އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ.-- ފޮޓޯ:މިހާރު
ހަބަރު
21 Mar 2023 | 10:23
ޕްރިންސިޕަލް ފޯރަމް އަށް ދައުވަތު ދީފައިވަނީ މިނިސްޓްރީ ގެ ޕޮލިސީ ލެވެލްގެ ބޭފުޅުންނަށް

ހއ.އަތޮޅު ސުކޫލުތަކުގެ ތައުލީމީ ހާލަތު ރަނގަޅުކުރުމަށް އެ އަތޮޅު ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދިޔަ ޕްރިންސިޕަލުންގެ ފޯރަމަށް ދައުވަތު ދީފައިވަނީ މިނިސްޓްރީ ގެ ޕޮލިސީ ލެވެލްގެ ބޭފުޅަކަށް ކަން ހާމަވެއްޖެއެވެ. 

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް ޝާޒް ގެ ކެމްޕޭނަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ އެރަށަށް ވަޑައިގެން އުޅުއްވަނީ ހއ .އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި ޕްރިންސިޕަލް ފޯރަމަށް ދެއްވި ދައުވަތު ގަބޫލުނުކުރައްވާ ކަމަށް ބުނެ ޕީއެންސީ ގެ ނައިބު އިބްރާހިމް ޝުޖާޢު ވަނީ އިއްޔެ ޓުވީޓެއް ކުރައްވާފަ އެވެ. 

ޝުޖާއުގެ ޓުވީޓަށް ރައްދު ދެއްވައި މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށާ އަދި އެފަދަ ދައުވަތެއް ލިބިފައެއްވެސް ނުވާ ކަމަށެވެ. 

"ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތު ނުަފެތުރެއްވުން އެދެން." މިނިސްޓަރު ވިދާޅުވި އެވެ. 

ޕްރިންސިޕަލް ފޯރަމް ގައި ބައިވެރިވުމަށް އެދި ހއ.އަތޮޅު ކައުންސިލުން އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް "ވޮއިސް" އަށް ވަނީ ލިބިފައެވެ. އެ ސިޓީގައި އެ ކައުންސިލުން ވަނީ މިނިސްޓްރީގެ ޕޮލިސީ ލެވެލްގެ ބޭފުޅެއް އެ ފޯރަމަށް ފޮނުވުމަށް އެދިފައެވެ. އަދި ވަކިން ޚާއްޞަކޮށް މިނިސްޓަރަށް ދައުވަތު އަރުވާފައި ނުވާކަންވެސް އެއިން ހާމަވެއެވެ. 

އެ ފޯރަމުގައި ބައިވެރިވުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވި ދައުވަތާ ގުޅިގެން އެ މިނިސްޓްރީން ދީފައިވާ ޖަވާބުގެ ކޮޕީއެއްވެސް މީސްމީޑިއަށް ވަނީ ތިލަވެފައިވެއެވެ.

ފޯރަމްގައި ބައިވެރިވެވެން ނެތް ކަމަށް ބުނެ މިނިސްޓްރީން ފޮނުވި ޖަވާބު

އެ ސިޓީގައި ވާގޮތުން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު އަލީ ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ވިދާޅުވީ މިހާރު މިނިސްޓްރީގެ މަސައްކަތްތައް ހުރި ގޮތުން އެ ވުޒާރާގެ ބޭފުޅަކު ހއ.އަތޮޅު ކައުންސިލުން ބާއްވާ ފޯރުމުގައި ބައިވެރިކުރުމަކީ ދަތިކަމެއް ކަމުގައި ދަންނަވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.