ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު/ ފޮޓޯ: އެމް.ޑީ.ޕީ
ހަބަރު
23 Mar 2023 | 13:56
މި ސަރުކާރަށް ނުކުރެވުނު ކަމެއް ކުރާކަށް އިދިކޮޅުން އަންނާނެކަމެއް ނެތް: ޝާހިދު

މި ސަރުކާރަށް ނުކުރެވުނު ކަމެއް ކޮށްދޭންކަމަށް ބުނެ އިދިކޮޅު ފަރާތްތަކަށް ގުރައިދޫ ދާއިރާއަށް އަންނާނެކަމެއް ނެތްކަމަށް މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ. 

މެމްބަރު ޝާހިދު މިފަދައިން ވިދާޅުވެފައިވަނީ ކުރިއަށް އޮތް މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިކެލްޝަންގެ އެމްޑީޕީގެ ކެމްޕޭނު ރަސްމީކޮށް ފެށުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ޝާހިދު ވިދާޅުވީ ގުޅިއަކީ އެމްޑީޕީ މެޖޯރިޓީ ރަށެއްކަމަށެވެ. އަދި އެ ރަށަށް ބޭނުންވާ ކަންކަން މިހާރުވެސް ސަރުކާރުން ފުއްދާދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން އެރަށަށް ބޭނުންވާ ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްގީ ގެނެވެން އޮތީ ބިން ހިއްކައިގެން ކަމަށްވާތީ އެކަން ކުރުމަށް ސަރުކާރުން ނިންމާފައިވާކަން ޝާހިދު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ސަރުކާރަށް ކަމެއް ނުކޮށްދެވޭއޭ ކިޔައިގެން އެ ދާއިރާއަށް އިދިކޮޅު ފަރާތްތަކުން އައިސް ދައްކާނެ ވާހަކައެއްވެސް ނޯންނާނެ ކަމަށެވެ.  

"އަޅުގަނޑަށް ޔަގީން ވަނީ މު ގުޅި ފުރި ބާރުވެފައި އޮތީ އެމްޑީޕީ ދެކެ ލޯބިން. އެމްޑީޕީގެ މި ސަރުކާރުން އިބްރާޙިމް މުޙައްމަދު ޞާލިހު ކޮށްދެއްވި ގިނަ ގުނަ މަސައްކަތްތަކުން. މި ރައްޔިތުން ބޭނުންވާ އެކިއެކި ޚިދުމަތްތަކުން. އަލަކުން މި ގުޅިއަށް އިދިކޮޅުން ގެނެސް އަޅާނެ އެއްވެސް އެއްޗެއް ނެތް. ދެންވެސް ގުޅި ބޮޑުކޮށް އިތުރަށް އެއްޗެއް އެޅެން އޮތީ މިރަށުން ޖާގަ އިތުރުކޮށްގެން. އެކަން ކުރާކަށް އަޅުގަނޑުމެންނަށް އެހެން ސަރުކާރެއް ބޭނުމެއް ނޫން. މި ސަރުކާރަށް ނުވާނެކަމެއް ކުރާކަށް އެހެން ބަޔަކުއައިސް މިތަނުގައި މިތަނާކުޅެން ދައްކާނެ އިތުރު ވާހަކައެއް އޮތްކަމަކަށް އަޅުގަނޑަކަށް ފެންނާކަށް ނެތް"

ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު

ޝާހިދުގެ ވާހަކައިގައި ވަނީ ގުރައިދޫ ބައި-އިލެކްޝަނުގައި އެމްޑީޕީ ތަމްސީލުކުރައްވާ ކެންޑިޑޭޓު އިބްރާހީމް ޝާޒަށް ވަރަށް ބޮޑަށް ތަޢުރީފުކުރައްވާފަ އެވެ. 

އެގޮތުން ޝާހިދު ވިދާޅުވީ ޝާޒަކީ އެމްޑީޕީ ފެށުނީއްސުރެ ޕާޓީގެ އެކި އެކި ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅެއްކަމަށެވެ. އެމްޑީޕީން ފެށި އިސްލާހީ މަސައްކަތްތަކުގައި، ރައްޔިތުންނަށް ގެއްލިފައިވާ ހައްގުތައް ހޯދާދިނުމަށް ކުރި މުޒާހަރާތަކުގައި ބައިވެރިވެ އެތައް އަނިޔާތަކެއްވެސް ލިބިވަޑައިގެން ހުންނެވި އިޚްލާސްތެރިކަމާއެކު ރައްޔިތުންގެ ހައްގުގައި މަސައްކަތްޕުޅު ކުރައްވާ ބޭފުޅެއް ކަމަށެވެ. 

ޝާޒު ފަދަ ބޭފުޅަކު މަޖިލީހަށް އިތުރުވުން ވެގެންދާނީ ރައްޔިތުންނަށް އުފާ ފާގަތި ދިރިއުޅުމެއް ހޯދާދިނުމަށް ސަރުކާރުން ކުރާ މަސައްކަތަށް ލިބިގެންދާނެ ބާރެއްގެ ގޮތުގައި ސިފަކުރައްވާ ޝާހިދު ވަނީ ބައި-އިލެކްޝަން ޝާޒުއަށް ކާމިޔާބުކޮށްދިނުމަށް ރައްޔިތުން މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާފަ އެވެ. އަދި ވޯޓު ފޮށިތައް އެމްޑީޕީއަށް ވޯޓު އަޅާ ފުރާލަ ދިނުމަށް ގޮވާލައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.