މިއަހަރުގެ ރެހެންދި އެވޯޑް ހާސިލުކުރެއްވި ފަރާތްތައް---ފޮޓޯ: ރައީސް އޮފީސް
ހަބަރު
21 Mar 2023 | 15:02
މިއަހަރުގެ ރެހެންދި އެވޯޑް 7 ފަރާތަކަށް ހަވާލުކޮށްފި

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ރެހެންދި އެވޯޑް ދިނުމުގެ ހަފްލާ ބާއްވައިފިއެވެ.

ރޭ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވުނު ރެހެންދި އެވޯޑް ދިނުމުގެ ހަފްލާއަކީ ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް އެ މިނިސްޓްރީއިން ބާއްވާ ހަފްލާއެކެވެ.

މިއަހަރުގެ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ރެހެންދި އެވޯޑު ޙާޞިލުކޮށްފައިވާ ފަރާތްތަކަށް، އެވޯޑު ހަވާލުކޮށްދެއްވާފައެވެ.

އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ވަނީ މިއަހަރުގެ ރެހެންދި އެވޯޑު ޙާޞިލުކޮށްފައިވާ ފަރާތްތަކަށް، ބުރޫޗު ހަވާލުކޮށްދެއްވާފައެވެ.

ރެހެންދި އެވޯޑް ދީފައިވަނީ 4 ދާއިރާއިން 7 ފަރާތަކަށެވެ.

އެގޮތުން ރެހެންދި އެވޯޑްތަކުގެ ތެރެއިން އަންހެނުން އާއްމުކޮށް ކޮށްނޫޅޭ މަސައްކަތްތައް ނުވަތަ ނޮން ޓްރެޑިޝަނަލް ރޯލް ކެޓަގަރީ އިން އެވޯޑް ލިބިފައި ވަނީ ހ. ތިޔަރަފަތް ޢާއިޝަތު ޝިމާނީ އަށެވެ.

އަދި ލީޑަރޝިޕް އަދި ގަވަރނަންސްގެ ކެޓަގަރީ އިން އެވޯޑް ހާސިލްކޮށްފައިވަނީ މ.ނަލަރީތިގެ، ކ.މާލެ ރުޤިއްޔާ އިބްރާހިމް އެވެ.

މިއާއިއެކު ޢިޖުތިމާއީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާއިން އެވޯޑް ހާސިލްކޮށްފައިވަނީ:

-އައިމިނަތު އިބްރާހިމް، ހުޅުމާލެ ހިޔާ ފްލެޓް H-11-16-12

-ހުސްނާ ފަހުމީ، މ.އަފްޒާ

-ރަޝީދާ އިބްރާހިމް، ރިޔާ ސ.މީދޫ

-ޒީނާ ޒާހިރު، އަތިރީގެ ގދ. ގައްދޫ 

މީގެ އިތުރުން އިންސްޓިޓިއުޝަނަލް ޖެންޑަރ މެއިންސްޓްރީމިންގ ވަޒީފާދޭ މުއައްސަސާ އަކަށް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ވަނީ ހޮވިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.