މޫނު ބުރުގާ ނުވަތަ ނިޤާބު އަޅައިގެންތިބި އަންހެނުންތަކެއް
ދީން
29 Mar 2023 | 14:34
ދިވެހި ތާރީޚުން މޫނު ބުރުގާ

މޫނު ބުރުގާ ނުވަތަ ނިޤާބަކީ ދިވެހިންނަށް އައު އެއްޗެއް ކަމަށް ބަޔަކަށް ހީވެފައި އޮވެދާނެއެެވެ. އަދި އެއީ މިފަހުން ރާއްޖެއިން ޢަރަބި ޤައުމުތަކަށް ކިޔަވަން ގޮސް އެނބުރި އައި "ފަހު ޒަމާނުގެ ދަންނަބޭކަލުން" ގެނައި އައު ވާހަކަތަކެއް  ކަމަށް ޤަބޫލު ކޮށް އެވާހަކަ އެހެން ބުނާ ދިވެހިން އަދިވެސް މަދެއްނޫނެވެ.

ނަމަވެސް ހަޤީޤަތަކީ މޫނު ބުރުގާ ނުވަތަ މިހާރު މިކިޔާ ގޮތުން ނަމަ ނިޤާބަކީ ކުރީގެ ދިވެހިން ވެސް އަޅައި އުޅުނު އެއްޗެއް ކަމެވެ. އަދި އެ އެޅުމުގެ ވާޖިބުކަން ދިވެހިން އެންމެ އިސްކަމެއް ދިން ދީނީ ފޮތް ތަކުގައި ބަޔާން ކޮށް ދެއްވާފައިވާ ކަމެވެ. މޫނުބުރުގާ ނުވަތަ ނިޤާބަކީ ދިވެހި ތާރީޚާއި ދުރު ބީރައްޓެހި އެއްޗެއް ކަމަށް ދައްކަަން މަސައްކަތް ކުރިނަމަވެސް، ހަޤީޤަތަކީ އެއީ ނޫންކަން އެކަމުގެ ހެކިތަކާއި އެކު ހުރީ ފެންނާށެވެ.

މިދެންނެވި ވާހަކަތަކުގެ ހެކި އައްޝެއިޚް އާދަމް ނިޝާން ބަޔާންކޮށްދެއްވާފައިވެއެވެ. 

"މިއޮތީ ބޮޑުތަރުތީބު، މީގަ އެބައޮތް، ތަޢުލީމުއް ދިޔާނާ، އެންމެ ބޮޑު ދީނީ މަރުޖިޢު ކަމަށް ދިވެހިން ބަލަމުން އައި ދެވަނަ ފޮތް، މީގެ 51ވަނަ ސަފްޙާގަ އެބެއް ޢައުރައިގެ ވާހަކަ، މި ހުރިހާ ދުވަސްވީރު ނޭނގޭ، އެފޮތްތައް ކިޔަމުން އައީ އެފޮތްތަކުގައި ލިޔެފައި ވެސް އެބެއް، އެއީ ހޯދަން ޖެހޭ މިންވަރަށް ނުބަލާއޮތީ، ޢިލްމު ވެރިން ބަޔާން ކޮށްދެއްވާފައިވެސް އެބެއް، ރާއްޖޭގެ ތާރީޚުގައި އެބެއް ވަރަށް ރަނގަޅަށް އެކަން ބަޔާން ކޮށްދެއްވާފަ، ޢަމަލު ކޮށްފައިވެސް އެބެއް" ޝައިޚް ނިޝާން ވިދާޅުވިއެވެ. 

ބޮޑު ތަރުތީބު ނުވަތަ ޒުހުރުލް ކަލާމަތީ ފީ އަޙްކާމިލް ޢިބާދާތް ފޮތުގެ 178 ވަނަ ސަފްޙާގައި ބަޔާން ކޮށްދެއްވާފައި ޢައިރައިގެ ވާހަކައިގައި ވަނީ ފިރިހެނާގެ ޢައުރައީ ފޫޅާއި ކަކުލާއި ދެމެދުވާހައި ތަނެވެ. ފޫޅާއި ކަކުލާއި ދެތަން ޞަޙީޙު ބަހުގައި ޢައުރަ ކަމުގައި ނުވިޔަސް ނިވައި ކުރުން ވާޖިބު ވާހުއްޓެވެ. މިހެނީ ވާޖިބުކަމެއް އެކަމަކާއި ނުލައި ފުރިހަމަނުވާ ކޮންމެ ކަމެއް ކުރުމީ ވާޖިބު ކަމެކެވެ. އަޅު އަންހެނާގެ ޢައުރަ ނަމާދުގައި ނަމަ ފިރިހެނާގެ ޢައުރަ ފަދައެވެ. ނަމާދުން ބޭރުގައި މިނިވަން އަންހެނަކާއި ހަމަހަމައެވެ. ނަމާދުގައި މިނިވަން އަންހެނާ އާއި ޚުންޘާ އާއި ދެމީހުންގެ ޢައުރައީ މޫނާއި ދެއަތްތިލް ނޫންހާއި ތަނެވެ. ނަމާދުން ބޭރުގައި މޫނާއި ދެއަތްތިލަޔާއި ވިޔަސް ޢައުރަ މެއެވެ.

