ކަދުރު ރުއްތަކުގެ ވަށައިގެން އިންދާފައި ހުރި ބޯގަންވިލާ ގަސްތައް އުފުރާފައި-- ފޮޓޯ/ މާލެސިޓީ ކައުންސިލް
ހަބަރު
24 Mar 2023 | 14:45
ކަދުރު ރުއްތަކުގެ ޕިޓް ތަކުގައި އިންދާފައި ހުރި ބޯގަންވިލާ ގަސްތައް ވަގަށް ނަގަނީ

ބޮޑުތަކުރުފާނުމަގު ޒީނަތްތެރި ކުރުމުގެ ގޮތުން ކަދުރު ރުއްއިންދާ އޭގެ ޕިޓް ތަކުގައި ޖަހާފައި ހުރި ބޯގަންވިލާ ގަސްތައް ވަގަށް ނަގަމުންދާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ. 

މާލެ ސިޓީ ކައުންސިލުން ކަދުރު ރުއްތަކުގެ ޕިޓް ފުރެންދެން ބޯގަންވިލާ ގަސްތައް އިންދަައި ކަދުރު ރުއްތަކުގެ ވަށާ ޒީނަތްތަރި ކޮށްފައިވަނީ މި ރޯދަމަސް ފެށެން ވީއިރުއެވެ.

ކަދުރު ރުއްތަކުގެ ވަށައިގެން ބޯގަންވިލާ ގަސް އިންދި އިރު ހުރި ގޮތް-- ފޮޓޯ/ ވޮއިސް 

އެހެންނަމަވެސް، އެ ގަސްތައް ވަގަށް އުފުލަމުންދާކަން ހާމަކޮށް އެ ކައުންސިލުން މިއަދު ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުން، ޕިޓް ތަކުގެ ތެރޭގައި ހުރި ބޯގަންވިލާ ގަސްތައް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. 

އެކަން ހިތާމައާއި އެކު ފާހަގަކޮށް މާލެ ސިޓީ ކައުންސިލުން ވަނީ އެފަދައިން ގަސްތައް ވަގަށް ނު އުފުރުމަށް ނަސޭހަތްތެރިވެފައެވެ. 

ޗާލު މާލެ ސިޓީ އަމާޒަށް ވާސިލުވުމުގައި އެންމެހާ ފަރާތްތަކުގެ އެއްބާރުލުން މުހިންމު." މާލެ ސިޓީ ކައުންސިލްގެ ޓުވީޓުގައި ވެއެވެ. 

ކައުންސިލުން މާލެ ފެހިކުރުމަށް ކުރިއަށް ގެންދާ "އެއް ލައްކަ ގަސް" ޕްރޮގްރާމްގެ ދަށުން ބޮޑުތަކުރުފާނު މަގުގައި ކަދުރު ރުއް އިންދަން ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ 24 ގައެވެ.

އެއަށްފަހު މި މާރިޗު މަހުގެ ތެރޭގައި ވަނީ، މާލެ ސިޓީ ކައުންސިލުން މާލޭގެ މަގުތައް މަތިން ނެގި ޕެލެޓްތައް ބޭނުން ކޮށްގެން ކަދުރު ރުއް ތަކުގެ ވަށާ ޕިޓް ޖަހާފައެވެ. އަދި އޭގެ އެތެރެ ޒީނަތްތެރި ކުރުމަށް ޕިޓް ތަކުގެ ތެރޭގައި ބޯގަންވިލާ ގަސް އިންދައި ބޮޑުތަކުރުފާނު މަގު ވަނީ ރޯދައަށް ޒީނަތްތެރި ކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.