އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ
ކުޅިވަރު
24 Mar 2023 | 07:31
މެސީގެ ކެރިއަރުގައި 800 ވަނަ ލަނޑު، ޕެނަމާ އާއި ދެކޮޅަށް ހިލޭ ޖެހުމަކުން!

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި މިރޭ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ އާއި ޕެނަމާ ވާދަކުރި މެޗުގެ ފަހު މިނެޓުގައި ކާމިޔާބު ކުރި ލަނޑާއެކު މެސީގެ ކެރިއަރުގައި 800 ލަނޑު ހަމަކޮށްފިއެވެ.

މިރޭގެ މެޗު 2-0 ގެ ނަތީޖާއަކުން އާޖެންޓީނާ ކާމިޔާބުކުރި އިރު މި މެޗުގައި ހިލޭ ޖެހުމަކުން މެސީ ކާމިޔާބުކުރި ލަނޑަކީ ގައުމީ ޓީމަށް އޭނާ ކުޅެދިން 173 މެޗުގައި ކާމިޔާބުކުރި 99 ވަނަ ލަނޑެވެ. އަދި މިއީ މެސީގެ ފުޓްބޯޅަ ކެރިއަރުގައި ހިލޭ ޖެހުމުން އޭނާ ކާމިޔާބުކުރި 62 ވަނަ ލަނޑެވެ.

މި މެޗަކީ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތައް ފަހު އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ފުރަތަަމަ މެޗެވެ.

މި މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައި ނުވާއިރު، މިހާފުގައި އާޖެންޓީނާ ޓީމުން އެންމެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލީ މެސީ އެވެ. ފުރަތަަމަ ހާފުގެ 18 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން މެސީ ފޮނުވާލި ބޯޅަ އަމާޒުވީ ޕެނަމާގެ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ދެވަަނަ ހާފްގައި ވެސް އާޖެންޓީނާ އިން ރަގަޅަށް ކުޅެމުއައި މި މެޗުގައި އެޓީމަށް ލީޑު ނަގައިދިނީ 78 ވަނަ މިނެޓުގައި ޒުވާން މިޑްފިލްޑަރު ތިއާގޯ އަލްމާޑާ އެވެ. މިއީ އެޓީމުގެ ލިއަންޑްރޯ ޕެރެޑެސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިމެޗުގައި އާޖެންޓީނާގެ ދެވަނަ ލަނޑު 89 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން ލަޔޮނަލް މެސީ އެވެ.

މިރޭގެ މެޗުގައި މެސީ ހިލޭ ޖެހުމަކުން ލަނޑުޖެހި އިރު، ޔޫރޯ ކޮލިފައިންގައި ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވަނީ މިރޭ ލިޗެންސްޓައިން އާއި ދެކޮޅަށް ހިލޭ ޖެހުމަކުން ލަނޑެއް ކާމިޔާބުކޮށްފައެވެ. އަދި މިރޭގެ މެޗާއި އެކު ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ރޮނާލްޑޯއަށް ލިބިގެންދިޔައިރު، ގައުމީޓީމަށް އެންމެ ގިނަ ލަނޑުޖަހައިފެން ރޮނާލްޑޯ ހަދާފައިވާ ރެކޯޑު މިހާރު ވަނީ 120 ލަނޑަށް އިތުރުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑުވެއްޖެއޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.