"މިއޮތީ ވަރަށް ސާފުކޮށް އަޅުގަނޑުމެން އެއްވެސް މީހަކަށް އޮޅިފަ ނޯންނާނެ ޚުންޘާއިންނާއި މިނިވަން އަންހެނާގެ ނަމާދުގައި ނަމަ މޫނާއި ދެއަތްތިލަ ނޫންހާތަނެކޭ، ނަމާދުން ބޭރުގައި ނަމަ މުޅި ހަށިގަނޑޭ، އެހެން ވީމަ އެނގެނީ އެއީ މޫނު ބުރުގާގެ ވާހަކަކަން، މިއީ އަޅުގަނޑުމެން މިހާރު ދައްކާވާހަކަ އެއްނޫން، މިއީ ބޮޑު ތަރުތީބު، ޒުހުރުލް ކަލާމާތި ފީ އަޙްކާމިލް ޢިބާދާތި، މި ފޮތުގައި މިއޮތީ ބަޔާން ވެފައި، އަޅުގަނޑުމެން މިހެން ހަދައިގެން އައިސް ދައްކާވަހަކައެއް ނޫން" ޝެއިޚް ނިޝާން ވިދާޅުވެފައިވެއެވެ.

ތަޢުލީމުއް ދިޔާނާއަށް ބަލައިލާއިރުވެސް، ތަޢުލީމުއް ދިޔާނާގެ ދެވަނަ ފޮތުގެ 51 ވަނަ ސަފްޙާގައި މުޙައްމަދު ޖަމީލްވެސް ބަޔާން ކުރައްވާފައި ނަމާދުގައި ފިރިހެނާގެ ޢައުރައަކީ ފޫޅާއި ކަކުލާއި ދެމެދުކަމަށެވެ. އަޅު އަންހެނާގެ ޢައުރަވެސް ހަމަ އެފަދައެވެ.  އަދި އެއީ ނަމާދުގައި އަޅު އަންހެނުންނަށް ޙުކުމް ތަފާތުވާތީ އެވެ. މިނިވަން އަންހެނާގެ ޢައުރައަކީ މޫނާއި ދެއަތްތިލަ ނޫންހާއި ތަނެވެ. ހަމަ އެއް ޢިބާރާތެއް ގާތް ގަނޑަކަށް މިއޮތީ މުޙައްމަދު ޖަމީލް ދީދީވެސް ބަޔާން ކޮށްދެއްވާފައި މި އޮތީ، ނަމާދުން ބޭރުގައި ފިރިހެނާގެ ޢައުރައީ ފޫޅާއި ކަކުލާއި ދެމެދެވެ. މިނިވަން އަންހެނާގެ ޢައުރައީ ކައިވެނި ހެޔޮނުވާ މީހުންނާއި މުސްލިމް އަންހެނުންގެ ކުރިމަތީގައި ނަމަ ފޫޅާއި ކަކުލާއި ދެމެދެވެ. ހިލޭ ފިރިހެނުންގެ ގާތުގައި ނަމަ މުޅި ހަށިގަނޑެވެ.

"މީ އަޅުގަނޑުމެން ކިޔާ ފޮތްތަކޭ، އެކަމަކު ތާރީޚު މިއޮތީ އަޅުގަނޑުމެންނަށް ފޮރުވިފަ ނުވަތަ ފޮރުވާފަ، މިފަދަ ވާހަކަތައް އަޅުގަނޑުމެންނަށް ސްކޫލްތަކުގައި ކިޔަވައެއް ނުދެވޭ، އަޅުގަނޑު މެންނަށް ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުން މިވާހަކަތައް މީޑިއާ ތަކުގައި ދައްކާ އަޑެއް ނީވޭ. އެހެން ނަމަވެސް މިއީ އަޅުގަނޑުމެންގެ ތާރީޚުގައި ފެންނަން ހުރި ކަންކަން" ޝައިޚް ވިދާޅުވެފައިވެއެވެ.

