ޔޫގަންޑާގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް އެއްޖިންސުން ގުޅުން ހިންގާ މީހުންނާއި ދެކޮޅަށް ހިޔާލު ފާޅުކުރަނީ
ހަބަރު
22 Mar 2023 | 22:53
ޔޫގަންޑާގައި އެއްޖިންސުން ގުޅުންހިންގާ މީހުން 10 އަހަރަށް ޖަލަށްލާ ގޮތަށް ބިލެއް ފާސްކޮށްފި

ޔޫގަންޑާގައި އެއްޖިންސުން ގުޅުންހިންގާ މީހުންނަށް 10 އަހަރުގެ ޖަލު ޙުކުމެއް އިއްވާގޮތަށް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ބިލެއް ފާސްކޮށްފިއެވެ.

އެއްޖިންސުން ގުޅުން ހިންގާމީހުންނާއި ދެކޮޅަށް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި މިބިލް ފާސްކުރުމަށް ފަހު އެމަޖިލީހުގެ މެމްބަރުން ވަނީ އުފާ ފާޅުކުރުމުގެ ގޮތުން އަޑު ހަރުކޮށް ލަވަކިޔައި ހަދައިފައެވެ.

ޔޫގެންޑާގައި އެއްޖިންސުން ކުރެވޭ ކައިވެނި ވަނީ މަނާކުރެވިފައެވެ. އަދި މިހާރު ފާސް މުކުރެވުނު ބިލާއި އެކު އެއްޖިންސުން ގުޅުން ހިންގާ ކަން ސާބިތުވާ ފަރާތްތަކަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވޭނެއެވެ.

ޤާނޫނު ހަދާ މަޖިލީހުގައި މި ބިލް ފާސްކުރުމަށް ވޯޓަށް އެހުމުން އެބިލާއި އެއްކޮޅަށް ވަނީ ރެކޯޑު ޢަދަދަކަށް ވޯޓު ލިބިފައި ކަމަށް ޔޫގެންޑާގެ ޤާނޫނު ހަދާ މަޖިލީހުގެ ސްޕީކަރ އަނީތާ އަންނެޓް ވަނީ ބުނެފައެވެ.

ބިލް ފާސްކުރުމަށް ފަހު މަޖިލީހުގައި ވާހަކަ ދައްކަމުން އެމަޖިލީހުގެ މެމްބަރަކު ބުނެފައިވަނީ ޔޫގަންޑާގައި އެފަދަ ޢަމަލުތަކަށް ޖާގަ ނުދޭނެ ކަމަށެވެ. އަދި މިބިލް ފާސް މިކުރަނީ ޔޫގަންޑާގެ ކުދިންނާއި އެކުދިންގެ ކުދިންނަށް ޓަކައި ކަމަށެވެ. އަދި އެޤައުމުގައި ހިފައްޓާ އަޚްލާޤީ މިންގަނޑު އެޤައުމުގައި ހިފަހައްޓާނެ ކަމަށާއި އަދި އެޤައުމުގެ ކުޑަކުދިން ރައްކާތެރި ކުރާނެ ކަމަށެވެ.

އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ހައްޤުގައި ވަކާލާތު ކުރާ ފަރާތްތަކުން ދަނީ ޔޫގަންޑާގެ ޤާނޫނު ހަދާ މަޖިލީހުގެ މި ނިންމުނާއި މެދު ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.