރާމް ކުރިޔަށް ދާނީ މާލެ ސިޓީ ގައެވެ.

ބައިވެރިވުމަށްޓަކައި (https://forms.gle/yvpeSAPeiT52bjqp7) މި ލިންކުގައިވާ ފޯމް ފުރާލާށެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9552949 މި ނަންބަރަށް ގުޅާލައްވާށެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.