ދިވެހި ތާރީޚަށް ބަލާއިރު ސުލްޠާން އިބްރާހިމް އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައި ރާއްޖެއަށް މަޝްހޫރު ދަންނަބޭކަލަކު ވަޑައިގެންނެވިއެވެ. އެބޭކަލެއްގެ ނަމަކީ ސައްޔިދު މުޙައްމަދު ޝަމްސުއްދީން ކަަމަށް ލިޔެވިފައިވެއެވެ. ޢިލްމު އުނގެނި ވަޑައިގަތީ މިޞްރުގެ ޖާމިޢަތުލް އަޒްހަރުންނެވެ. އެނބުރި ވަޑައިގަތީ 14 ރަބީޢުލް އައްވަލް 1097 ގައި، މީލާދީ ސަނަތުން 29 ޖެނުއަރީ 1686 އަދި އެެއީ މީގެ ގާތް ގަނޑަކަށް 400 އެއްހާ އަހަރު ކުރިއެވެ.

އިސްކަންދަރު ރަސްގެފާނުގެ ފަރާތުން ސައްޔިދު ކިލޭގެފާނަށް ލިބިވަޑައިގަތީ ހޫނު މަރުހަބާއެކެވެ. ރަދުންގެ ޚާއްސަ އެދިވަޑައިގަތުމުގެ މަތިން ރާއްޖޭގެ ރައްޔިތުންގެ މެދުގައި ދީނުގެ ނުފޫޒު ފެތުރުމަށް އެކަލޭގެފާނު ފެއްޓެވިއެވެ. ނަމަވެސް ދުވަސްކޮޅެއްގެ ތެރޭގައި އެކަލޭގެފާނުގެ އަމުރުތަކަށް ކިޔަމަންވުން ދިވެހިންނަށް ނުކުޅެދޭ ކަމަކަށް ވެއްޖެއެވެ. ދީނުގައި އޮތް ގޮތް ބަޔާން ކުރަންޖެހެއެވެ. އެކަންކަމަކީ ދިވެހިންގެ ތެރޭގައި ޢާންމުކޮށް ނޭނގޭ ކަންކަމެވެ. އެގޮތުން އެކަލޭގެފާނުގެ އަމުރު ތަކުގެ ތެރޭގައި ފިރިހެނުން ތުނބުޅި ދިގުނުކުރުމަށާއި އަންހެނުން މޫނުބުރުގާ އެޅުން ހިމެނެއެވެ. ފަހު ނަތީޖާއަކީ ސައްޔިދު ކަލޭފާނާއި ރަދުންނާއި ދެމެދު ގުޅުންކެނޑުމެވެ. "އޭރު ޢިލްމުވެރިން ދައްކަވާފަހުރި ވާހަކަ، މިއީ މިއަދު އަޅުގަނޑުމެން ދައްކާ ވާހަކައެއްނޫން، ތާރީޚުގެ ތެރެއިން ތުނބުޅި އާއި މޫނު ބުރުގާގެ ވާހަކަ " ޝެއިޚް ވިދާޅުވިއެވެ.

ޝެއިޚް ވިދާޅުވީ ދިވެހި ތާރީޚުގައި އެކަންކަން ބަޔާން ކުރެވި ޢަމަލުވެސް ކުރެވިފައިވާކަމަށެވެ. 

އެގޮތުން ދެން އޮތީ އައްސުލްޠާން މުޙައްމަދް މުޙްޔިއްދީން އަލް ޢާދިލްގެ ގެ ރަސްކަމުގެ ވާހަކައެެވެ، އެއީ މީލާދީ ސަނަތުން 1691 އެވެ. މިރަދުންނަކީ ދީންވެރި ޢިލްމަށް ވަރަށް ލޯބިކުރެއްވި ބޭކަލެކެވެ.

"ރަސްކަމަށް އެންމެ ފުރަތަމަ އިސްކުރެވުމަށްފަހު އެންމެ އިސްކަމަކަށް ހެއްދެވީ އޭރު އަރުވަލައިފައި ހުންނެވި ޝެއިޙް ހަސަން ތާޖުއްދީން (އަރުވާލައިފައި ހުންނެވި، ހައްޤުބަސް ބުނުމުގެ ސަބަބުން) އެހެންވީމަ އޭރުވެސް އޮތް ކަމެކޭ އެއީ" ޝެއިޚް ވިދާޅުވިއެވެ.

