ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ގާސިމާއި ބައްދަލުމުގެ ކުރިން ނޫސްވެރިންނަށް ބައްދަލުކުރައްވަނީ: ފޮޓޯ/ ވޮއިސް
ހަބަރު
20 Mar 2023 | 14:07
ޕީޕީއެމާއި އެކު ކޯލިޝަން ހެދުމުގެ ފުރުސަތު ވެސް އެބައޮތް: ރައީސް މައުމޫން

މި ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމާއި އެކު ކޯލިޝަން ހެދުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް އެމްއާރްއެމް ގެ ޒަޢީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ. 

ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހ. ފުލިދޫ ގޭގައި ރައީސް މައުމޫނާއި، އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި ބައްދަލުކުރައްވާފައެވެ. 

އެ ބައްދަލުވުމަށް ވަޑައިގެންނެވުމުގެ ކުރިން، ފުލިދޫ ގޭގެ ބޭރުގައި ރައީސް މައުމޫން ވަނީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. 

އެގޮތުން، ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ޕާޓީ، ޕީޕީއެމާއި އެކު ކޯލިޝަން ހައްދަވާފާނަންތޯ ނޫސްވެރިއެއް ކުރި ސުވާލަށް ޖަވާބު ދެއްވަމުން މައުމޫން ވަނީ އެއީވެސް ވެދާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ. 

"ހުރިހާ ކަމަކީވެސް ވެދާނެ ކަމެއް ދެއްތޯ؟ ކޮންމެ ކަމެއްވެސް އެކަމެއްގެ ވަގުތުގައި އެކާމާއި ބެހޭ މަޝްވަރާތައް ކޮށްފައި، ގޮތެއް ނިންމާނީ. ކުރިއަކުން ބުނާކަށް ނޭނގެ." ޕީޕީއެމާއި އެކު ކޯލިޝަން ހަދާނަންތޯ ސުވާލު ކުރުމުން ޖަވާބުގައި މައުމޫން ވިދާޅުވިއެވެ.  

މައުމޫންގެ ޖަވާބާއި ގުޅިގެން ނޫސްވެރިޔާ ވަނީ، އެހެންކަމުން ޕީޕީއެމާއި އެކު ކޯލިޝަން ހެދުމުގެ ފުރުސަތު އޮތްތޯ އަނެއްކާވެސް ސުވާލު ކުރައްވާފައެވެ. 

"ހުރިހާ ކަމަކަށްވެސް ފުރުސަތު އެބައޮތް. ގިޔާމަތް ވުމަށްވެސް ފުރުސަތު އެބަ އޮތެއް ނޫންތޯ." ސަމާސާ ރާގެއްގައި މައުމޫން ވިދާޅުވިއެވެ. 

ޕީޕީއެމާއި އެކު ކޯލިޝަން ހެދުމުގެ ފުރުސަތު އޮތް ކަމަށް މައުމޫން ވިދާޅުވެފައިވާއިރު، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް އާއި މިހާތަނަށް ރައީސް މައުމޫނާއި އެކު ސިޔާސީ މަސައްކަތް ކުރުމާއި ގުޅިގެން ކުރި ސުވާލުތަކަށް ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ. އެގޮތުން، މީގެ ކުރިން 'ވޮއިސް' އަށް ދެއްވި ޚާއްސަ ބަސްދީގަތުމުގައިވެސް އެމަނިކުފާނު އެ ސުވާލާއި ގުޅިގެން ވަކި އެއްޗެއް ވިދާޅުވެވެން ނެތް ކަމަށް ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