އައްސުލްޠާން މުޙައްމަދު މުޙްޔުއްދީން އަލް ޢާދިލް ރަސްކަމަށް އިސްވެވަޑައިގަތީ ރާއްޖޭގެ ތާރީޚް ދެކެފައިނުވާ ވަރަށް ފާސިޤު ކަމާއި ލާދީނީ ކަންކަން ފެތުރި ހިންގިފައިވާ ދުވަސްވަރެއްގައެވެ. އެއީ މީލާދީ 1691 ވަނަ އަހަރުއެވެ. އެރަދުން ރަސްކަމަށް އިސްވިއިރު ރާއްޖެ ވަނީ އެއްވެސް ލާދީނީ ބާރެއްގެ މަޖުބޫރު ކަމެއް ނެތި ކުރިން ހުންނެވި ތުއްޕުޅު ރަދުންގެ މަންމާފުޅު އެނދި މަރިޔަނބުގެ ބާރުގައި އިސްލާމްދީނުގެ އަސްލުތައް އުވިދިއުމާއި ހަމައިގައެވެ.

މިރަދުންނަކީ ވަރަށް ދީންވެރި ޢިލްމަށް ލޯބިކުރެއްވެވި ބޭފުޅެއް، ރަސްކަމަށް އިސްވެވަޑައިގަތުމަށް ފަހު މިރަދުންގެ އެންމެ އިސް ޢަމަލުފުޅެއްކަމަށްވީ އޭރު އަރުވާލައްވާފައި ހުންނެވި ޝައިޚް ހަސަން ތާޖުއްދީން މާލެ ގެންނަވައި، އެކަށީގެންވާ ގަދަރެއްގެ މަތީގައި ބެހެއްޓެވުމަށެވެ. އެގޮތުން މަހަކު 50 ލާރި ހަސަން ތާޖުއްދީނަށް ދެއްވިއެވެ. އަދި ފުނަދޫ ޚަތީބު ތަކުރުފާނުގެ ލަފާގެ މަތިން ދީނުގެ ވަރަށް ގިނަ އަމުރުތައް އައުކުރެއްވެވިއެވެ. ފަސް ވަގުތު ނަމާދުކުރުމަށާއި، ޒަކާތްދިނުމަށާއި، ރޯދަހިފުމަށާއި، ރާނުބޯށާއި، ބަނގުނުކާށާއި، ޒިނޭނުކުރުމަށާއި، އަންހެނުން މޫނުބުރުގާ އެޅުމަށް އަމުރުކުރެއްވިއެވެ. އަދި ފިރިހެނުން ގަމީސްލައި، ފަގުޑިއަޅައި، ފައިވާނަށް އެރުމަށް ހުއްދަދެއްވައި، ޚައްޖަށްދާނެ މީހަކު ޙައްޖަށްދިއުމަށް ހުއްދަދެއްވިއެވެ.

"މިއީ ދިވެހި ތާރީޚު، މިއީ އަޅުގަނޑު ދައްކާވާހަކައެއްނޫން، މިއޮތީ ރާއްޖޭގައި ވެސް އެކަން ކޮށްފަ، ތާރީޚުގަ ކުރިން، އަޅުގަނޑުމިއަދު މިވާހަކަ ދެއްކީމަ ބުނާނެ މިއޮތީ ފަހު ޒަމާނުގެ ދަންނަބޭކަލުން އައިސް އައު ވާހަކަ ދައްކަން ފަށައިފަ، މީ ރާއްޖޭގެ ތާރީޚުގައި އޮތީ ސުންނަތުން ސާބިތުވާން ހުރިކަންކަން ކުރެއްވިކަން، އަޅުގަނޑުމެންނަށް ފެންނަން އޮތީ ދިވެހިން އައީ ކަންކަން އެނގެމުން އައިވަރަކަށް އެ އެނގޭ ހައްޤު މިންވަރަކަށް އެއަށް ޢަމަލުކުރަމުން ކަން" ޝައިޚް ނިޝާންގެ ވާހަކައިގައި ވިދާޅުވެފައިވެއެވެ. 

ކޮންމެއަކަސް މޫނު ބުރުގާ ނުވަތަ ނިޤާބަކީ ދިވެހި ތާރީޚު ދުށް އަދި އެއާއި ރައްޓެހިވެސް އެއްޗެކެވެ. މޫނު ބުރުގާގެ ޙުކުމަކީ ދިވެހި ރާއްޖޭގައި އެޙުކުމަކަށް ޢަމަލު ކުރެވުނު ޙުކުމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.